ގާސިމް: ހުކުމުގެ މުއްދަތަށް ވުރެ ގިނަ ދުވަސް ގާސިމް ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ވަގުތުން މިނިވަންކުރަން އޭނާގެ ވަކީލް ވަނީ އެދިފައި
16 ނޮވެމްބަރ 2016 - 13:25
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައުލޫމާތުތަކެއް އާންމުކުރި މައްސަލާގައި އަށް މަހުގެ ޖަލު ހުކުމެއް އިއްޔެ އިއްވި ގާސިމް އަބްދުލްކަރީމް އަދިވެސް ކަރެކްޝަނަލް ސާވިސާ ހަވާލު ނުކުރާ ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ 1.22 ބިލިއަން ރުފިޔާ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ދައުރުކުރި ގޮތުގެ ބޭންކް ސްޓޭޓްމަންޓް އާންމުކުރި މައްސަލާގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފު ގާސިމް އަށް މަހާއި 12 ދުވަހަށް ޖަލަށްލާން އިއްޔެ ހުކުމް ކުރިއިރު އޭނާ ބަންދުގައި ހުންނަތާ އަށް މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެހެންވެ އޭނާ ވަގުތުން ދޫކޮށްލަން އޭނާގެ ވަކީލް ވަނީ ކަރެކްޝަންސްގައި އެދިފަ އެވެ.
ކަރެކްޝަންސްގެ ތަރުޖަމާނު ވިދާޅުވީ ގާސިމް އަދިވެސް ކަރެކްޝަންސްއާ ހަވާލު ނުކުރާ ކަމަށާއި އޭނާގެ ވަކީލް އެދިފައި އޮތް އެދުމާ މެދު ގޮތެއް ނިންމޭނީ ގާސިމް ކަރެކްޝަންސްއާ ހަވާލު ކުރުމުން ކަމަށެވެ.
އިއްޔެއާ ހަމައަށް ގޭ ބަންދުގައި ހުރި ގާސިމް ކަރެކްޝަންސްއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ގާސިމް މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކޮށް ހަތަރު މަހެއްހާ ދުވަސް ފުލުހުން ބަންދުގައި ބެހެއްޓުމަށް ފަހު އޭނާ ގޭ ބަންދަށް ބަދަލުކުރީ މިދިޔަ ޖުލައި މަހު އެވެ. ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭތީ ގާސިމްގެ ވަކީލް ވިދާޅުވެފައިވަނީ ގާސިމްގެ ހުކުމުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށާއި އޭނާ ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށެވެ.
ގާސިމަށް އުފުލި ދެ ދައުވާ ސާބިތުވެގެން އޭނާގެ މައްޗަށް އެ ހުކުމް އައިއިރު އެ މައްސަލާގައި އޭނާ އަމަލުކުރި ގޮތުން އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަށް އޭނާ ވަނީ ނޮމިނޭޓްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒު
16 November 2016
"އިއްޔެއާ ހަމައަށް ގޭ ބަންދުގައި ހުރި ގާސިމް ކަރެކްޝަންސްއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި ލައްކަ މަސައްކަތް ކޮށްގެން ދެއްތޮ ކަރެކްޝަންސްއާ އޭނާ ހަވާލު ކުރެވެނީވެސް، ތިހުރި ޤާބިލުކަމަކަށް ހަމަ އައްސަރިބަސް، ލަދުން ދެފައި ކާރިކޮށްލަން ނުކެރެ މިހާރު ހުކުމް ކުރި ފަހުންވެސް 24 ގަޑިއިރުވީ، އަނެއްކާ ޤަސިމަށް އިއްވި ހުކުމާ ދޭތެރޭ މަނިއްޕުޅު ހިތްހަމަ ނުޖެހޭތީ ހުކުމް ބަދަލުކުރަން ޖެހުނީކީ ނޫންބާ! ކޮށްފާނެ ކޮށްފާނެ އެވަރުގެ ބައެއް ތިތިބީ........
ކޮރި ބޯށި
16 November 2016
ގާސިމްގެ ދިފާއު ގަ ރައްޔިތުން ނިކުނަން އެބަ ޖެހޭ
ދޮންދަލޭކަ
16 November 2016
މިގައުމުގެ ކަންކަން ކޮންމެ ގޮތަކަށް ދިޔަޔަސް ވަރިހަމަވެގެން ތިބެނީ ރައްޔިތުންގެ ކަނޑުކޮސްކަމުން. ކިރިޔާވެސް ގޮތެއް ހުރި ބައެއްނަމަ، ގާސިމް ރައްޔިތުންނަށްޓަކާ އެވީ ގުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން ވެސް ގާސިމްގެ ދިފާއުގަ ނުކުންނާނެ.
ދޮންދަލޭކަ
16 November 2016
މިގައުމުގެ ކަންކަން ކޮންމެ ގޮތަކަށް ދިޔަޔަސް ވަރިހަމަވެގެން ތިބެނީ ރައްޔިތުންގެ ކަނޑުކޮސްކަމުން. ކިރިޔާވެސް ގޮތެއް ހުރި ބައެއްނަމަ، ގާސިމް ރައްޔިތުންނަށްޓަކާ އެވީ ގުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން ވެސް ގާސިމްގެ ދިފާއުގަ ނުކުންނާނެ.
