18 ސެޕްޓެމްބަރ 2020 - 15:14
ކޮވިޑް-19އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރި މީހުންގެ ތެރެއިން ފުލުހުންނާއި ސިފައިންނަށް އެލަވަންސް ދޭން ފަށައިފި އެވެ.
ފްރަންޓްލައިންގައި މަސައްކަތްކުރި މީހުންގެ ތެރެއިން މިހާތަނަށް ފައިސާ ނުދީ ވަނީ ފުލުހުންނާއި ސިފައިންނަށް އެކަންޏެވެ. ފިނޭންސް މިނިސްޓްރީން އިން ބުނެފައި ވަނީ ފުލުހުންނާއި ސިފައިންގެ އެލަވަންސް ލަސްވީ ކުރިން އެކުލަވާލި އުސޫލަށް ބަދަލު ގެންނަން ޖެހޭތީ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސިފައިންނާއި ފުލުހުންގެ ތެރެއިން 6،518 މުވައްޒަފުންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 44.5 މިލިއަން ރުފިޔާ އިއްޔެ ވަނީ ޖަމާކޮށްފަ އެވެ. އެއީ 3،148 ފުލުހުންނަށް 20.5 މިލިއަން ރުފިޔާ އާއި 3،334 ސިފައިންނަށް 24 މިލިއަން ރުފިޔާ އެވެ.
މިއާއެކު މިހާތަނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު ވަނީ 78 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ފައިސާ ދޫކުރަން ހަމަޖައްސާފައި ވަނީ މާޗް ހަތަކުން ފެށިގެން މަސައްކަތް ކޮށްފައިވާ މީހުންނަށެވެ. އެގޮތުން ފައިސާ ދޫކުރުމުގައި ބަލާ ތިން ކެޓަގަރީއެއް މިނިސްޓްރީން ހަމަޖައްސާފައި ވެއެވެ.
އެއީ ހައި ރިސްކާއި މީޑިއަމް ރިސްކާއި ލޯ ރިސްކުގެ މީހުންނެވެ. މީގެ ތެރެއިން ހައި ރިސްކުގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19އަށް ޕޮޒިޓިވް މީހަކާ ނުވަތަ ހައި ރިސްކު މީހަކާ ނުވަތަ އެ މީހެއްގެ ސާމްޕަލްތަކާ ޑައިރެކްޓް ކޮންޓެކްޓުވާ މީހުންނެވެ. އަދި ހައި ރިސްކު މީހުންނާ އެކު މަސައްކަތް ކުރަން ޖެހޭ މީހުން މީޑިއަމް ރިސްކުގައި ހިމެނޭއިރު ލޯ ރިސްކުގައި ހިމެނޭނީ ނޭޝަނަލް އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު މަދުވެގެން ހަ ގަޑިއިރު މަސައްކަތް ކޮށްފައިވާ މީހުންނެވެ.
މި ކެޓަގަރީތަކަށް ފައިސާ ދިނުމުގައި ބަލާނީ މަސައްކަތް ކުރި ދުވަހުގެ އަދަދެށެވެ. އެގޮތުން ހައި ރިސްކު ކެޓަގަރީގައި މަސައްކަތް ކުރާ މީހުންނަށް ދުވާލަކު 500ރ. ލިބޭއިރު މީޑިއަމް ރިސްކުގައި ހިމެނޭ މީހުންނަށް ދުވާލަކު 250ރ. އަދި ލޯ ރިސްކުގައި ހިމެނޭ މީހުންނަށް ދުވާލަކު 200ރ. ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުރީސްބެ
20 September 2020
ބަޔަކަށް އެތައް މިލިޔަން ރުފިޔާގެ އެލަވަންސް ދޭންޖެހޭ އެއްވެސް ސަބަބެއް ނުވިސްނުނު. ވަޒީފާ އަދާކުރީމަ މުސާރަދީފަ، އެލަވަންސް ދީފަ، އޯވަޓައިމް ދިނީމަ، ކޮންތާކު މިޖެހެނީ. ކޮވިޑްގެ ވަބާޔާހެދި ރައްޔިތުން ގޭގަ ބަންދުވެގެން ތިބެން ޖެހުމުން އުފުލަން ޖެހުނު ބުރަޔާ ފައިސާގެގޮތުން ދިމާވި ދައްޗާ، ނަފުސާނީގޮތުން ވީ ގެއްލުމަށް ކޮން އިނާޔަތެއްބަ އޮތީ. އެންމެފަހުން ނިމޭއިރު ތި ފައިސާ ބެހިފަ އޮންނާނީ އިންސާފަކުންވެސް ނޫން. ނިމޭނީ ބޮޑު ފިތުނަޔަކަށްވެގެން.
