ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް، ސްކޫލަށް ވަންނަނީ: ކޮވިޑްގެ ސަބަބުން އެތައް ދަރިވަރުންނެއް ވަނީ ރަށަށް ބަދަލުވެފައި.-- ފޮޓޯ: ރ. އަތޮޅު ތައުލީމީ މަރުކަޒު ފޭސްބް ޕޭޖް
25 ނޮވެމްބަރ 2020 - 19:45
ކޮވިޑް-19 ގެ ސަބަބުން މާލެއިން ރަށްރަށަށް ގޮސް ތިބި ދަރިވަރުން ކިޔަވަން ބޭނުންވާ ސްކޫލެއް އަންގަން އެދިއްޖެ އެވެ.
މާލޭގެ ސްކޫލުތަކުން، ބެލެނިވެރިންނަށް ފޮނުވި މެސެޖުގައި ބުނީ ދަރިވަރުން ކިޔަވަން ބޭނުންވާ ސްކޫލެއް މި އަހަރު ނިމުމުގެ ކުރިން އެ ސްކޫލަކަށް ހުށަހަޅަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެގޮތަށް އަމަލުނުކޮށްފި ނަމަ އެ ދަރިވަރަކު މި ވަގުތު ހުރި ސްކޫލެއްގައި ދާއިމީވާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލި، މާލީގޮތުން ކުރިމަތި ގޮންޖެހުންތަކާ އެކު އެތައް ބަޔަކު ވަނީ މާލެ ދޫކޮށް ރަށްރަށަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި ވަގުތީ ގޮތުން ބަދަލުވި މީހުން ވެސް ހިމެނެ އެވެ.
އެގޮތަށް ރަށަށް ބަދަލުވެފައިވާ ދަރިވަރުންނަށް މިނިސްޓްރީން ލުއިތަކެއް ވެސް ދީފައިވެ އެވެ. މާލޭގައި ރަޖިސްޓްރީވެފައިވާ ސްކޫލުގެ އޮންލައިން ކްލާސްތަކުގައި ބައިވެރިވަމުން، އެ ދަރިވަރުން މި ވަގުތު ހުރި ރަށުގެ ސްކޫލަށް ހާޒިރުވެގެން ކިޔެވޭނެ ފުރުސަތު ވަނީ ދީފަ އެވެ.
އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު މި އަހަރުގެ ފުރަތަމަ ޓާމު ނިމޭނެ އެވެ. އެއް މަހުގެ ބަންދަކަށްފަހު ޖެނުއަރީ 10، 2021 ގައި މި އަހަރުގެ ދެ ވަނަ ޓާމު ފަށާނެ އެވެ. ދިރާސީ އާ އަހަރު ފަށަން ހަމަޖައްސައިފައި ވަނީ އޮގަސްޓް 10، 2021 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންތާ ؟
26 November 2020
އަހަރެންގެ ދަރިފުޅު ހުރީ ކ.އަތޮޅު މާލޭގައި. ދެން އަހަރެން ހަދާންވީ ކިހިނެއް ؟ އެ ކުއްޖާ ބުނީ މަޖިއްދީއްޔާ ސްކޫލަށް ވަންނާންށޭ ބޭނުމީ، އެކަމަކު މާލޭގެ ސްކޫލަކަށް ވަދެވޭނެ ގޮތެއް މިތާކުނެތް ؟؟
އަބޫއަބްލަޣީ
26 November 2020
ހަދަންވީގޮތަކީ އަވަހަށް ކޮންމެވެސް ރަށަކަށްދޭ. ދެން މަޖީދިއްޔާ ސްކޫލުގައި ކިޔަވަން އެދޭ. ރަށްރަށަށް ގޮސް ތިބި ކުދިން ކިޔަވަން ބޭނުންވާ ސްކޫލެއް އަންގަން މިނިސްޓްރީން އެއަންގަނީ. ވީމާ ރާއްޖެތެރޭގެ ރަށަކަށްދޭ. މިހިރަ ކުރާ ބޯގަޅި ކަންތައްދޯ؟