ހުޅުމާލޭ ފަޅުގައި އޮތް ސަފާރީގައި ކެންޔާގެ އަންހެނަކާ ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާާ މި އުފުލީ އެކަން ހިނގިތާ ހަ މަސް ފަހުން
ކްރިމިނަލް ކޯޓް: ޒިޔާދާގެ ފިރިމީހާގެ މައްޗަށް ކުރާ އެއްވެސް ކަމެއް ދައުވާއެއް ސާބިތެއް ނުވި
11 ޖެނުއަރީ 2021 - 15:24
މިދިއަ އަހަރު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކާ ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުހައްމަދުގެ ފިރިކަލުންގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓަ ޖެނެރަލްގެ ފަަރާތުން ޖިނާއީ ކޯޓުގައި ޖީހާންގެ ފިރިކަލުން އަބްދުﷲ ޝާން، ނޫރަންގެ ލ. ގަމުގެ، މައްޗަށް ތިން ކުށަކަށް ވަނީ ދައުވާ އުފުލައިފަ އެވެ. އޭގެ ތެރޭގައި ޖިންސީ ގޯނާކުރުމުގެ ދައުވާ ވެސް ހިމެނެ އެވެ.
އޭގެ އިތުރުން ދެން ހިމެނެނީ ގައިގައި އަތްލުމުގެ ކުށާއި "އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމު"ގެ ކުށުގެ ދައުވާ އެވެ.
މި ތިން ދައުވާ ޝާންގެ މައްޗަށް މި އުފުލީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ފިރިކަލަކު ހިމެނޭ އަދި މަޖިލިހުގެ މެޖޯރިޓީ ޕާޓީއަށް ނިސްބަތްވާ މެމްބަރެއްގެ އާއިލާގެ ބޭފުޅަކާ ދެކޮޅަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ބުނެ، ސަފާރީ ހާދިސާގެ ފަހުން ގިނަ ބަޔަކު ފާޑުކިޔާދައި ވަނިކޮށެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރަމުން އައި ކެންޔާގެ އެ އަންހެންމީހާ ޖޫން 26، 2020 ގައި، ސަފާރީއަށް ގޮސް "ޕާޓީކޮށް"، ދެން ކުރިމަތިވި ކަންކަމާ ގުޅިގެން އޭނާ ވަނީ ސަފާރީން މޫދަށް ފުންމާލައިފަ އެވެ. އޭނާ ސަލާމަތްކުރީ، އޭނާއާ އެކު ސަފާރީގައި ތިބި މީހުންގެ ތެރެއިން ބައެކެވެ.
މި މައްސަލަގަނޑު ފެންމަތިވުމާ އެކު ފުރަތަމަ އަޑު ފެތުރުނީ ސަރުކާރުގެ ނުފޫޒު ގަދަ ބަޔަކު އަންހެނަކު ރޭޕްކުރި ކަމަށް ބުނެ އެވެ. އަދި ކެންޔާގެ އެ އަންހެންމީހާ ދިން އިންޓަވިއުއެއް ކަމަށް ބުނެ ރާއްޖޭގެ ވެބްސައިޓެއްގައި ޖެހި ވާހަކަތަކުން، ޖިންސީ ގޯނާގެ ބޮޑެތި ނުރައްކާތަކެއް އޭނާއަށް ކުރިމަތިވި ކަމަށް ބެލެވުނެވެ.
އެކަމަކު ފަހުން "މިހާރު"އަށް ދިން އިންޓަވިއުއެއްގައި އެ ވާހަކަތައް އޭނާ ދޮގުކުރި އެވެ. އަދި ރޭޕްކުރަން އުޅުނު ކަމަށް އެރި އަޑުތައް ވެސް ދޮގުކުރި އެވެ. ނަމަވެސް އޭނާގެ އުރަމަތީގައި ހިފި ކަމަށް އެއްބަސްވި އެވެ.
