ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް (މ). އަދި އަބްދުއްރަހީމާ (ކ) އާއި މޫސާ ޒަމީރު (ވ). - ފޮޓޯ: ޓުވިޓާ
28 އޮކްޓޯބަރ 2016 - 09:33
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅިއަށް އެރުއްވުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދު އަލުން ރައީސް އަބްދުﷲ ޔާމީންގެ ފަޅިޔަށް ވަޑައިގެންފި ކަމަށް ވިދާޅުވެ ބައެއް ބޭފުޅުން ޓްވީޓްކުރައްވައިފި އެވެ.
އޭގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު މެމްބަރު އަބްދުﷲ ޔާމީން ވެސް އަލުން ރައީސް ޔާމީންގެ ފެކްޝަނާ ގުޅިވަޑައިގެންނެވި ކަމަށް، އޭނާއާ ހަވާލާދީ، ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރައިފަ އެވެ.
ނަމަވެސް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނާއި އަބްދުއްރަހީމް އަބްދުﷲގެ ޓްވީޓްތަކާ މެދު ލަތީފުގެ ބަހެއް ނުލިބެ އެވެ. އަދި ޔާމީނާ ގުޅޭ ގޮތެއް ވެސް ނުވި އެވެ. އެހެންކަމުން އެއީ ތެދެއް ކަމެއް ނުވަތަ ދޮގެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން. އޭނާ މިހާރު ހުންނެވީ ރައީސް ޔާމީނާއެކު. - ފޮޓޯ: މަޖިލިސް
ނިހާނާއި އަބްދުއްރަހީމް ރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ލަތީފް ހުންނެވީ ރައީސް ޔާމީނާ އެކު ކަމަށެވެ. އަދި އަބްދުއްރަހީމާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ އެކު ލަތީފު އިންނެވި ފޮޓޯއެއް ވެސް ޓުވީޓު ކުރެއްވި އެވެ. ނަމަވެސް އެއީ ކޮން އިރަކު ނެގި ފޮޓޯއެއް ކަމެއް އެނގިފައެއް ނުވެ އެވެ.
ލަތީފް ވަނީ އިއްޔެ މައުމޫން ފަޅީގެ އިތުރު މެމްބަރުންނާ އެކު ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އޭނާ އެ ބައްދަލުވުމުގައި ވިދާޅުވީ މައުމޫންގެ ވެރިކަމުގައި ގިނަ ތަރައްގީތަކެއް ގެންނެވި ކަމަށެވެ.
މައުމޫން ފަޅިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި މީގެ ކުރިން ޔާމީން ބައިވެރިވެވަޑައިގަތެވެ. އެކަމަކު އިއްޔެގެ ޕްރެސް ކޮންފަރެންސްގައި އޭނާއެއް ނެތެވެ.
މައުމޫން ފެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމާ ގުޅިގެން ޕީޕީއެމް ވައިބާ ގްރޫޕުން ކަތީފު ބޭރު ވެސް ކުރި އެވެ. އެކަމަކު ފަހުން އޭނާ އެ ގްރޫޕަށް ވެއްދި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.
ނިހާން ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް ޕީޖީ ގްރޫޕްގެ މަދު މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުން ތިއްބެވީ ރައީސް ޔާމީނާ އެކު ކަމަށެވެ.
PPM PG group ge varah madhu membaraku noonee thibeynee Sarukaaraa eku! https://t.co/0KtcBSUcIn
— Ahmed Nihan (@ahmed_nihan) October 27, 2016
ނިހާނު ކުރެއްވި ޓުވީޓު.
ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރަށް ކުރެއްވި ތާއީދު މައުމޫން ވަނީ ރޭ އަނބުރާ ގެންދަވައިފަ އެވެ.
މައުމޫންގެ އެ ނިންމެވުމާ ގުޅިގެން، ރައީސް ޔާމީނަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވަނީ ރައީސްގެ ދިފާއުގައި ތިއްބެވިކަން ހާމަކުރައްވައިފަ އެވެ. އަދި ރައީސް ޔާމީނަކީ ގިނިކަންޏާ މަސައްކަތް ކުރައްވައިގެން ގައުމަށް ތަރައްގީ ގެންނަވާނެ ރައީސެއް ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ގައުމުގެ އެތެރެ އާއި ބޭރުން ކުރިމަތިކުރާ ހުރަސްތައް ގިރާކުރައްވާ ގައުމު އަމާން ބަނދަރަކަށް ގެންދިއުމުގެ ހުނަރާއި ގާބިލްކަން ރައީސް ޔާމީންގައި އެބަ ހުއްޓެވެ.