ގާގާ
19 September 2020
މުސާރަދީފަ އަދި އެލަވަންސް، ފައިސާ ގިނަވެގެންތަ ތިއުޅެނީ. ހުރިހާ އުނަދަގުލަކާ ބުރައެއް ރައްޔިތުންގެ ޖީބައް
މީ ދެން ބަ...ނު
19 September 2020
މި މީހުންނަށް ކޮން އެލަވެންސް އެއް ދޭކައް، މުސާރައިގެ އިތުރުން ނުޖެހޭނެ އެއްވެސް އެއްޗެއް ދޭކައް، މިއުޅެނީ ގައުމަށް ބޭރު ބަޔަކު އަރައިގެން ހަނގުރާމައެއްގައެއް ނޫން، ސައިކަލުގަ ދެކޮޅަށް ދުއްވީމަ؟ ހުވާ ކޮއްފަ މިބުނީ މި ސަރުކާރު ނިމުމަކަށް އަންނާނެ ދުވަހަކަށް އެބަ އިންތިޒާރު ކުރަން، ވައްކަމާ ފަސާދަ
ޕޮލިސްމީހާ
20 September 2020
އެކަނި ކަލޭ މެންގެ ލާރި އެއްނޫން...އަހަރެ މެންގެވެސް ލާރި...ޓެ ކްސް ދައްކަން އަަހަރެ މެންވެސް
ދުންދަނޑި
19 September 2020
މަައުމޫނު ޒަމާނުގަ ސިފައިންނާ ފުލިހުންނަށް ދައުލަތުގެ އާމްދަނީގެ 10 ޕަސެންޓު ހަރަދުކުރަމުން އައީ، އެއީ ކ.މާލެތެރޭ ބަލަހައްޓަން. އެކަން ގޯސްވެގެން ވެރިކަމަށް އެރިމީހުން މިހާރު 12 ޕަސެންޓު އެބަ ހަރަދުކުރޭ ތިދެބައިމީހުނަށް.
މަމަމަސައްކަތ
19 September 2020
ކުރަންޖެހޭ މަސައްކަތް ކުރީމާ އިތުރު އެލަވަންސްތައް. މަސައްކަތެއް ނުލުރިޔަސް ބަރާބަރަށް މުސާރަ. މިއީ ދޯ މިހާރު ޕްރޮމޯޓުލުރާ މެންޓަލިޓީ. ދުވަސްކޮޅަކުމް މައްސަޔަކަށް ނުވާނެ ކަމަކާނުލާ ދައުލަތުން މީހަކަށް ބޮޑު މުސާރައެއް ދިނަސް. އޭރުން އެންމެނަށް ފެންނާނީ އޯކޭ ކަމެއް ގޮތުގަ
ޒުވާނާ.
19 September 2020
ޙުރިހާ ދި މާލަކުންވެސް ވައްކަން ކުރުން މިއޮތީ މާދަ މާ ރަނގަޅައް ބަލާއިރު ސާވިސް ނަންބަރު އޮޅިގެން ނިދަންތިބި ފުލުހުންނައް އިއޮނަނާނީ ދެވިފަ އެހެންނޫނަސް ތިގޮތައް ފައިސާ ބަހަންވީ ވަގުތެއްނޫން މިއީ ހާއްސަކޮއް ފުލުހުން ސިފައިން ތިކަހަލަ ވައުދެއް ނުވާނެ ތީގޯހެއް ތިބަލި ފެތުރުން ހުއްޓުވަން މަސަތްކަތް ކުރާ ބަޔަކައް އެލަވަންސް ދޭކައް ނުވާނެ އެ މީހުންނައް ރަނގަޅުވާނީ ތިކަން ތިހެންއޮތުން އެލަވަންސްލިބޭތީ ތިކަން ހުއްޓާލާ
ނަންވާނީ
19 September 2020
މީ ބޮޑު ހެޑިންގ ހަދަންވެގެން ކޮށްލިކަމެއް. ޙަޤީޤަތަކީ މިކަމުގެ ސިއްރަކީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހްގައި އުފެދިފައިވާ ނުތަނަވަސްކަން އެތަންތަނަށް ވަދެދާނެތީ، ކޮންމެވެސް ހަދިޔާއެއް ދިއްކޮށްލީ.
ޙަބީބު
19 September 2020
ވަކިބަޔަކައް ދިންއެއްޗެއް ކޮބާ ރިސޯޓު މުވައްޒަފުންނައް ގައު މުގެ މައިބަދަ ކަ މުގަވާ މުވައްޒަފުން އެއީ ގައު މު ހިންގަނީ އެ މީހުން މިހާރުވެސް ތިޔައުޅެނީ ޑޮލަރު ނެތިގެން ޑޮލަރު ހިފަހައްޓައިގެން މިއަންނަ މަދު ގެސްޓުންނައް ހިދު މަތް ކުރަނީ ފުރަންޓް ލައިންގަ ތިބެގެން
ސޮއްބެ
18 September 2020
އެލަވަބްސެއް ނުދޭ... ދިނީ އެތިފުކެއް... ވަލީއުލްއަމްރު އަކީ ވައުދު ފުއްދާ މީހެއް ނޫން... އޭނާ ކަންކުރަނީ އަމާ ބުނީތީވެ ފަރަށްދާ އުސޫލުން
ފަހުދު
18 September 2020
މިކަމާ އުފަލުންގޮސް ދޯ ގޭތެރޭގަ ޕާކުކޮއްފަ ހުރި ވެހިކަލްތަކައް ދަންދެން ސްޓިކާ މިއޮއްގެން ޖަހަނީ؟
ސޮއްބެ
18 September 2020
ފުލެޓު ތަކުގެ ސިޑި ގޮޅިއަކީ ކަލޭމެންގެ އަމިއްލަ ގެއެެއް ނޫން އެނގޭ... ވާނުވާ ނޭނގެންޔާ ވާނީ އެހެން
ޙަބީބު
19 September 2020
އޭރުންތާ އެލަވަންސް ފައިސާދޭނީ ޕާކުކުރާނެތަން ނުދައްކަ ސްޓިކާ ނުޖަހާނަ މޭބުނެ މިވީ ކިހިނެއް