ޚަބަރު / ލޯކަލް އިންތިހާބު

އިންތިހާބު އަވަސް ކުރާ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު ޖަލްސާ ނިންމާލައިފި

ދައުރުން ބޭރުން މިރޭ ބޭއްވި މަޖިލީހުގެ ހާއްސަ ޖަލްސާ-- ފޮޓޯ: މަޖިލިސް

13 ޖެނުއަރީ 2021 - 21:21

3 comments
happy icon 67%

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ވަމުންދާތީ އެކަމާ ގުޅޭ ހާއްސަ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިރޭ ފަށައިފި އެވެ.

މަޖިލީހުގެ ދައުރުން ބޭރުން މިރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް ސަރުކާރު ފަރާތުން އިސްލާހު ހުށަހެޅުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.

އެ ބިލުގެ މަސައްކަތް ކުރިޔަށް ދާނެ ގޮތަށް އަލިއަޅުވާލައި މިރޭ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން 2020 ގައި ބާއްވަން އިއުލާންކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ލަސްވަމުންދާތީ، އިތުރަށް ލަސްވިޔަ ނުދިނުމަށްޓަކައި ގާނޫނު ބަލައި ގާނޫނަށް ރިއާޔަތްކޮށް، ގާނޫނީ ހުރަސްތައް ނައްތާލައި އެ އިންތިހާބު ބޭއްވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގެ މަސައްކަތް ނިމެންދެން ހާއްސަ ޖަލްސާތައް ކުރިޔަށް ގެންދާނެ ކަމަށް އީވާ ވިދާޅުވި އެވެ. އަދި ފުރަތަމަ ކިޔުން މިއަދު އޮންނައިރު، ދެވަނަ ކިޔުމާއި އިބްތިދާއީ ބަހުސް ކުރިޔަށް ގެންދާ ޖަލްސާ އަންނަ އާދީއްތަ ދުވަހު ބާއްވާނެ ކަމަށް އީވާ ވިދާޅުވި އެވެ.

"އެއަށް ފަހު ކޮމިޓީ މަރުހަލާ ކުރިޔަށް ގެންގޮސް ކޮމިޓީ މަރުހަލާ ނިމިގެން އަނެއްކާ ތިން ދުވަސް ދީފައި އަޅުގަނޑުމެންނަށް އަލުން އަނބުރާ ވޯޓަކާ ހަމަޔަށް ބިލުގެ މަސައްކަތް ގެންދެވޭނީ،" އީވާ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާ ކުރިޔަށް ދިޔައިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ މިރޭގެ ޖަލްސާ ވަނީ ނިންމާލައިފަ އެވެ.

ސަރުކާރުން އިންތިހާބު އަވަސް ކުރުމަށް ހާއްސަ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އިންތިހާބު ބޭއްވޭނެ މާއްދާއެއް ވަނީ ހިމަނައިފަ އެވެ. އަދި އެ ހާލަތުގައި ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އެއްގޮތަށް އިންތިހާބު ބޭއްވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިންތިހާބުގައި ކުރިން ކަނޑައަޅާފައިވާ ބައެއް މުއްދަތުތައް ކުރު ކުރުމަށް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން އިންތިހާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓާސް ލިސްޓް އާންމު ކުރަން ޖެހޭ ކަމަށް ކުރިން ބުނާ މާއްދާ އިސްލާހުކޮށް އެ މުއްދަތު 30 ދުވަހަށް ބަދަލު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ކުރިން 10 ދުވަސް ލިބުނު ނަމަވެސް އެ މުއްދަތު ފަސް ދުވަހަށް ބަދަލު ކުރުމަށް ހުށަހަޅާފައިވެ އެވެ. އަދި އެފަދަ އެހެން ޝަކުވާތައް ވެސް ކޯޓަށް ހުށަހެޅުމަށް އޮންނަ މުއްދަތު ވެސް ވަނީ ކުރުކޮށްފަ އެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާއާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހަޅާ މައްސަލަތަކާ މެދު އެ ކޯޓުން 30 ދުވަސް ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބުނެފައިވާ މާއްދާ ވެސް އިސްލާހުކޮށް 15 ދުވަސް ތެރޭ ގޮތެއް ނިންމަން ޖެހޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެއްކަލަ ސޮރު

14 January 2021

ނޯ. ގޯތި. ނޯ. ވޯޓު. މުއީޒު ހޮވުނަސް ހެޔޮ. މާލެއިން އެމްޑީޕީ އަށް ވޯޓު ލިބޭނެކަމަށް ނުބަލާތި.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

14 January 2021

އެއްވެސް އިންޓެރެސްޓް އެއްނެތް! އިންތިހާބު ބޮއިކޮޓް ކޮއްލާނީ! ހުސްފޭކް ވައުދުވެ ވެރިކަން ލިބުނީމަ ވައުދުގެ މަތިން ހަނދާން ނެތުނުގޮތައް ވޯޓްގެ މަތިން ހަނދާން ނައްތާލާފިން! #ނޯގޯތި ނޯވޯޓް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

13 January 2021

ކ.އަތޮޅު މާލޭ މެންބަރުންނޫން ދެންތިއްބެވިމެންބަރުން މި ޤާނޫނުގެސަބަބުން އެމެންބަރުންގެ ދާއިރާ ނުވަތަ އަތޮޅަށް ނޫންނަމަސަރަޙައްދަށްލިބޭނެ ނިކަމެތިކަމުގެމައްޗަށް ވިސްނާލަންޖެހޭ. # މަޖުބޫރީ އެތައްހާލަތެއްމެދުވެރިކޮށް ތުރާކުނުން އައްޑުއަށްހިމެނޭ ރައްޔަތުން ކ.އަތޮޅު މާލެއަށްޖަމާކޮށް ދަފުތަރޭކިޔާ "ދަންތުރައެއްގައި ޖައްސުވައި" ވިސްނުންތެރިކަމާއިއެކު "މާލޭގެގޮނޑިތައް މަޖިލީހުގައިގިނަކުރަނީ ނާޒީ އަމަލުތައްފަދަ ހީލަތްތެރިރޭވުމެއްގެދަށުންކަން" ދަންނާންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!