ޚަބަރު / މުހައްމަދު މަބްރޫކް އަޒީޒް (ރައީސް އޮފީސް)

ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ހާމަކުރީ މިނިސްޓްރީން ދިން މައުލޫމާތުތައް، ޒިންމާ ނަގަންޖެހޭނެ: މަބްރޫކް

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން (ވ) ވާހަކަ ދައްކަވަނީ އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ވެންޓިލޭޓަރުތަކާ ގުޅޭގޮތުން އޭރު ހާމަކުރެއްވި ހެލްތު މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތައް ކަމަށާއި އެކަމުގެ ޒިންމާ ހެލްތު މިނިސްޓްރީން ނަގަން ޖެހޭނެ ކަމަށް، ކޮވިޑާ ގުޅޭގޮތުން އޭރު މައުލޫމާތު ދެއްވަމުން ގެންދެވި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަން އޮޑިޓް އޮފީހުގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން އެނގޭއިރު، އެންމެ ބޮޑު މައްސަލައިގެ ގޮތުގައި ފާހަގަވަނީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 34 މިލިއަން ރުފިޔާ އަށް ހަވާލުކުރުމުގެ ކަންކަމެވެ.

ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ކަމަށެވެ. އެކަމަކު އޮޑިޓް ރިޕޯޓުގައި ވަނީ އެއީ ބޮޑު ދޮގެއް ކަން ހާމަވާ ވަރަށް ޑަބްލިއުއެޗްއޯއާ ހަވާލާދީ މައުލޫމާތު ހިމަނައިފަ އެވެ.

އެ ވެންޓިލޭޓަރުތަކުގެ ތަފްސީލުތައް އެންމެ ފުރަތަމަ ހާމަކުރެއްވީ، ސަރުކާރުގެ ގިނަ އިދާރާތަކެއް ބައިވެރިވެގެން އޭރު މަސައްކަތް ކުރަމުން ދިޔަ އެންއީއޯސީގެ ތަރުޖަމާނުގެ ހައިސިއްޔަތުން މަބްރޫކެވެ.

ނަމަވެސް އެ އޮޑިޓް ރިޕޯޓާ ގުޅިގެން، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް "މިހާރު" އަށް ވިދާޅުވީ ވެންޓިލޭޓަރުތަކާ ގުޅޭގޮތުން އޭރު ހާމަކުރެއްވީ ހެލްތު މިނިސްޓްރީން ދިން މައުލޫމާތުތައް ކަމަށެވެ. އެ މައުލޫމާތުތައް ކަށަވަރުކުރަން ވެސް މަސައްކަތް ކުރައްވާފައި ހުންނާނެ ކަމަށާއި އެކަމަކު އެކަން ކޮށްދޭ އިސް ފަރާތަކީ ހެލްތު މިނިސްޓްރީ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމުގެ ތުހުމަތުތައް ކުރެވެމުން ދިއުމުގެ ސަބަބުން ނިއުސް ކޮންފަރެންސްތަކުގައި ވެސް ވެންޓިލޭޓަރާ ގުޅޭގޮތުން ނޫސްވެރިންގެ ގިނަ ސުވާލުތައް އަމާޒުވި އެވެ. އެހެންވެ އެކަން ހިނގައިދިޔަ ގޮތް ސާފުކުރައްވަން، އެންއީއޯސީގެ ތަރުޖަމާނުގެ ހައިސިއްޔަތުން މަސައްކަތްކުރެއްވި ކަމަށް ވިދާޅުވި އެވެ.

"..އަޅުގަނޑަށް މައުލޫމާތު ލިބުނީމަ، މިހާރު ވެރިފައި ކުރަން ވެސް އޮންނަނީ [ހެލްތު] މިނިސްޓްރީތާ ދެއްތޯ. ދެން މިނިސްޓްރީން މިވެނި ގޮތަކަށް ކުރެވުނު ކަމެއް ވީމަ އަޅުގަނޑުގެ ޖޮބަކީ އެ ވާހަކަ ކިޔައިދިނުން ޕަބްލިކްލީ. އެ ވާހަކައަކީ އަޅުގަނޑު ކައިރި އެކަންޏެއް ނޫން، އެންއީއޯސީ މީޓިންތަކުގައި ވެސް ފަހުން މަޖިލީހުގައި ވެސް ހަމަ ހެލްތު މިނިސްޓްރީން ދެއްކެވި ވާހަކައެއް،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެންޓިލޭތަރުތަކާ ގުޅޭގޮތުން ކިޔައިދެވޭނެ އެންމެ ތަފްސީލުކޮށް މައުލޫމާތު ހާމަކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެ އެއްޗެހި ގެންނަން ހަވާލުކުރި ކުންފުނިތަކުގެ ނަންތަކާއި ކޮންޓްރެކްޓް ހަވާލުކުރި ތާރީހާއި ރާއްޖެ ގެންނަން ހަވާލުކުރި ތާރީހު ވެސް ހާމަކޮށްފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އޭގެ އިތުރުން އިންވޮއިސްކޮށްފައި ހުރި އަދަދާއި ކޮން ވައްތަރެއްގެ ވެންޓިލޭޓަރެއް ގެންނަން ކަމާއި މި ހުރިހާ ތަފްސީލެއް އަޅުގަނޑު ހުންނާނެ ކިޔައިދީފައި،"