ޅަދޮޅުފުއްލާ
16 November 2016
ބޮމް ހެދިމީހުންވެސް ބަންދުގައި ހުރި މުއްދަތުަ ހުކުމުގައި ހިމަނާފަ ދޫކޮށްލީ. ވީމާ މީގެދަށުން ގާސިމް ހުންނަންވާނީ ދޫކުރެވިފާ. ފުލުހުންވެސް ހުކުމަށް ތަބާވެ ދޫކުރަން 24 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަ ދުވަސް ނަގަނީ؟ ހީވާ ގޮތުަގައި މިހާރު ގާސިމް ހިފެހެއްޓިފައި ހުންނާނީ އެހެން ކަމެއްގައި ތުހުމަތުކޮށް ތަހުގީގުކުރަން.
ސިއްދީގު
16 November 2016
ގާސިމް ދޫކޮއްލައިފިއްޔާ އަދި މިއަށްވުރެ ބޮޑަށް މިކަންތަކުގެ ހަގީގަތް ފަޅާއަރާފާނެތީ ދޫކޮއްނުލާ ހިފެހެއްޓޭނެ ގޮތެއް އޮތްތޯ ބަލާނެ.
ޢަބްދުﷲނާފިޒު
16 November 2016
މާދަމާ ޤާސިމުގެ މައްޗަށް ކުރާނީ ޓެރަރިޒަމްގެ ދަޢުވާ ނޫންކަމެއްވެސް ނޭނގެ، ވެރިކަމުގަ މިތިބަ މީހުންނަކީ އެފަދަ ކަމެއްވެސް ނުކުރާނެ ބައެކޭ ބުނެވޭކަށް ނެތް...........
އުދުހޭ
16 November 2016
ބޮޑުމީހާ ކައިރި އަހާލާފަ ގާސިމަށް ގޮތެއް ނިންމަން މަޑުކުރަނީބާ؟ މިހާރު ގާސިމް ބަންދުގައި ބެހެއްޓޭނެ އެއްވެސް ގާނޫނީ ހަމައެއް އޮތްކަމަކަށް ނުފެނޭ.
ވޯލް
16 November 2016
މީނާގެ މައްޗަށް މިދައުވާ ކުރީ ކޮންބައެއްބާ؟ ދައުލަތުންބާ ނޫނީ ބޭންކް އިންބާ؟؟؟ މިއީ މަދަނީ މައްސަލައެއް. ސަބަބަކީ ބޭންކްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަ ކުރި މައްސަލައެއް. މީގައި އެންމެ ބޮޑުވެގެންވެސް ޤާސީމްގެ މައްޗަށް އެޅޭނީ ވަޒީފާގެ އެއްބަސްވުމާއި ހިލާފުވުމުން އެޅޭ ފިޔަވަޅެއް. ޖަލަށް ލާ ދައުވާކޮށް ދެންވެސް އޮތިއްޔާ އޮތް އަދަބެއް ދިނުމުގެ އިހްތިޔާރެއް ނޯންނާނެ ދައުލަތަކަށް. ބޭންކް އަށް މީގެން ގެއްލުމެއް ލިބިފައިވާނަމަ އޭގެ ބަދަލު ފައިސާއިން ނަގާދެވިދާނެ ކޯޓް މެދުވެރިކޮށް.
އެމްސް
16 November 2016
ބީއެމްއެލް ގަ، ކޮންމެ ފަދަ ނުބަޔެއްވެސް ހިނގާފާނެ ކަމާއި، އެކަމެއް ކުރާމީހަކަށްވުރެ އެވާހަކައެއް ދައްކާމީހާކަން ގޯސްވާނީ މިއޮތީ ފެނި ހާމަ ވެފަ
އަހްމަދު
16 November 2016
އަދިނިމޭނެހެނެއްހިއެއްނުވޭ. ތިޔަކަމުގެބާވަތުން ޓެރަރިޒަމްގެ ދައުވާވެސް ކޮށްފާނެ. .
އިންސާފު
16 November 2016
އަދިވެސް އޭނާ ހިފަހައްޓަނީތަ؟ ﷲ އަށް ބިރުވެތިވެ ޢަދުލު އިންސާފު މި ބިންމަތީގައި ޤާއިމްކޮށްބަލަ.
ގަބޭ
16 November 2016
މީ އަަދުލްވެރި ވެރިކަމެއް އޮތްތަނެއްނޫން، މިތާއޮތީ އަނިޔާވެރި ވެރިކަމެއް.
މީމުހާ
16 November 2016
ކޮމްމެވެސް ބަހަނާއެއް ދައްކައިގެން ބަންދުގައި ބަހައްޓާނެ. ޝައްކެއްވެސް ނެތް މިކަުމުގަ
ގަނިގޯނި
16 November 2016
ރީތި މީހެއް
ހޯހޯ
16 November 2016
ކަނބުލޯ އަދި 3 ޖާގަ އޮންނާނެ ކަމަށް ލަފާ ކުރެވެނީ