އިދިކޮޅު ކޯލިޝަނާއި ޑީއާރުޕީން މަޝްވަރާ ކުރަނީ: ޑީއާރުޕީން ވަނީ އިދިކޮޅު ހަރަކާތަށް ތާއީދުކޮށްފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
13 ސެޕްޓެމްބަރ 2020 - 12:15
ސަރުކާރާ ދެކޮޅަށް ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ ހަރަކާތްތަކަށް ޑީއާރުޕީން ތާއީދުކޮށް، އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރަން މިއަދު ގޮވާލައިފި އެވެ.
ރާއްޖޭގެ މިނިވަންކަން ގެއްލޭ މިންވަރަށް އިންޑިއާއާ ގުޅުން ބަދަހިކުރުމުގެ ތުހުމަތާ އެކު އެކަމާ ދެކޮޅު ސިޔާސީ މަސައްކަތްތަކެއް ޕީޕީއެމާއި ޕީއެންސީން ވަނީ ފަށައިފަ އެވެ. މި މަސައްކަތުގެ ތެރޭގައި މަގުމަތީ ހަރަކާތް ހިންގައި، މުޒާހަރާތައް ވެސް ބާއްވަ އެވެ.
މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ އަދި ގިނަ ޒުވާނުންތަކެއް ހައްޔަރުކުރި ސައިކަލް ބުރު އިންތިޒާމްކުރީ އިދިކޮޅުން ނޫން ކަމަށް ދެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. އެކަމަކު ހައްޔަރުކުރި އެންމެންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވީ އެ ކޯލިޝަނުންނެވެ.
ސައިކަލްތަކުގައި ނުކުމެ ގިނަ ބަޔަކު އެއްވެ އުޅުމަކީ ކޮވިޑް-19 ކޮންޓްރޯލްކުރަން އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ ޚިލާފު ކަމަކަށް ވާތީ ފުލުހުން އެކަމަށް ހުރަސްއެޅީ އެވެ.
ސައިކަލް ބުރަށް ނުކުތް 41 މީހުން ހައްޔަރުކޮށް، އެކަން ހުއްޓުވުމަކީ ޑީއާރުޕީން ދެކޭ ގޮތުގައި، ކޮވިޑް-19 އުޒުރަކަށް ހަދައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމެވެ.
Covid19 uzurakah hadhaa, rayyithun hiyaalu faalhukuran magumachchah nukuthumun, veriyaki kaakukan olhifaivaa #MDP sarukaarun rayyithunge minivankamah araigathun varah harukashikoh #DRP in kuvveri kuran. Evvumun hayyarukuri emmenaai, #PPM ge Leader Raees Yameen vaguthun dhookohlaa
— DRP (@drpmaldives) September 13, 2020
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑަރަކަށް ހުންނެވި އަދި އިދިކޮޅު ޕީޕީއެމާ އެކު ކޯލިޝަނަކުން މަސައްކަތް ކުރަން ހުށަހަޅާފައިވާ ޑީއާރުޕީން ކުރި ޓުވީޓެއްގައި ބުނީ ރައްޔިތުން މަގުމައްޗަށް ނުކުތުމުން ހުއްޓުވުމަކީ ސަރުކާރުން މިނިވަންކަމަށް އަރައިގަތުން ކަަމަށެވެ. އެކަން ހަރުކަށިކޮށް އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން އުފެއްދި އެމްޑީޕީގެ މި ވެރިކަމުގެ ވެރިއަކީ ކޮންބޭފުޅެއް ކަން އޮޅިފައިވާ ކަމަށް ބުނެ ވެސް ފާޑުކިއާފައިވެ އެވެ. އެ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ކޯޅުމަށް ކަމަށް ބެލެވެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ ފައްޔާޒް ދިފާއުކުރައްވަން ކުރެއްވެން އޮތް ކަމެއް ކުރައްވަމުންނެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ދޫކޮށްލަން ޑީއާރުޕީން ގޮވާލިއިރު އެމަނިކުފާނު ދޫކޮށްލަން އެދި މަޖިލިހަށް ޖާބިރު ގަރާރެއް ވެސް ވެއްދެވި އެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ގަރާރު ބޭރުކޮށްލީ އެވެ.
އޭގެ ފަހުން، ޑީއާރުޕީން ހުށަހަޅައިގެން ކޯލިޝަނަކަށް އެއްބަސްވާން ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން އެއް މޭޒެއްގައި މަޝްވަރާ ކުރެއްވި އެވެ. އެކަމަކު، އެ މަޝްވަރާގައި ކޯލިޝަނަކަށް އެއްބަސް ނުވާ ކަމަށާއި ޑީއާރުޕީއާ އެކު ސިޔާސީ މަސައްކަތް ކުރަން ނުފާށާ ކަން ދާދި ފަހުން އެ ކޯލިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮޅިދާން
14 September 2020
ޑީ.އާރު.ޕީ އަކީ އެތެރޭގެ މަސްގަނޑު ދަމާގަނެފައިވާ ހުސްތޮށިގަނޑެއް ! މި ގައުމުގެ ކަމެއް ވާއިރަށް ޑީއާރުޕީ އެކަމެއްގެ ތެރެއަށް ބޭނިގެން މިއުޅެނީ ކޮންބަޔަކު ބިރުގަންނަވާލަންތަ؟ ހަމަ ކަހިރުވަކެކޭވެސް ހީނުވޭ !
