ޕީޕީއެން/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް--ފޮޓޯ: މިހާރު
22 ފެބުރުއަރީ 2021 - 10:54
ރާއްޖޭގެ އެއްވެސް ތަނެއް ބޭރުގެ ސިފައިންނަށް ދޭން އުޅޭ ނަމަ އެކަމަށް ހުރަސް އަޅާނެ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އެފަދަ ނިންމުންތައް ބަދަލުކުރާނެ ކަމަށް ވެސް އެ ދެ ޕާޓީން ރޭ ބުނެފި އެވެ.
އުތުރުތިލަފަޅުގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް އަޅަން އިންޑިއާއާ ހަވާލުކުރުމާ އެކު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ބޭރުގެ ވަކި ގައުމެއްގެ ނަން ބުނެފައެއް ނުވެ އެވެ.
އެ ބަޔާނުގައި ބުނީ އިދިކޮޅު ކޯލިޝަނުން އަބަދުވެސް ރައްކާތެރިކުރަމުން އަންނަ ސިޔާސަތަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރު ކަމަށެވެ. ޕީޕީއެމްގެ ސަރުކާރުން ހާރިޖީ ސިޔާސަތާއި އަސްކަރީ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ވެސް އެ އަސާސްތަކާ ހިލާފުވެފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ މިފަދަ ދައުވަތުތަކަށް ކުރީގެ ސަރުކާރުން އިޖާބަދީފައި ނުވާނެ ކަމަށެވެ. އަދި ގައުމުގެ އިސްތިގުލާލާއި މިނިވަންކަމަށް ބުރޫ އަރާ ފަދަ ހުރިހާ ހުށަހެޅުމެއް "ގާދޫކޮލުން ބޭރުކޮށްލި" ކަމަށް ވެސް، ބަޔާނުގައި ސިފަކުރި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއަށް ވުރެ ކައިރި ގުޅުމެއް ބޭއްވީ ޗައިނާއާ އެވެ. އެކަމަކު އިންޑިއާ އިން ހިތްހަމަނުޖެހި ދަތިކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އެޅި އެވެ. އޭގެ ތެރޭގައި އިންޑިއާގައި ތިބެން ދިވެހިންނަށް ދެމުން އައި ވިސާ ލިބުން ހަރުކަށިކުރުން ހިމެނެ އެވެ.
ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު މިހާރުގެ ސަރުކާރުން އެންމެ ގާތްކޮށް މަސައްކަތްކުރަނީ އިންޑިއާއާ އެވެ. އަދި އިންޑިއާގެ ވަރަށް ބޮޑެތި އެހީތަކުގެ އެއްބަސްވުންތަކުގައި އަންނަނީ ސޮއިކުރަމުންނެވެ.
ޕީޕީއެމުން ބުނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ އެއްވެސް ކަނޑެއް، ފަޅެއް، ރަށެއް ހަލެއް، ނުވަތަ ގިރިއެއް ވެސް ބޭރުގެ އަސްކަރީ އަދި އިސްތިއުމާރީ ބާރަކަށް ދޫވެ، ބީވެގެން ދާނެ އަމަލެއް ޕީޕީއެމް ސަރުކާރުން ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ އަމަލެއް އެހެން ބަޔަކު ހިންގަން މަސައްކަތްކުރާ ނަމަ އެކަމަށް ހުރަސް އަޅާނެ ކަމަށް ވެސް ބުންޏެވެ.
"...ދިވެހިންގެ މި ލޮބުވެތި ކަރާމާތްތެރި ފަސްގަނޑުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ސިފައެއްގައި ތިބުމަކީ މި ޕާޓީން ދުވަހަކު ވެސް ތާއީދުކުރި ކަމެއް ނޫނެވެ. އަދި ތާއީދުކުރާނެ ކަމެއް ވެސް ނޫނެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ އެމްޑީޕީގެ ވެރިކަމުގައި ހިންގާ މިފަދަ ހުރިހާ ކަމެއް ޕީޕީއެމްގެ ވެރިކަމެއްގައި ބަދަލުކުރާނެ ކަމަށެވެ. އެކަމުގައި ސިޔާސީ، ހާރިޖީ އަދި މާލީ އަގަކަށް ބެލުމެއް ނޯންނާނެ ކަމަށް ވެސް ބުންޏެވެ.
"...ދިވެހިންގެ ތަރިކައެއް އަތުން ބީވެގެންދާނެ ފަދަ ގޮތަކަށް މި ސަރުކާރުން ކުރާ ކޮންމެ އަމަލެއް މި ޕާޓީގެ ވެރިކަމުގައި ބަދަލުކުރާނަމެވެ. އެފަދަ އަމަލުތައް ހިންގާ ބަޔަކާ މެދު ކުރިއެކޭ އެއްފަދައިން ގާނޫނީ ގޮތުން ފިޔަވަލު އަޅާނަމެވެ،" އެ ބަޔާނުގައިވެ އެވެ.
އުތުރުތިލަފަޅުގައި ކޯސްޓް ގާޑްގެ ޑޮކްޔާޑެއް އަޅަން އިންޑިޔާއާ ހަވާލުކުރި އެއްބަސްވުމުގައިވާ ގޮތުން ތިން އަހަރު ތެރޭގައި އެތަން ހަދާ ނިންމަން ޖެހެ އެވެ. އަދި އެ މަސައްކަތް ނިންމައި، ހަވާލު ކުރުމަށް ފަހު ވެސް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން އިންޑިޔާ އިން ފޯރުކޮށްދޭނެ އެވެ.