މޫދުން އަންހެންމީހާ ނަގައިގެން ސަފާރީގެ ޑިންގީގައި ހުޅުމާލޭ ޖެޓީއަށް ގެންގޮސްދިނީ، އޭނާއާ ބެހެން އުޅުނު މީހުންގެ ތެރެއިން ބައެކެވެ. ރޭގަނޑު ދަންވަރު އެގޮތަށް ފާލަން މަތީގައި ބަޔަކު ތިބުމުން، ހުޅުމާލޭ ޕެޓްރޯލް ކުރަން އުޅުނު ދެ ފުލުހަކަށް ފެނިގެން ގޮސް ސުވާލުކުރުމުން، އަންހެން މީހާ ދެއްކި ވާހަކަތަކާ ގުޅިގެން ދެ މީހުން ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް އެ މީހުން ވަނީ ކޯޓަށް ނުގެންގޮސް ދޫކޮށްލައިފަ އެވެ.
ރޭޕްގެ ތުހުމަތު އެޅުމުން ފުލުުހުން ވަނީ އަންހެން މީހާގެ ޓެސްޓްތަކެއް ވެސް ހަދައިފަ އެވެ.
ޝާންގެ އިތުރުން މި މައްސަލާގައި އެހެން ދެ މީހަކަށް ދައުވާކޮށްދިނުމަށް ވެސް ފުލުހުން ޕީޖީއަށް ފޮނުވި އެވެ. އެކަމަކު ޕީޖީން ބުނީ ދައުވާކުރެވޭ ވަރުގެ ހެކި ނެތުމުން އެ ދެ މީހުންގެ މައްސަލަ އަނބުރާ ފޮނުވާލައިފައިވާ ކަމަށެވެ.
ސަފާރީގެ މި މައްސަލަ ފެންމަތިވުމުން އާންމުންގެ ގިނަ ބަޔަކު ފާޑުކީ އެއް ކަމަކީ، އަންހެނަކު ބޮޑު ތުހުމަތެއް ކުރުމުން ވެސް ކޯޓަށް ނުގެންގޮސް ދޫކޮށްލުމުންނެވެ. އަދި ސަފާރީތަކުގައި ދިވެހިން ބަނގުރާ ބުއިމާއި މަސްތުވާތަކެތީގެ މުއާމަލާތްކުރުން އާންމުވަމުން ދާ އިރު، އޭގެ ތުހުމަތުގައި އެ މީހުން ހައްޔަރުނުކުރުމަކީ ވެސް، އޭރު ސަރުކާރަށް ފާޑުކީ މީހުން ނެގި މައްސަލައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
12 January 2021
ތިޔަދައުވާގައި ކުއްކުރިމީހައި އަށް އަދަބުލިބި ޖަލުހުކުމެއް އައުމުންން ރައްޔިތުން ބަލައިގަންނަނީ ތިޔަކުރެވުނު ދައުވާގެ އިޚްލާސްތެރިކަން، އެހެންނޫނީ ތިޔައީ ހުސްވަގުތުބޭކާރުކޮށް ޑުޜަމާ ކުޅުން، ކުއްއޮތީކޮއްފައި ޕާޓީ އޮތީ ކޮއްފައި،
ފިނރުޓޭ
12 January 2021
ކީކޭ ދެން ބުނާނީ އަޅެ ފަހެ! ތި ސާނަކީ ފިސާރި މީހެއް ކަމަށް ވަނީ! ވަރަށް މީސްމީހުންގެ ބޯ ކައިގެން އުޅޭ ސޮރެއް ކަމަށް ވަނީ! ކީއްވެ ބާވެއޭ ހިތަށް ޖީ މެން ކަހަލަ ކުދިން މި ކަހަލަ މީސްމީހުންނާ ގާތްވަނީކީ! ދެން ކެންޔާ މީހާވެސް ކޮވިޑް ލޮކްޑައުންގަ ބޭރުގަ ނޫޅެން އަންގާފަ އޮއްވަ ބޭރުތެރޭގަ ޕާޓީ ކުރީމަ އެކަމާ ބިރުން، އެންމެ ފުރަތަމަ ތި ސާނު މެން ނުކުރާ ކަންތަކަށް ދަންދެން ކީ ކަމަށް ބެލެވެނީ! ކޮންމެ އަކަސް އިންސާފު ބޭނުން ވަނީ! އަތް ލެވިގެނެއް ނުވާނެ!
