މި ރޯދަ މަހުގެ ފަހު 10 ގައި މާލޭގެ 23 މިސްކިތެއްގައި ދަމުނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ފަހު 10 ގައި ދަމުނަމާދުކުރަން ކަނޑައެޅި މިސްކިތްތަކުގެ ތެރޭގައި ވިލިމާލޭގެ ތިން މިސްކިތަކާއި ހުޅުމާލޭގެ ފަސް މިސްކިތެއް ހިމެނެ އެވެ.

މާލޭގައި ދަަމު ނަމާދުކުރާނެ މިސްކިތްތައް:

- އިސްލާމީ މަރުކަޒު

- މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ

- މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން

- މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލްއައްވަލް

- މަސްޖިދުއް ސުލްތާން ހަސަން އިއްޒުއްދީން

- މަސްޖިދު ސަލާހުއްދީން

- މަސްޖިދު ފުރުގާން

- މަސްޖިދު ޖަލާލުއްދީން

- މަސްޖިދުލް ނޫރު

- އިބްރާހިމީ މިސްކިތް

- މަސްޖިދުއް ޝަހީދު އަލީ

- މަސްޖިދު އިސްކަންދަރު

- މަސްޖިދު ޝަހީދު އަބްދުއްރަހްމާން (ފަނޑިޔާރު މިސްކިތް)

- މަސްޖިދުއް ސުލްތާން މުހައްމަދު އިމާދުއްދީން

- މަސްޖިދުއް ސުލްތާން މުހައްމަދު ޖަމީލް ދީދީ

އިސްލާމިކް މިނިސްޓްރީން ވަނީ ދަމުނަމާދުގެ އިތުރުން ފަހު 10 ގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ވެސް އާންމުކޮށްފަ އެވެ. އެގޮތުން މާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައި ވަނީ ހަތަރު މިސްކިތެކެވެ. އެއީ އިސްލާމީ މަރުކަޒާއި ފުރުގާން މިސްކިތާއި ޖަލާލުއްދީންް މިސްކިތާއި ޝަހީދު އަލީ މިސްކިތް އަދި މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ އެވެ.

އާންމު ގޮތެއްގައި ކޮންމެ ރޯދަމަހަކާ ދިމާކޮށް މާލޭގެ މިސްކިތްތަކަށް ބާރުބޮޑުވެ އެވެ. އަދި ފަހު 10 ގައި ފަރުޟު ނަމާދުތަކުގެ އިތުރުން ދަމުނަމާދަށް ވެސް ގިނަ ބަޔަކު މިސްކިތަށްދެ އެވެ.