ނިއު ނޯމަލްގައި، ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
04 އޮކްޓޯބަރ 2020 - 09:14
މާލޭގައި ކޮވިޑު-19ގެ ކޭސްތައް އަލުން އިތުރުވާން ފެށުމުން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، މިއަދު އަލުން ކިޔަވައިދޭން ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މަޝްވަރާއާ އެކު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލުތަކުގައި މިފަހަރު ވެސް ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން މަތީގެ ގްރޭޑުތަކަށެވެ. އެހެން ގްރޭޑުތަކަށް އަންނަނީ، މާޗު 12 އިން ފެށިގެން އޮންލައިންކޮށް ކިޔަވައިދެމުންނެވެ.
ކޮވިޑުން ރައްކާތެރިވާން މާޗު 12 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށީ ޖުލައި 1 ގަ އެވެ. އޭރު ވެސް މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވީ ގްރޭޑު 9-12ގެ ދަރިވަރުންނަށެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގައި މިހާރު ވެސް ގެންދަނީ ސްކޫލްތައް ހުޅުވައިގެން، ހުރިހާ ގްރޭޑަކަށް ކިޔަވައިދެމުންނެވެ.
އެކަމަކު މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވުމުން އޮގަސްޓް 9 ގައި، ސްކޫލްތައް އަނެއްކާވެސް ބަންދުކުރި އެވެ. ދޮޅު މަހަށް ފަހު ސްކޫލުތައް މި ހުޅުވީ، ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވާން ފެށުމުންނެވެ.
ސްކޫލުތަކަށް ދަރިވަރުން ވައްދަނީ ހުން ބަލައި، އަތް ސެނެޓައިޒްކުރުމަށް ފަހު އެވެ. ކްލާސްރޫމުގައި ދަރިވަރުން ތިބެނީ ތިން ފޫޓުގެ ގައިދުރުކަން ބަހައްޓައިގެންނެވެ. ރައްކާތެރިކަމުގެ އެ ފިޔަވަޅުތަކާ ހެދި ސްކޫލްތަކާ ގުޅުން ހުރި ކްލަސްޓާއެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިިދިޔަ ބުދަދުވަހު ބޭއްވި މީޑިއާ ބްރީފިންގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލުތައް ބަންދުކޮށް، ކިޔަވައިނުދެވޭތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެކަމުގެ އަސަރުތައް ދަރިވަރުންނަށް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުންގެ ސިއްހަތުގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅިގެން "ސްކޫލަށް ގެނެސް ކިޔަވައިދެވެންޏާ، ތައުލީމީ ދާއިރާގައި އުޅޭ އެންމެން ވެސް ދަރިވަރުން ސްކޫލަށް ގެންނަން" ބާރު އަޅާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައި....
