ގާސިމް: އޭނާ ޖަލަށްލީ އެސްއޯއެފް އިން ޚިޔާނާތުގެ ފައިސާ ދައުރު ކުރި ސްޓޭޓްމަންޓެއް އާންމު ކުރުމުން
16 ނޮވެމްބަރ 2016 - 11:03
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް އާންމުކުރި ގާސިމް އަބްދުލްކަރީމް 8 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކުރިއިރު އެ މުއްދަތަށް ވުރެ ގިނަ ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ މިނިވަންކުރަން ގާސިމްގެ ވަކީލް އެދިވަޑައިގެންފި އެވެ.
ފ. ނިލަންދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރަކަށް ހުރެގެން ގާސިމް އާންމުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާ އެސްއޯއެފް ކުންފުނީގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ދައުރު ކުރި ގޮތުގެ ބޭންކް ސްޓޭޓްމަންޓެވެ.
އެ މައްސަލާގައި ގާސިމަށް ކުރި ދެ ދައުވާ ސާބިތުވެގެން އޭނާ އަށް މަހާއި 12 ދުވަހަށް ޖަލަށްލާން އިއްޔެ ހުކުމް ކުރިއިރު މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ގާސިމް ހުރީ ބަންދުގައި ކަމަށްވާތީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އަށް މަހާއި 12 ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސަށް ގާސިމްގެ ވަކީލް ފޮނުވި ސިޓީގައިވެ އެވެ.
ބަންދުގައި ހުންނަ ދުވަސްތައް ހުކުމުގެ މުއްދަތު އުނިކުރަން ޖެހޭއިރު ހުކުމަށް ވުރެ ދިގު މުއްދަތެއް ގާސިމް ބަންދުގައި މިހާރު ވެސް ހޭދަކޮށްފައިވާތީ ވަގުތުން ވަގުތަށް އޭނާ މިނިވަންކޮށްދޭން އެ ސިޓީގައި އެދިފައިވެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ގާސިމް އެ މައްސަލާގައި ހައްޔަރު ކުރުމަށް ފަހު މިދިޔަ ޖުލައި މަހާ ހަމައަށް އޭނާ ހުރީ ފުލުހުން ބަންދުގަ އެވެ. އޭގެ ފަހުން އިއްޔެ އޭނާއަށް ހުކުމް ކުރުމާ ހަމައަށް އޭނާ ހުރީ ގޭ ބަންދުގައި ބަހައްޓައިފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ މައުލޫމާތުތަކެއް އާންމުކުރި ގާސިމް ޖަލަށްލާން ހުކުމް ކުރިއިރު އެ މައްސަލާގައި އޭނާ އަމަލުކުރި ގޮތުން ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން އެވޯޑަށް އޭނާ ވަނީ ނޮމިނޭޓްވެފަ އެވެ. އެވޯޑް ލިބޭނެ ފަރާތެއް އަންނަ މަހު އިއުލާން ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
16 November 2016
އަދީބުއާ ގުޅުންހުރި އެކައުންޓްތަކަށް ފައިސާ ޑިޕޮސިޓްވެ އެ އެކައުންޓްތަކުން ދެން ދިޔަ އެކައުންޓްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފަޅާއަރާފާނެތީ ބަޔަކު ނުވަތަ މީހަކު ބިރުގަންނަހެން ހާދަ ހީވެއޭ!
ސދައަޒ
16 November 2016
ގާސިމް އަކީ ގައުމީ ބަތަލެއް..
ނައްސޫ
16 November 2016
ގާސިމް ދޫކޮށްލާށޭ ހަމަ މިހާރުން މިހާރަށް!
ޝިފާގު
16 November 2016
ދިވެހި ފުލުހުން ވަރަށް ހުށިޔާރުވާނެ. ދޫކޮށްލާއިރަށް އެހެންކަމެއްގައި ހައްޔަރު ކުރާނެ.
GAN Island
16 November 2016
މި ދައުލަތުގެ ގިނަ ގުނަވަންތައް ޤާނޫނު ތަންފީޒު ކުރުމުގައި ވަނީ ފަސްޖެހިފަ. ދައުލަތުގެ 3 ބާރު ވަނީ ''ވާނުވާ އެއްގެ ތެރޭގައި'' މިނިވަންތޯ ނުވަތަ ނޫންތޯ ކުރާ ސުވާލު ތަކާއި ކުރިމަތިލާން ޖެހިފަ. . . ޖޫޑީޝަރީ އާއި އަދުލު އިންސާފު ހިގަމުންދާގޮތް ޤާސިމް ގެ މައްސަލަ ނިންމާ ގޮތަކުން ރައްޔިތުންނަށާއި އެކުވެރި ދައުލަތް ތަކަށް ''އަނެއްކާވެސް'' އެގިގެން ދާނެ.
ފގހ
16 November 2016
ވަގު ފަޅާއަރުވާލި މީހާ ދޫކޮށްލާ ވަގުން ހައްޔަރު ކުރޭ މީ އިސްލާމީ ގައުމެއްތަ؟
ރަންދެލި
16 November 2016
ގާސިމް މިިނިވަން ކުރޭ!
ސޯދިގު
16 November 2016
ގާސިމް ދޫކޮއްލާ
އަލީ
16 November 2016
ބޮން ގޮއްވާލި ހާދިސާގަ ހެކިނައްތާލަން އުޅުނު ކުރީގެ ދެ ސިފައިންގެ މީހުންވެސް ބަންދުގަ ބައިތިއްބާފަ ހުކުމް ކޮއްފަ ދޫކޮއްލަންޖެހުނީ ހުކުމަށް ވުރެ ގިނަދުވަހު ތަހުގީގަށޭ ކިޔާފަ ބަންދުކޮއްފަ ބެއިތިއްބީމަ. އެހެން ވެއްޖެއްޔާ އެއްވެސް މީހަކަށް އެއްވެސް ތަފާތުކުރުމެއް ނެތި ގާސިމްވެސް ޖެހޭނީ ދޫކޮއްލަން. މިހަރުން މިހާރަށް ގާސިމް ދޫކޮއްލުމަށް އެދެން
ކޮލަމާފުށި
16 November 2016
ގާސިމް އަކީ ގައުމީ ބަތަލެއް..