ޚަބަރު / ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

ތަރައްގީގެ ވާހަކަ ދައްކަން ފަށަން ވާނީ ވެސް ގައިން ތާހިރުވެގެން: ރައީސް

ރައީސް ވިދާޅުވީ، ރަށްރަށުގެ ބޯހިޔާވަހިކަމަށް އަންނަ އަހަރު 1.5 ބިލިއަން ބަޖެޓު ކުރާނެ ކަމަށް. މާލޭގައި މި އަހަރު އެކަނިވެސް 5،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި.

ކެމްޕޭން ނިންމާލުމަށް މިރޭ ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ރައީސް އޮފީސް

އަަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނުގެ ނިޒާމު، ތާޒާކަމާއެކު ހިނގައިހިނގާ ހުރުން ކަމަށާއި ތަރައްގީގެ ވާހަކަ ދައްކަން ފަށަން ވާނީ ވެސް، ގައިން ތާހިރުވެ ތިބެގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ނިންމައިލުމަށް، އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ބީލަމުގެ މަރުހަލާ އިން ފެށިގެން، ކޮންމެވެސް މަރުހަލާއެއްގައި ފެނާއި ނަރުދަމާ ފެށިފައި ނުވާ އެއްވެސް ރަށެއް މިހާރު ރާއްޖޭގައި ނޯންނާނެ ކަމަށެވެ. އަމާޒަކީ، މި ސަރުކާރުގެ ދައުރު ނިމޭ އިރު ހުރިހާ ނަރުދަމާތަކުން އަތްދޫކޮށްލުން ކަމަށާއި ހުރިހާ ރަށެއްގެ ފެނުގެ ނިޒާމު ތާޒާ ކަމާއެކު ހިނގަހިނގާ ހުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ގެންނާނެ ތަރައްގީގެ ވާހަކަ ދައްކަން ފަށަން ވާނީ ވެސް، ގައިން ތާހިރުވެ ތިބެގެންނެވެ. އެމްޑީޕީގެ ސަރުކާރުން މިހާރު ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

ކެމްޕެއިން ނިންމާ ޖަލްސާ އަށް އެމްޑީޕީގެ ގިނަ އިސްވެރިންނާއި ސަޕޯޓަރުން ރަސްދުއަށް އައެވެ. އެކަމަކު އެ މީހުން ތިބީ ފަޅުތެރޭގައި ދޯނިތަކުގަ އެވެ. އެ ރަށުން ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ސަޕޯޓަރުން ތިބީ ރަށުގެ އަތިރިމަތީގަ އެވެ. ވާހަކަ ދައްކާ ޕޯޑިއަމް ވެސް ބަހައްޓާފައި ހުރީ މަސް ދޯންޏެއްގަ އެވެ.

ވަށައިގެން ގިނަ އަދަދެއްގެ މީހުން ތިބި އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީގެ ފުރަތަމަ ފަތިހަށް އަލިވިލޭއިރު، ރަށްތަކުގެ އިންތިޒާމުތަކާއި ބޭނުންތަކާއި ނިންމުންތައް، ރަށުގެ ފުޅޮހިން މި ފަތިސް އެތެރެކޮށްދޭނެ ކަމަށެވެ. ވަށައިގެން ގުދުރަތީ ވަސީލަތްތަކާއި މުއްސަނދިކަމުގެ އިހްތިސޯސީ އިންފާރެއް ލެވޭނެ ކަަމަށާއި ރަށާއި އަތޮޅާއި ސިޓީގެ ނިންމުންތައް ތަންފީޒު ކުރުމުގެ އިހްތިޔާރާއި ގާނޫނީ ބާރު ލިބިދާނެ ކަމަށް ވިދާޅުވި އެވެ.

"މި ދެކޭ ހުވަފެނާއި، ދާން އެދޭ މަންޒިލާއި އަލިވިލެން މިދާ ފަތިހަކީ އެއީ،" ރައީސް ވިދާޅުވި އެވެ.

މި ޖަލްސާގައި އެ މަނިކުފާނު ވަނީ ސަރުކާރުން މިހާތަނަށް ކޮށްދީފައިވާ ތަރައްގީގެ މަޝްރޫއުތައް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވައިފަ އެވެ.

ރަސްދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ހުންނަވައިގެން ރައީސް ވާހަކަފުޅު ދައްކަވާއިރު، ރަށުގެ އަތިރިމަތީގައި ގިނަ ބަޔަކު އަޑުއަހަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް ގެންނެވީ ތަރައްގީ ކުރުކޮށް

- ހަމައެކަނި ރަށްރަށުގެ ބޯހިޔާވަހިކަމަށް އަންނަ އަހަރު، 1.5 ބިލިއަން ރުފިޔާ ބަޖެޓް ކުރާނަން. އެ ބަޖެޓާއެކު، ރާއްޖޭގެ ގިނަ ރަށްތަކުން ބޯހިޔާވަހިކަން ލިބޭނެ.