05 October 2020
ސުއޫދު.. ތިވަރައް ދުއްޕާނައް ނުގޮވާ، ރަށުގަ އެޅެބަލަ ، އެތޮގޮތައް ދުއްޕާނައް ގޮވަންޔާ ވަރައް ގިނަ ކަންތައް ހުންނާނެ ގޮވަން މާލެ މީހުން ވެސް ރަށުމީހުނާ އަދި ކަލޭމެންވެސް މާލެ މީހުންނާ.... ކުޑަމިސާލެއް މިހާރުވެސް ގިނަފަހަރު ކާލޭމެންގެ ގިނަމީހުން މީހަކާ އިންނައިރުވެސް ފުރަތަމަ ސަރުތަކައް އޮންނަނީ މާލެ ގެދޮރުވެރި މީހަކާއިނުން.... މީއަޅެ ދޮގެއްތަ... ގިނަމީހުންނައް ހީވަނީ މާލެ މީހަކުވެއްޖެޔާ އެ އެންމެންނަކީ މަހުޖަނުންނޭ... ވަރައް ސަލާން
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
04 October 2020
ރަގަޅު ފެށުމެއް އިންޝާﷲ
އިއްޒަތު
04 October 2020
އަޅުގަނޑަށްފެންނަނީ އެޑިޔުކޭޝަނުން ހުރިހާ ސްކޫލެއްގެ ޓީޗަރުން ލައްވާވެސް ވަކިމީހަކު އިސްތިސްނާ ނުވާގޮތަށް ޓެލިކިލާސް ނަގައިދިނުމަށެވެ. މިހެން ބުނަން މިޖެހުނީ ކޮވިޑް 19 ގައި އަޅުގަނޑަށް އެގުނު އެއްކަމެއް ފާހަގަކޮށްލުމަށެވެ. އަޅުގަނޑުގެ ރަށުގައި ދަރިވަރުންނަށް ޒޫމްކްލާސްތައްނެގިބައެއްޓީޗަރުންގެ ކިޔަވައިދިނުމުގެ ފެންވަރު ދަށްކަމާއި ދަރިވަރުންނަށްއޮޅުން ފިލުވައިދިނުމުގައިއެއްވެސް މަސައްކަތެއްކޮށްފައިނުވާކަން އަޑުއެހި ކްލާސްތަކުން ފާހަގަކުރެވުމުނެވެ.
ސޯ
04 October 2020
މާލޭ ސަރަހައްދުގެ ދަރިވަރުން އަނެއްކާވެސް ސްކޫލަށް ދެވޭގޮތް ވުމަކީ އުފާވެެރި ކަމެކެވެ. އެކަމަކު ބެލެނިވެރިންނާ ދަރިވަރުންނާ އަހަރެެމެން އެންމެންގެ ޒިންމާ ގެމަތިން ހަނދާން ނައްތާލައިގެން ނުވާނެނޫންތޯއެެވެ.
ކޮންއުފަލެއް
04 October 2020
ހަމައެކަނި 9،10 އަށް ހުޅުވީ. ސްކޫލަށްދާ ބޮޑުބައި ތިބީ އަދިވެސް ގޭގައި. ސްކޫލްތައް ހުޅުވީކީ ނޫން އެބުނާ ގޮތަށް. އޮޅޭ ގޮތަށް ސުރުޚީ އަޅަނީ.
1828
04 October 2020
ހުޅުވާ ނުލެވެނީ ކޮވިޑް 19 ނެތް ރިސޯޓްތަކުގެ މުވައްޒަފުން ކޮވިޑް 19 ނެތް ރަށްތަކަށް އޮފަށް ދާން.
ކޮލަމާފުށި
04 October 2020
އުފާވެރި ޚަބަރެއް..އަލްޙަމްދުﷲ
އަތޮޅުތެރެ
04 October 2020
މާލެ މާލެ މާލެ... ވަރަށް ފޫހި ތަނެއް
އައި....
04 October 2020
މާލެ މާލެ މާލެ އައި ލަވްޔޫ.....
1828
04 October 2020
އަހަރެމެން މާލެ ދެކެ ކިތައްމެ ފޫހިވިޔަސް ރާއްޖެތެރޭ ގިނަ އަންހެނުން އުޅެން ބޭނުންވަނީ މާލޭގައި.
ގެދާނޯމޮސް
04 October 2020
މާލެ# ގައި ދިރިއުޅުމޭ ބަރުކޮށްފަވާ އައްޑޫބޯޓެއް ގައި އޮށޯވެ އޮތުމެކޭ އެއްފަދައެވެ.
ސުއޫދު
04 October 2020
އަހަރުމެނަށް ޖެހިފައިވާ ބޮޑު ދުއްޕާނެއް.
ސާމީ
04 October 2020
އެހެންވެ އަހަރުމެން އައްޑޫ މީހުން މިބުނަނީ 'އަހަރުމެންނަކީ މާލޭ އަދި މާލެ އަކީ އަހަރުމެންގެ ރަށެއްނޫން' ކަމަށް. ތިއީ ބޮޑް ސްލަމްއެއް.