ބޯހަލާކޭ
14 September 2020
މިހާރުން މިހާރަށް މަތިންނާ ތިރިން ބުރިޖު އަޅާ މިމުނީތޯ؟
ހަނު ހުންނަ މީހާ
13 September 2020
ދީން ގައުމު މީ ޕީޕީގެ މައިގަނޑު ގޮވެލިފަތި. އެކަމަކު އެމީހުންގެ ވެރިކަމުގައި ފެނުނީ މީގެ ދިމާ އިދިކޮޅު. ދީނުގައި ހަރާމް ކުރައްވާފައިވާ ވައްކަމާއި ވެރިޔަކްށް ހުރި ބޭފުޅާގެ އަގައިން ބޭރުވި ބަސްތަކުން ދީނަށް އިޙްތިރާމް ނުކުރާ ކަމުގެ ހެކި ފެނުނު. ގައުމުގެ ދިފާއުގައި ނުކުމެ ފާފު އަތޮޅު ވިއްކަން އުޅުނީ. ދެން ތި މަޅީގަ ޖެހޭނެ ރައްޔިތުން މަދުވާނެ.
ބަގުޑިކަތިއްބެގެހަސާނޅު
13 September 2020
މިގައުމުގެ ރައްޔިތުން ހަދާންނެތުނީކަންނޭގެ މިވެގެން އުޅޭއެއްޗެއް. މިތާ އޮވެގެން މިއުޅެނީ ހަމަޔަކަށް ނޭޅިގެންއުޅޭ ރައްޔިތުންގެ ވެރިކަމަކާއި އާއިލީ ވެރިކަމެއް ނިއްމާލުމުން އަނެއްކާއެއްވާން އުޅެ ނުވެގެން އުޅޭ އައިންތަކެއް. ހަތައެއްވައްޓާލީމަ އުޅޭހެން މިއުޅެނީ ހައްތާހާވެސް އެއްބަޔަކު. އެކަމަކު ރައްޔިތުން މިވަގުތު ހަމަޔަކަށްނޭޅި ހިޔާލުތަފާތިވެފައި ތިބިއެއްކަމަކު އަލުން އާއިލީ ވެރިކަމެއް ކުރަން ރައްޔިތުން ނުރުހެންޏާ ކީއްކުރާނީ. ކިތައްމެތާއިެއް އޮތަކަސް
ައަބްދުﷲނާފިޒު
13 September 2020
ޚަބަރު ކިޔާލުމުން އެނގުނީ، ޑީއާރުޕީ އުޅެނީ މަގުއޮޅި ދެވޭ ނުދެވޭ ދިމާލެއްނޭގި ވާވަދެގެންކަން، ކުރުގޮތަކަށް ބުނަންޏާ ބުނެވޭނީ ޑީއާރުޕީގެ އެއްވެސް ހަހެއް ފަހެއް ނެތްކަމާ މަތިންބައިންޖެހިގެން ތަންތަނަށް ބޭނިގަންނަނީކަން.
ހާސްނެތީ
13 September 2020
ޖާބެރު ބުނާ ވާހަކައަކާ މާބޮޑަށް އަޅާލާކަށްނުވާނެ. މާދަމާ ބުނާނީ އެވާހަކަ އިދިކޮޅަށް.
ކުމުންދޫއަލީ
13 September 2020
ކޯލިސަން ކުލަ ފެނި، ހާދަ ކިރުސަރުބަތު ބޮވަޔޭ އެބަ
ދޯބެ
13 September 2020
ޔާމީނަށް ކުރީ ރަގަޅު ހުކުމެއްކަމާ އޭނާއަކީ ޖަލުގަ ހުންނަން ޖެހޭ މީހެއްކަމަށް ބުނެ އެތައްފަހަރަކު އެކަމުގަ ޖާބިރުގެ ވިސްނުން ރައްޔިތުންނަށް ކިޔާ ދީފަ . ޜައްޔިތުންނަށް އޮޅުޅުވާލުމަށްވުރެ ބޮޑަށް މިއަދު ސަރުއީ ދާއިރާތަކަށް ގޮންޖަހާ ފަޑިޔާޔުންގެ މަސައްކަތަށް ހުރަސްއަޅަން ތިވަރަށް ހިފާފަ ތިހުރީ ކޯއްޗެއް ނުލިބިގެންތޯ.. ޔާމީނަށް ވެރިކަން ލިބުނުގޮތަށް ޖާބިރައްވެސް ލިބެން އޮތީ އެ ހަނި ފުރުސަތު..
ޑަޔާނާ
13 September 2020
ޖާބިރު ނުލިބިގެން އުޅެނީ އެލައިޑުން 20 މިލިއަން ޑޮލަރު. ޢެ ވެސް ފޭކު ކުލޭމަކަށް...
ގަޓް ބްރޯ
13 September 2020
ސިޔާސީ ޕާޓީ އުފައްދަން ހުއްދަދިނުން އެއީ ރައީސް މައުމޫނަށް އެޅުއްވުނު އެންމެ ޅަ އެތި. މިހާރު ރާއްޖޭގެ ބޮޑެތި ހުރިހާ މުޖުރިމުން މިތިބެނީ ކޮންމެސް ޕާޓީއެއްގެ ނިވަލުގަ. ޑިމޮކްރެސީ އަކާހެދި އެއިން މީހަކު ހިފާ ހައްޔަރުކުރުންވެސް މިވަނީ ބޮޑު އަރަތަކަށް.
ޔާނާ
13 September 2020
ޕޮލިސްސާވިސް އުވާލަންވީ މިހާރުން މިހާރަށް