- މާލޭގައި މި އަހަރު އެކަނި ވެސް 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރާނެ. އަމާޒަކީ 13،000 ޔުނިޓަށް އިތުރުކުރުން

- ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމް ކުރެވިއްޖެ. އަންހެނުންގެ ހާއްސަ ބަލިތަކާ، ގޮހޮރާއި މައިބަދައިގެ ބޮޑެތި އޮޕަރޭޝަންތައް ކޮށްފި. އިންތިހާ ދަރަޖައިގެ ނާޒުކު ނާރުގެ އޮޕަރޭޝަން މާލެ ނާރާ ކާމިޔާބު ކޮށްފި.

- ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ރަށްރަށުގައި ކަރަންޓު އުފެއްދޭ މިންވަރަކީ ޖުމުލަ 150 މެގަވޮޓް. މި ސަރުކާރަށް ވި ދެ އަހަރާއި ހަތަރު މަސް ތެރޭގައި އެކަނި ވެސް އިތުރު 180 މެގަވޮޓް އުފެއްދޭނެ ގާބިލްކަން ގާއިމު ކުރެވިއްޖެ

- ދެ އަތޮޅެއްގެ ހުރިހާ ރަށެއްގައި އަވިން އުފައްދާ ކަރަންޓުގެ ޖުމުލަ 2،868 ކިލޯވޮޓާ ހަމަކުރުން. މި ފަދަ 15 މަޝްރޫއު ދަނީ ކުރިއަށް.

- ފުރަތަމަ ޑިގްރީ އަށް ސަރުކާރުން ހިލޭ ކިޔަވައިދެމުންދާ 10،486 ދަރިވަރުން އެބަތިބި. ދަރިންނަށް ތަޢުލީމު ހޯދައިނުދެވުމުގެ ހާސްކަމުގައި، އުމުރު ހުސްކުރާނެ ދިވެއްސަކު، ދެން މި ރާއްޖެއަކު ނުހުންނާނެ ކަމަށް ވިދާޅުވި

- އެއްގަމާ ކަނޑުން 20-30 މިނެޓްގެ ދަތުރަކަށްފަހު ކޮންމެ ރަށަކުން ވެސް އެއާޕޯޓަކަށް ދެވޭނެ. މި އަހަރު ފަހުކޮޅު، ހައިސްޕީޑް ފެރީ، ހއ. އަދި ހދ، އަތޮޅުން ފަށާނެ

- ރައީސް ވިދާޅުވަނީ މިއިން ޒަމާނަކު ނުވާވަރަށް އައިސް ޕްލާންޓާއި ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުވަމުންދާ ކަމަށް. މި ލަނޑުދަނޑި ހާސިލްވެ ނިމޭއިރު އިތުރު 525 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓް 20 ރަށެއްގައި އަލަށް ގާއިމު ކުރެވޭނެ

ރައީސް ވިދާޅުވި ގޮތުގައި ތަރައްގީ އާއި ކުރިއެރުމަކީ ޓީމެއްގެ ގޮތުގައި ތިބެގެން ނޫނީ ހޯދޭނެ އެއްޗެއް ނޫނެވެ. އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު، އެންމެ ވަރުގަދަ އަދި ބަދަހި ޓީމު ކަމަށާއި އިންތިހާބު ކާމިޔާބު ކުރާ މޭޔަރުންނާއި ކައުންސިލްތަކުގެގެ ރައީސުންނާއި މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ މެމްބަރުންނަކީ މި ޓީމުގެ އެއްބައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރަށާއި އަތޮޅާއި ސިޓީގެ ކުރިއެރުމާއި ތަރައްގީއަށް، އެ ޓީމުން ޓަކި ޖަހަން ހުރި ދޮރުތަކަކީ އެ ޓީމުގެ އަނެއް ބައި،" ރައީސް ވިދާޅުވި އެވެ.

ޖަލްސާ ނިންމާލަމުން އެ މަނިކުފާނު އިލްތިމާސް ކުރެއްވީ އެންމެ ކަމަކަށެވެ؛ އެއީ ދަތުރަށް އެދޭ، އެކަމަށް ފަރިތަ، ކަނޑަށް ގަދަ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން، ލާމަރުކަޒީ އޮޑީގެ ހަފޮޅުން، އެ ކެންޑިޑޭޓުން އެތެރެ ކޮށްދިނުމެވެ.

58 ކޮމެންޓް, 89 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓިނު

10 April 2021

ގައިން ތާހިރުނުވެވެސް އާއިލާ މީހުންނަށް ވަޒީފާދެވޭ.

The name is already taken The name is available. Register?

ކެކެކެ

10 April 2021

ހިންނަވަރޭ ކަލޭ އަދިވެސް އަނގަ އަރުވާނަންތަ؟ ބަވާލާފަ އެބަހުރި. މަ ލަދުން.

The name is already taken The name is available. Register?

ގަބުސޮރު

09 April 2021

ހިތުން ވަރަށް މޮޅު އެއްޗެއްދޯ ތިޔަ ބުނެލީ! މާދަން ފެންނާނެ ކުޅިވަރު. ބަލަން ހުންނާތި!

The name is already taken The name is available. Register?

