އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ކުރި މުޒާހަރާއެއް ހުއްޓުވަން ފުލުހުން މަސައްކަތް ކުރަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު
15 މާޗް 2021 - 00:27
ކޮވިޑު-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެގެން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީީޕީ އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީ އިއްޔެ ޖޫރިމަނާކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑާ ހިލާފުވެފައިވާތީ އެމްޑީޕީ އާއި ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވުމުން 5،000ރ. އިން ޖޫރިމަނާކުރެ އެވެ.
އެންމެ ހަރަކާތްތެރި ތިން ޕާޓީ ޖޫރިމަނާކޮށްފައިވަނީ، އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ހަރަކާތްތަކެއް ބާއްވާފައިވަނިކޮށެވެ.
އެގޮތުން، ހުޅުމާލޭގައި އެމްޑީޕީން ޖަގަހައެއް ހުޅުވަން މިދިޔަ ހަފުތާގައި ބޭއްވި ރަސްމިއްޔާތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެތުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް އެ ޕާޓީން ބުނީ ރަސްމިއްޔާތު ބޭއްވީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ.
މިއީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން އެމްޑީޕީ ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ އެކި ކަންކަމާ މެދު ހިތްހަމަނުޖެހި އިދިކޮޅު ކޯލިޝަނުން އަންނަނީ ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާއިން މީހުން ހައްޔަރުކޮށް ދޫކޮށްލަނީ ޖޫރިމަނާކުރުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
15 March 2021
ވެކްސިންޖަހަނީ އެޗްޕީއޭއިން. ފިތުބާރުވެފައިވާ ދިގު ކިޔު ހެދުމުގެ ޒިންމާ އެޗްޕީއޭއިން ނަގަންޖެހޭނެ އަދި އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިނާއި އެޗްޕީއޭއިން ޚިލާފުވެފަވާކަމަށް ކަނޑައަޅައި އެޗްޕީއޭ ބޮޑު އަދަދަކުން ޖޫރިމަނާކުރެވުންޖެހޭނެ!
އުދުހޭ
15 March 2021
އެމްޑީޕީ މީހުން ގައިދުރުނުކޮށް އެއްވެގެން އުޅޭ ފޮޓޯތަށް ފެންނާތީ ފިޔަވަޅެއް އެޅުމަށް ކުރިކަމެއް. ހަމަހަމަކޮށް ކުރާނަމަ ކޮންމެ މީހަކަށް 1،000ރ ޖަހަންޖެހޭ އެހެންނަމަވެސް މުޅި ޕާޓީ 5،000ރ އިން މިއޮތީ ނިންމާލާފަ.
އަހުމަދުބޭ
15 March 2021
ޜައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމުގެ އަގަކީ އެންމެ 5000 ރުފިޔާތޯ، ޕާޓީތަކުން ހިންގާ މިފަދަ އަމަލުތަށް އެންމެ ކުޑަމިނުން ޖޫރިމަނާ ކުރަންފެންނަނީ 100،0000 ލައްކަ ރުފިޔާއިން ފުރަތަމަ ފަހަރަށް ދެން ތަކުރާރު ކުރާނަމަ 500،000 ލައްކަ ރުފިޔާ އެވަރުންވެސް ނުވަންޏާ 1000،0000 އެއްމިލިއަން އަދި ދެން ތަކުރާރު ކުރަނަމަ ކޮންމެ ފަހަރަކަށް މިލިއަނަކުން ކުރަން ޖެހޭ ކަމަށް ދެކެން
ޙަނާނު
15 March 2021
ތިޔައީ ހަމަދައްކާ ދަޅައެއް އެމްޑީޕީގެ ކޯޓު އެމްޑީޕީ މަޖިލިސް އެމްޑީޕީ ވެރިކަން އެމްޑީޕީ ސަރުކާރު ދެން ކޮންހާ އޮޅުވަލުމެެއް
ކޮރަލް
15 March 2021
ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވުމުން 5،000ރ. އިން ޖޫރިމަނާކުރެ އެވެ. ޕާޓީ އެއްވުމުގައި އެތައް ސަތޭކަ ބައެއް ބައިވެރި ވެ އެވެ. ދޯޏީގައި މަހައްދިޔަ 95 މީހުން ޖޫރިމަނާ ކުރި އެވެ. ޕާޓީ އަށް މިއޮތީ ލުއި ގޮތެކެވެ.
ހަސަނު
15 March 2021
ގާނުނަކާ ގަވައިދަކާ ހިލަފުވީ އެމްޑިޕީ ނަމަވެސް މި ސަރުކަރުގެ ބޮޑެއް ނަމަވެސް އެ އޮންނަ އުސޫލަކުން އަދަބު ދެވުމަކީ އެބުނާ އަދުލުއިންސާފު އޮތުމަކީ...
ޖަމަލު
15 March 2021
ރައްޔިތުން ގޮވާ ނަގަން ފެށީމަ ދެބައި ގުޅިގެން ދެން އެންމެ ފަހުން ގޮތެއް ހަދާލީދޯ.
އޭނަ
15 March 2021
ގަވާއިދަށް ހުރުމަތް ތެރިކޮށްނުހިތާތީ ފާދުކިޔާމީހުންގެ ލޯތަކުގައި އަނދުން އެޅުވީ ދޯ
ގުދުގުދު ބެއްޔާގެ ތެދުބަސް
15 March 2021
ޕާޓީތައް އުވޭވަރުގެ ބޮޑު ޖޫރިމަނާއެއްކޮށްލަބަލަ. ޕާޓީތަކާހެދި އުޅެވެންނެތް. ޕާޓީތައް އުވާލާ.