އެ މައުލޫމާތުތައް ހިއްސާކުރެއްވުމަށްފަހު ވެސް، އޭނާގެ ޒިންމާއަކީ ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން މައުލޫމާތު ކަށަވަރުކުރުމަށްފަހު އާއްމުންނަށް ކިޔައިދިނުން ކަމަށާއި އެގޮތަށް ކިޔައިދެވުމުން ރައްޔިތުންނަށް ވެސް އަދި އެކަމުގައި ފާރަވެރިވާންޖެހޭ މުއައްސަސާތަކުން ވެސް ކުރަންޖެހޭ ކަންތައްތަކުގައި އެ ބޭފުޅުންގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށާއި ކަންތައް ކޮށްފައި ހުންނާނީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރުގެ ކަންތައްތަކުގައި ވަކި މީހެއްގެ މޫނަކަށް ބެލުމަށްނެތި އެކަމުގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

"މިކަމަށް ޖެހޭނެ ޖަވާބުދާރީވާން ހެލްތު މިނިސްޓްރީން،" މަބްރޫކް ވިދާޅުވި އެވެ.

ގުދަނުގައި 75 ވެންޓިލޭޓަރު ހުރި ކަމަށް ބުނެ އެ ކުންފުނިން އެއްބަސްވީ ދެ ހަފުތާ ތެރޭގައި އެ ތަކެތި ފޯރުކޮށްދޭށެވެ. އެކަމަކު އެއްބަސްވުމުގައި ސޮއިކުރިތާ ހަތަރު މަސް ވި އިރު ވެސް ވެންޓިލޭޓަރުތައް ހެލްތު މިނިސްޓްރީއާ ހަވާލެއް ނުކުރެވުނެވެ.

ވެންޓިލޭޓަރުތައް ހަމައަށް ހަވާލުނުކުރުމަކީ އޮޑިޓް އޮފީހުން ތުހުމަތުކުރާ ގޮތުގައި އެގްޒެކިއުޓާސް އިން މިކަމުގައި އޮޅުވާލާފައިވުމެވެ.

54 ކޮމެންޓް, 97 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 6%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވެލް

17 August 2020

ލާދީނީ ފިކުރުގެ ކަންތައްތަކުގެ ރޭވުންތައްރާވާ ހަދނީ ކޮންމެވެސް މީހަކު ހިންގާ ކެފޭއެއްގައޭ ކިޔާތީ އަހުންމެން އަހަމު.

The name is already taken The name is available. Register?

Model Mana

18 August 2020

ކަލޭ ސުރުހީ ކިޔާފަ ކޮމެންޓު ކުރޭ، ނޫނީ ސޮމާލިޔާއަށް ދޭ.

The name is already taken The name is available. Register?

އިބޫ ބެ

17 August 2020

ހަގީގަތް ފަޅާއަރާނީ ދެން ކިހިނެއް ތޯ ހައްދަވާނީ

The name is already taken The name is available. Register?

އައްޔައަ

17 August 2020

ސަރުކާރުން އޮޅުވާލީ ހަމަ އެންމެން ހަމަޔަށް ލާރިވެސް ބަހާފަ ހުންނާނި

The name is already taken The name is available. Register?

ދިވެހިންގެ ވިންދު

17 August 2020

މިގައުމު އިސްލާހަށް ގެނައިބަޔަކު ތިދަރަޖައަށް ވެއްޓިދާނެ ކަމަކަށް ހިއެއްނުކުރަން، ވައްކަމުގައި އުޅޭ އެއްވެސްބަޔަކަށް މި ދިވެހިން ފުރުސަަތުނުދޭނެކަން އޮންނާނީ ބުނެފަ، ހީ ނުކުރާތި ތިގޮތަށް ބޯގަން އާޢިލާ ތެރެ އާއި ކޯލިސަން، އެމް،ޑީ،ޕީ ވިޔަސް ދިވެހިން ބަލަން އަބަދަކު ނުތިބޭނެ. އިސްލާހު ކުރަން އަދިވެސް ފުރުސަތު އެބައޮތް. ޢަދަބުދީ، ބޭޜުކުރޭ، މީޙުން އެބަތިބި ރާއްޖޭގަ މަގާމުތަކަށް

The name is already taken The name is available. Register?

ރާވެރިބޭބެ

17 August 2020

ތި މައްސަލާގައި ކުއްވެރިވާޏިވެސް ޔާމިނު ސަރުކާރުގެ މީހުން ތޯއްޗެއް. ޢަވަހަށް މަޖިލީހައް އެސަރުކާރުގެ މިނިސްޓަރުން ގެނެސް ސޫވާލުކުރީމާ އެމްޑީޕީ ސަޕޯޓަރުންނަށް ފުދޭނެ....

