މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި ކުޑަ އަޅައިގެން އަންހެނަކު ހިނގަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު
22 އޮކްޓޯބަރ 2020 - 12:22
ކުރިއަށް އޮތް 48 ގަޑިއިރުގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށާއި މޫސުން ރަނގަޅުވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ (މެޓް) އިން މިއަދު ބުނެފި އެވެ.
މެޓް އޮފީހުގެ މީޓީއޮރޮލޮޖިސްޓް ނަސޫހް އިސްމާއިލް "މިހާރު" އަށް ވިދާޅުވީ މިދުވަސްވަރު މި ކުރަނީ ހުޅަނގު މޫސުމުގައި ކުރާ އާދައިގެ ވިއްސާރަ ކަމަށެވެ. އެހެންވެ ދޭތެރެދޭތެރެއިން މިގޮތަށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.
"މެދު ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ،" ނަސޫހް ވިދާޅުވި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވައި ޖެހޭނީ 8-18 މޭލުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެތީ އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
Alert white in effect. pic.twitter.com/2KxcNCpAwj
— Maldives Meteorology (@MetMaldives) October 22, 2020
މެޓް އޮފީހުން ކުރި ޓްވީޓެއް
މެޓް އޮފީހުން ވަނީ ކ. އަތޮޅާއި ފ. އަތޮޅާއި ދެމެދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މެންދުރު 2:00 އާ ހަމަ އަށް އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޭސީ
22 October 2020
ހަމަ ތިހެން މެޓް އޮފީހުން ބުނި އިރަށް މޫސުން ރަނގަޅުވެ އުޑުމަތި ސާފުވެ އަވި ދިއްލާލައިފި. މެޓް އޮފީހުން މޫސުން ބަލަނީ އެކޮޅުކޮޅުން ތިބެތަ؟ އަބަދުވެސް ބުނާ ގޮތާ މުޅިން އިދިކޮޅައް ކަންވަނީ.