"ވަކި ބޭފުޅަކު ތާއީދު އަނބުރާ ގެންދެވުމަކުން ރައީސް ޔާމީން އިސްތިއުފާ ދެއްވާފައި ވަޑައެއް ނުގަންނަވާނެ. އެއަށް ވުރެ (ރައީސް ޔާމީންގެ) އަޒުމް ވަރުގަދަ ވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
Vaki beyfulhakuge thaa'eed an'buraa gendhevumakun Ra'ees Yameen isthi'ufaa dhevaafa vada'eh nugannavaane.IA.e'ah vure azum varugadha vaane.
— Abdul Raheem Abdulla (@Banafsaa) October 27, 2016
އަބްދުއްރަހީމް ކުރެއްވި ޓުވީޓު.
ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަދި ރައީސް ޔާމީން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ގައުމެއްގައި ދެ ވަލީއުލް އަމުރެއް ނުހުންނަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނީނަ
08 November 2016
ނިހާނު ތިބޭފުޅާ ތިއުޅުއްވާ ގޮތުން ލަދުން ބޯހަލާކުވެއްޖެ
ޜރރ
29 October 2016
ޢަދީބު ބެހި ފައިސާ ގޯނިތައް ހުސްވީ ކަމައް ތިވާނީ. ޢަދިވެސް ގޯންޏެއް ލިބޭނީ ތިތަނުން
އަބްދުއްލާ އަލީ
29 October 2016
ހިތް ބަދަލު ވާނެތޯ ، ރައްޔިތުންގެ ހިތުގެ ސަޕޯޓް ބަދަލުވާނެތޯ ؟
އިއްޒަތްތެރި
28 October 2016
ކަލޭމެން ކުރާނެކަމެއްނެތީތަ؟ މިނިސްޓްރީތައް ހިނގަނީކީނޫން މަޖްލިހެއްގަ ޖަލްސާއެއް ބާއްވަނީކީނޫން. އަބަދުރެސްޓުގަ
ހުސެން
28 October 2016
އަދީބުގެ ފައިސާގައި ހިފި މީހުން އަދިވެސް ފައިސާގައި ހިފާނެ. އެއީ ރައްޔިތުން ވިއްކާ މީހުން. އެމްޑީޕީގަވެސް އޭގެ އެތައް ބަޔަކު އެބަ ތިބި. އަދި ފަިސާގައި ހިފާނެ.
ލަބީދް އެންޑް ކަބީރް
28 October 2016
އެންމެ ފުރިހަމަ ޓްވިޓަގުރޫޕެއް އޮންނަ ޕާޓީއަކީ ޕީޕީއެމް.
ޒެކް
28 October 2016
ދުނިޔެ އެދުންވެރިކަމުގަ ދުނިޔޭގެ ދަހިވެތިކަމުގާ ގައުމާ ރައްޔިތުން ހަނާކޮށް ތަނަވަސްކަމާއި މުދަލާއި ފައިސާ ހޯދަންބޭނުންވާ ބައެއެް މެމްބަރުން މިހާރު ފަހިވެފައިވަނީ ރަނުގެ ފުރުޝަތެއް..
Maldives
28 October 2016
އެމީހުނަށް ވޯނިންގ އައީ
އަބްދުއްލާ އަލީ
28 October 2016
ހިތް ބަދަލު ވާނެތަ ؟ ރައްޔިތުން ބްލެކްމެއިލްކުރެވެނީއޭ ނޫން ބާއޭ ހިތައް އަރާ ފަހަރުވެސް އާދޭ . ސަރުކާރަށްތާއީދު ނުކުރާނަމަ ތަރައްގީ އަށް ހުރސް އެޅޭ ނަމަ ހުވަޔާ ހިލާފު ވޭބާ ނުވަތަ ނޫންބާ ؟ ހުސް ސުވާލު . ؟؟؟؟
ހހހ
28 October 2016
މަހިތައްވެސް އެރި އެހެންވާނޭ. ރާއްޖޭގައި ސްޓޭޓް ސްޕޮންސަރ ޓެރަރިޒަމް އުޅޭތީ