The name is already taken The name is available. Register?

ބުސްޓާން

17 August 2020

އަދީބް ބުނީ ޔާމީން އަށް ދިނީ ވަގަށްނެގި ފަ އިސާ އޭ.. ޖަލަށް ދާންޖެހުނީ ޔާމީން.. އަދީބް ކުށެ އްނެތް..

The name is already taken The name is available. Register?

ހައްގު ބަސް

17 August 2020

ޕީޕީސީ ބޮޓުންނަށް ހަޖަމު ނުވި ހެލްތު މިނިސްޓަރު އަދި ސްޕޯކްސްޕާސަން. ކޮވިޑް ތެރޭގައި މި ދެމީހުންގެ މަގުބޫލުކަން އިތުރުވެގެން ދިޔައިމަ ހިތަށް ކެތް ނުކުރެވިފައި ތިބި މިންވަރު މި ކޮމެންޓުތަކުން ވަރަށް ސާފު. އިރާދަކުރެއްވިއްޔާ މިކަންވެސް ނިމިގެންދާނީ ހައްގަށް ނަސްރު ލިބިގެން. ދެންވާ ގޮތެއްވެސް މި ތިބީ ބަލަން.

The name is already taken The name is available. Register?

ނުދުއްވާބަސް

17 August 2020

ކޯލިޝަނެއްގަ އެކުވެގެން އުޅޭ ބަޔަކު ތެރެއިން ވަކި ބަޔަކު ބޭރުކޮށްލަން އަނެއް ބަޔަކު އުޅުމުން އެކަން ޕީޕީ މީހުން ކުރާކަމަށް ފެނުމަކީ ކުރިމަތީ ސާފުކޮށް ފެންނަން އޮތް އެއްޗެއް ނުފެނުން. އެމްޑީޕީއަށް ހެލްތް މިނިސްޓަރު މަގާމުގަ ހުރުން ހަޖަމުވޭތޯ ބަލަން އިހަށް އުޅެންވީނު ޕީ ތައް ތަންކޮޅެއް ދުރުގަ ބާއްވާފަ. ހައްގަށް ނަސްރު ލިބެން އެންމެންވެސް ބޭނުންވާނެ.

The name is already taken The name is available. Register?

ސުމުއްވުލް

17 August 2020

ސީދާ ހެލްތް މިނިސްޓަރުގެ އިރުޝާދުގެ ދަށުން ކުރިކަމެއް. މިނިސްޓްރީގެ އެންމެހާކަންކަމާއި އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ އެބޭފުޅާ. އެޕްރޫވަލް ދެއްވާ ފަރާތަކީ ވެސް އެއީ. ސަރުކާރަށް އެވަރުގެ ވަޒީރަކު ނެތްކަމަށް ބުނާ ބުނުމާއި ދޭތެރޭ ވެސް ސުވާލު އުފެދޭ.

The name is already taken The name is available. Register?

ހައްޕުޑު

17 August 2020

ކަލޭ އެއްވެސް މިންވަރަކަށް ތަސައްރަފު ފުދިފައިވާނަމަ އެނގޭނެ ބިޑް ކޮމިޓީގެ ނިންމުންތަކަކީ މިނިވަން މުސްތަގިއްލު ނިންމުންތަކެއް ކަން. އެކަމަކު ތަސައްރަފު ނުފުދެންޏާ ދެން މީގައި ކީއްތޯ ކުރާނީ؟

The name is already taken The name is available. Register?

ޖަސްޓްޕުޑް

17 August 2020

ހައްޕުޑުމެން ކޮމެންޓްތަކުން ބިނާކޮށްގެން އުޅުނު ގަނޑުވަރުތައް ބިމާ ހަމަވަނީތަ؟ މީގެ ކުރިން ހުރިހާ ކަމެއް އެނގޭ އެންމެ ހީވާގި ހިންގުންތެރި ހެލްތް މިނިސްޓަރުކަމަށް ކިޔައި އުޅުނީ. އަސްލު ކަމަކާ ޖެހުނީމަ ކިހިނެތް ތިވަނީ؟

The name is already taken The name is available. Register?

ލަގޮނޑި މޫސަ

17 August 2020

މަބޫ އަށް މަގޭ ވޯޓް!

The name is already taken The name is available. Register?

ލައިލާ

17 August 2020

މަބްރޫކަށް ކުރި އިހްތިރާމް މުޅިން ގެއްލިއްޖެ. ނޫސްވެރިން އެސުވާލުކުރާތީ މަބްރޫކް ހިތްހަމަނުޖެހިގެން ވާހަކަ ދެއްކި. އިޚްލާސްތެރިކަމެއް ހުރިނަމަ ކަމުގެ ދެކޮޅު ބެލީސް. އެކަމަކު ބެލީ ސަރުކާރުގެ ޕްރޮޕެގެންޑާ ފެތުރޭތޯ. މަބްރޫކް ޒިންމާ ނަގަން ޖެހޭ ތަކުރާރުކޮށް ދޮގު މައުލޫމާތު ފެތުރީތީ. ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454