ދިވެހި އަންހެނާ
12 January 2021
"ފިރިކަލުން" - މިފަދަ ބޭއަދަބީ، އަޚުލާގެއް ނެތް އަމަލުތައް ހިންގާ ކުށް ކުރާ މީހުންނަށް ވެސް މިހާ މާތް ބަހުރުވައިންތޯ މުޚާތަބު ކުރަންވީ؟
ޖުމާ އެންތޮނީ
12 January 2021
ދައުވާ ކޮށްފާނެ.ސާބިތެއްނުވާނެ.އެއީ މީހުންގެ ލޮލުގަ އަދުން އަޅުވަންކުރި ކަމެއް.އެހެންނޫންނަމަ އެހުރިހާ ހަޑިއެއްނަހާވާނެ.ވަރަށް ސަލާމް.
ހަޖަމް
12 January 2021
ތީތިި ކަޑައޭ، ނުކުރާކުށަކަށް ދައުވާކުރީމަ، ސަފާރީގަ ހުރިމީހާ ޖީހާންގެ ފިރިކަލިންނާ ވައްތަރީއޭ
އެޑްމުންޑޯ
12 January 2021
ތިއީ ކޯޓްތަކުގެ ވަގުތު ބޭކާރުކުރަން ކުރާ ދައުވާ އެއް ، ރައްޔިތުންގެ ލޯމަތީ ކުޅޭ ޑްރާމާއެއް ، ތިޔަ ދައުވާ ގައި ބޮޑެތި ބާގަނޑުތައް ހުންނާނެ ، ފަސޭހަކަމާއި އެކު ކުށެއްނެތް މައުސޫމް މީހަކަށް ވުމުގެ ހުރިހާ ފުރުސަތެއް މަގުފަހިކޮއްދީފައި ހުންނާނެ .
ބެސްޓްޕްރެކްޓިސް
12 January 2021
އެމެރިކާގެ ރައީސަށް ވިދާޅުވެވުނު އެއްޗަކުން އެހުރީ މަގާމުން އިމްޕީޗްކުރުމާ ހަމައިގައި. ރާއްޖޭގެ މިފެންވަރުގެ މީހުންނާއި އެމީހުންގެ ދަރިންނާއި ފިރިންގެ ކިބައިން ފެންނަ ނުބައި އަމަލުތަކުގެ ސަބަބުން މުޖުތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދި ހަލާކުވެ ނޫސްތަކުގައި މިޚަބަރު ޖަހާއިރުވެސް މިއިން މީހަކަށް މީ މާބޮޑު ކަމަކަށް ނުވެ ޗުއްޕުވެސް ނުބުނެ މަގާމުތަކުގައި ނަލަހެދިގެން އަނގަފުޅާކުރަން ތިބެނީ. މިއީ އެމެރިކާ ޑިމޮކްރަސީއާއި ދިވެހި ޑިމޮކްރަސީގެ ތަފާތަކީ.
އަލީ ވަހީދު
12 January 2021
ކޮންފިރިކަލުންނެކޭތަ ތިލިޔަނީ އެކަހަލަ މީހުންނަށް ކިޔަންވީ ޖައްބާރުން ގަމާރުން
ލުގުމާން
12 January 2021
ތިދެން ބޮޑުޖޯކެއްނުން، ކަން ނިމި ހުރިހާ ހެއްކެއް ފޮރުވި ރޭޕްކުރި މަނޖެ ގައުމުދޫކޮން ދިޔާމަ ދައުވާކުރަނީ. ތީހަމަ އަޅުވާ އަނދުނެއް. ދެން މާދަން ހުކުމްކުރާނެ ރޭޕްކުރިކަމުގެ ހެއްކެއް ފެންނާކަށް ނެތޭ. އެހިސާބުން އެނިމުނީ
މުޙައްމަދު ޖަމީލް އަޙްމަދު
12 January 2021
ހެކި ނައްތާލާފަ ސިޔާސީ ޕްރެޝަރ އޮއްބާލަން ދައުވާ ކުރަނީ. ސާބިތެއްނުވާނެ. ތަހުޤީގުގައި ވަނީ އިހުމާލުވެފައި. ސިޔާސީ ނުފޫޒުވަދެފައި.