ޚަބަރު / އއ. މަތިވެރި

ކުރީގެ މެންބަރު ހުސައިން މުހައްމަދު އަވަހާރަވެއްޖެ

މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު މަޖިލީހުގެ ކޮމެޓީގައި. --މިހާރު ފައިލް ފޮޓޯ

04 ސެޕްޓެމްބަރ 2020 - 07:15

20 comments
sad icon 93%

މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ރޭ އަވަހާރަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމިގެން ދިޔަ ދައުރުގެ މަތިވެރި ދާއިރާގެ މެންބަރަކަށް ހުންނެވި ހުސައިން މުހައްމަދު (ހުސެންބެ) އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އާލާސްކަންފުޅަކަށް ހުސެން ފަރުވާ ހޯއްދަވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ހުސައިން މުހައްމަދު, 71, ވަނީ ސިޔާސީ، ތައުލީމީ އަދި މީޑިއާގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވަނީ ޖެހިޖެހިގެން ތިން ދައުރު ކުރައްވައިފަ އެވެ. އެ ގޮތުން އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005-2009 އަށް އަދި މަތިވެރި ދާއިރާގެ މެންބަރުކަން ވަނީ 2009-2019 އަށް ކުރައްވައިފަ އެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާން ފެށުމާ އެކު ޑީއާރުޕީއާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވި ހުސައިން ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އަވަހާރަވި އިރު ހުންނެވީ އެ ޕާޓީގެ ކައުންސިލް މެންބަރަކަށެވެ.

ތައުލީމީ ދާއިރާގެ ޚިދުމަތް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) އިން ފެއްޓެވި ހުސައިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ކަމާއި މިނިސްޓަރުގެ ނައިބްކަން ކުރައްވައިފަ އެވެ.

މީޑިއާގެ ދާއިރާގައި ހުސައިން ވަނީ ދިވެހި ރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައިފަ އެވެ. ހުސައިން ވަނީ ޓީވީ މޯލްޑިވްސްގެ ޑިރެކްޓަ ޖެނެރަލް ކަމާއި އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރައްވައި ގައުމީ ޓީވީ އާއި ރޭޑީއޯ ހިންގެވުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. ބޭރުގެ ޚަބަރުތައް ދިރާސާ ކުރައްވައި ރާއްޖޭގެ ބައެއް ނޫސްތަކަށް ޚަބަރު ލިޔުއްވާފައި ވެސް ވެ އެވެ.

ހުސައިން މުހައްމަދު ނޫސްވެރިކަމަށް ކޮށްދެެއްވި މަސައްކަތުގެ އަގު ވަޒަންކޮށް، އޭނާ އަށް 2018 ވަނަ އަހަރު ވަނީ، ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުނު މުނާސަބަތުގައި، ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންފަ އެވެ.

ހުސެއިން އަވަހާރަވި އިރު ތިން ބޭފުޅުން ދުނިޔޭގައި ތިއްބެވި އެވެ.

20 ކޮމެންޓް, 203 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 96%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮށީކޮއި ޢަލީގެ މުޙައްމަދު

04 September 2020

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާނދޭ! އާމީން

The name is already taken The name is available. Register?

މުހައްމަދު----

04 September 2020

ބާޣީން ރާއްޖެ އަށް އެރި ދުވަހު ވެސް މި ބޭފުޅާ ބީބީސީ އާއި ވީއޯއޭ އިން ރާއްޖެއާއި ބެހޭ ޚަބަރު ދިރާސާ ކުރުމަށް ފަހު އަޅުގަނޑުމެންނަށް ކިޔާ ދެމުން ގެންދެވި@

The name is already taken The name is available. Register?

އެކުވެރިއެއް

04 September 2020

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ, އެކުވެރި ހުސައިންބެ އަވާހާރަވި ޚަބަރު އެހީ ފުން ހިތާމައާއި އެކު، ގެއްލިއެދިޔައީ ޚިދުމަތްތެރި ދިވެއްސެއް. ކީރިތި ﷲ، ހުސައިންބެގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި.އާއިލާއަށް ކެތްތެރުކަން ދެއްވާށި. އާމީން.

The name is already taken The name is available. Register?

ދެެރަ

04 September 2020

މަރުހޫމަށް ހެޔޮރަހުމަތް ލައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.

The name is already taken The name is available. Register?

ސާދާސީދާ

04 September 2020

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާނދޭ! އާމީން

The name is already taken The name is available. Register?

ބިލްކޭ

04 September 2020

إنا لله وإنا اليه راجعون ގެއްލި އެދިޔައީ ގިނަ ހިދުމަތްތަކެއް.. މިޒާމާނަށް ޚާއްސަކޮށް މަޖްލީސް މެމްބަރުންނަށް ނަމޫނާ ދެއްކެވި ބޭފުޅެއް. އުސޫލުތަކުގައި ހިފަހައްޓެވި. ސަރުކާރުން ރަސްމީ އިއްޒަތުގައި ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދަވާނެ ކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

ރަބަރު

04 September 2020

اللهم اغفر له وارحمه وادخله الجنة آمين

The name is already taken The name is available. Register?

ޢަޒްރާ

04 September 2020

އިންނާލިއްްލާހި ވއިންނާ އިލައިހި ރާޖިއޫން

The name is already taken The name is available. Register?

ހުތާ

04 September 2020

إنا لله وإنا اليه راجعون ގެއްލި އެދިޔައީ ގިނަ ހިދުމަތްތަކެއް މިގައުމަށް ކޮށްދެއްވި ހިތްތިރި ސާދާ ބޭފުޅެކެވެ. މަރުހޫމްގެ ފާފަފުއްސަވައި ސުވަރުގެ މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން

The name is already taken The name is available. Register?

ފޮންފުތު

04 September 2020

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎,

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!