އިބްރ

09 April 2021

އެންމެން މާދަމާ ފޯރީގާ ނުކުމެ އިންޑިޔާގެ އަޅުވެތިކަމާއި ދެކޮޅަށް ވޯޓްދެއްވާ. މިއީ ޤައުމީވޯޓެއް. މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިޔާ ސިފައިން ތިބެންޖެހޭ މައްސަލައެއް ނުވިސްނޭ. އަދި ރާއްޖޭގެ ސިފައިންނަށް ޙައްލު ނުކުރެވޭވަރު ބޮޑު މައްސަލައެއްވެސް ރާއްޖޭގައި ނެތް.

The name is already taken The name is available. Register?

ބަޑިއެދުރުކަލެގެފާނު

09 April 2021

2008 ގައި ހާލި ހެދީ ކާޅުތޯ ނުވަތަ ކޮވެލިތޯ؟ އެމްޑީޕީ އިން ތުހުމަތުކުރާގޮތުން ނަމަ ފަހުން އެހާއްުޔަށް ބިސް އެޅީ “ކާޅު”.

The name is already taken The name is available. Register?

ބަޑިއެދުރުކަލޭގެފާނު

09 April 2021

ތިޔަ ވިދާޅުވާގޮތުންނަމަ، އެންމެ އަވަހަށްވެސް ތަރައްގީގެ ވާހަކަ ފަށޭނެ ގޮތަކީ ކުޑަ ހަދަސް އާއި ބޮޑު ހަދަސް އެރެގަތުމަށް އުނގެނި ޕާރޓީކުދިންނަށްވެސް އެކަން އުނގަންނައި ދެއްވުން ! ޢަދި އަލުގަނޑުމެން ކުޑައިރުއްސުރެ އެކަންކަން ޢުނެގެނި ގައިންތާހިރުވެގެން ތިބި ވާހަކަވެސް ދަންނަވަމެވެ!

The name is already taken The name is available. Register?

ގައުމީދޫ001

09 April 2021

ތަރައްގީގެ ވާހަކަ ދެއްކޭނީ އެކަމުގެ އިލްމާއި ތަޖްރިބާ ލިބިގެން! ޢެ ފަދަ އިލްމެއް ގާބިލްކަމެއް ނެތް ބަޔަކު ދައްކާނީ ބަހަނާއާއި އުޒުރު. ޢަބަދުވެސް ކޮންމެވެސް އެހެންކަމެއް ކޮށްގެން ތަރައްގި ޢާއި ހަމަައަށް އާދެވޭނެކަމަށް ދައްކައި ތަރައްގީ ފަހަތައް ޖައްސަމުން ދާތަން ފެންނާނީ .

The name is already taken The name is available. Register?

ތާހިރުބެ

09 April 2021

މި ކުރާ ވައްކަންތަކުން ގައުމުތާހިރުކޮށް ،އިންޑިޔާގެ ނުފޫޒުން ގައުމު ތާހިރުކޮށް،ގައުމުގެ ހުރިހާ ވަޒީފާތަކެއް އިންޑިޔާގެ ބާރުގެ ދަށަށް ދިއުން ތާހިރުކޮށް، އިސްތިއުފާދެއްވުން ތާހިރުވާނެ. މިހާ ޚިދުމުހުތާރު މކަމެއްނުވާ ނާގާބިލު ،ގައުމުގެ ދުސްތޫރު އާއި އިސްތިގުލާލު ފުޑާލި ވެރިކަމެއް މަށެއް ނުދެކެން.

The name is already taken The name is available. Register?

ވަގަށް ނެގި އިންތިހާބު

09 April 2021

ހީހީ ހަލާކު.. ބުނާނެ ހަމައެކައްޗެއްވެސް ނެތް. ރައްޔިތުންނަށް އޮޅިވަޑައިގެންފައި މިހާރު ނޯންނާނެ ކަމަށް ހީކުރަން.

The name is already taken The name is available. Register?

އެހާއެހާ

09 April 2021

އެމްޑީޕީއަށް އެންމެ ފަހުން ނުލިބި އޮތް މެޖޯރިޓީ ލިބުނީމަ ގައިން ތާހިރުވުމަކީ އެހާ މުހިއްމު ކަމަކަށްނުވާނެ. އެއިރުން ގެންނާނެ ގައުމިއްޔަތަކީ ގައިން ތާހިރުވެގެން މުސްލިމުންގެ ގޮތުގައި ކުރާ އެންމެ މުހިއްމު ކަންކަން ވަރަށް މަދުން ކުރާނެ ގައުމިއްޔަތަކަށްވާނީ. 13 އަންހެނުންނާ ބެހުނުކަމަށް ތުހުމަތު ކުރެވޭ މީހާ އަޑިއަޑިން ފުރުވާލާ އަދި ޖިންސީ ފުރައްސާރަކުރަން އުޅޭ މީހުންނަށް ހިމާޔަތްދޭ މީހުންނަކަށް ނޭނގޭނެ ހަގީގީ ތާހިރުކަމަކީ ކޮބައިކަމެއް.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
24%
ނުފެނޭ
76%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454