އެކަމަކު އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް އިއްޔެ ވިދާޅުވީ އެ ބަނދަރު ހަދަނީ އަސްކަރީ ބޭނުމެއްގައި ނޫން ކަމަށެވެ. އެހެންވެ އެތަނުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުތަ
22 February 2021
އަދުރޭ ކަލޭ މާމޮޅު ވާހަކަ ދައްކަން ނޫޅޭ، ފާފު ފުރޯތަ، ނޫނީ ފާފު އަތޮޅުން ބައެއްތަ ކަލޭމެން ސައުދި ކިންގަށް ވިއްކާލަން އުޅުނީ، ޒާތެއްގެ ޒޯނެކޭ ކިޔައިގެން، އެތަނެއްގަ ތިބޭ ބައެއްގެ މައްޗަށް ރާއްޖޭގެ ޤާނޫނު ނުހިނގާގޮތަށް، އެކަންވެސް އަތަށް ގޮވީމަ ނުވީ، މީވެސް ކަލޭމެން ހިންގަން އުޅުނު ބޮޑުޖަރީމާއެއް ނޫންތަ އަޅެ ބުނެބަލަ.
އަރުތަ
22 February 2021
ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް އިއްޔެ ވިދާޅުވީ "އެ ބަނދަރު ހަދަނީ އަސްކަރީ ބޭނުމެއްގައި ނޫން ކަމަށެވެ. އެހެންވެ އެތަނުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ". އެއީ ރަނގަޅު ވާހަކައެކޭ، އުތުރުތިލަފަޅުގައި ކޯސްޓް ގާޑްގެ ޑޮކްޔާޑެއް އަޅަން އިންޑިޔާއާ ހަވާލުކުރީ. އަސްކަރިއްޔާއޭ ފަހުގެފަތިޓީވީއޭ އެކިޔަނީ ކޮންމެވެސް އެހެން ބޭނުމެއްގަ.
އައްޔަ...
22 February 2021
ބާޣީންއެރީމަ އިންޑިޔާ! ފެނައްޖެހި ދޮޅިއަރަން ހެދީމަ އިންޑިޔަ!
އަލްޖިބްރާ
22 February 2021
ކަލޭމެނަށް އެއްކަމަކަށްވެސް ހުރަހެއް ނޭޅޭނެ ! ކަލޭމެން ތިތިބީ އެއަށްވުރެ މާ ފަހަތުގައި ! ތިއީ ހުރިހާކަމަކުން ފެއިލްވެގެން ބޭރުކޮށްފާ ތިބި ބައެއް !
ފުރެންޑު
22 February 2021
އަސްލަމް އަކީ ކުރީގެ އެމްޑީޕީގެ ސަރުކާރުގައިވެސް އެންމެ ފޮނު އެރުވި އެކަމަކު އެންމެ ޕަރފޯރމަންސް ދަށް މިނިސްޓަރު. މިސަރުކާރަގެ ދައުރު މިހާރު ދެބައިވި އިރު އަދި ވެސް ކިޔަނީ ކަޑަޖަހަނީ، ކޮންކްރީޓު ކުރަން ފެށޭނެ. މީ މިވަރުގެ ގާބިލު ކަމެއް ނެތް މީހުން މިނިސްޓަރުކަމަށް ލާމީހާގެ މައްސަލަައެއް.
ބޮޑުމީހާ
22 February 2021
ވަކި ގައުމެއްގެ އަތްދަށު ތިބުމަކީ ރާއްޖެއަށް ލިބޭ ފުރުސަތުތައް ހަނިވާނެކަމެއް. ޔާމީން ސަރުކާރުގަ ޗައިނާ ފަހަތުގަ، އިބޫ އިންޑިއާ ފަހަތުގަ. ޑިޕްލޮމެޓިކް ގުޅުންތައް ހަމަހަމަކަމާއިއެކު ގާއިމްކޮށް ދާޚިލީ ކަންކަމަށް ބޭރުމީހުން އަތްގަދަ ނުވާނެ ގޮތަކަށް ސިޔާސަތުތައް ބައްޓަންވާންޖެޙޭ
ބޮންދުލަދޭޝް
22 February 2021
ތިލަފަޅު އންޑިޔާއަށް ވިއްކޭލުން އޯކޭ، ހިމިތި ސަޢޫދީއަށް ކުއްޔަށް ދިނުން އޯކޭއެއް ނޫން، ކޮންވައްތަރު
ޞީއެމްއޭ
22 February 2021
ފ. އަތޮޅު ވިއްކާލަން އުޅުނިުއިރު އަދުރޭ ކޮބާހޭ. ފުރާލުގަތަ؟
ވެލާނާ އެޔާޕޯޓް
22 February 2021
ގަމާރު މީހުންނަ ނުވިސްނުނަސް ޕީޕީއެމްމުން އެދައްކަނީ ރަނގަޅު ވާހަކަތަކެއް.
ނޫރާނީމާ
22 February 2021
މަކަރާ ހީލަތުން ވެރިކަން ކުރާ ޕާޓީއެއް އެމްޑީޕީ ދެރަވަރުގެ ޕާޓީއެއް.