30 އޯގަސްޓް 2020 - 18:19
އައްޑޫ ހިތަދޫގައި ހާއްސަ އެހީ އަށް ބޭނުންވާ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ދައުވާ އުފުލައިފި އެވެ.
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ފަތިހު އެ އަމަލު ހިންގި މައްސަލާގައި ދައުވާ އުފުލާފައިވަނީ މަޚްތޫމް މޫސާ ދީދީ، މާލެ، ދަފްތަރު ނަންބަރު 963، އަށާއި އަލީ ޝިމާއު ޒުބައިރު، ސ. ހިތަދޫ، ޒަހާމަންޒިލްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް އުފުލާފައިވާ ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.
އަލީ ޝިމާއު ޒުބައިރުގެ މައްޗަށް ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ ވެސް އުފުލާފައިވާއިރު އެ ދައުވާ ސާބިތު ވެއްޖެނަމަ 1 މަހާއި 6 ދުވަހަށް ޖަލަށް ލުމާއެކު 40 އެތިފަހަރުން ޖަލްދުކުރެވޭނެ (ހައްދު ޖެހޭނެ) އެވެ.
ރޭޕްކުރުމާއި ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެފަދަ މައްސަލަތައް އިތުރުވަނީ އެކަށީގެންވާ ފިޔަވަޅު ނާޅާތީ ކަމަށް ބުނެ މާލޭގައި މި ފަހުން އިހުތިޖާޖުތަކެއް ވެސް ވަނީ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޯން
30 August 2020
އއ. ތޮއްޑޫގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި ބަންގްލަދޭޝްގެ މީނާއަށްވެސް .15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާންޖެހޭނެ