މާލޭގެ ބޮޑުތަކުރުފާނު މަގުގެ ތާރު އެޅި ސަރަހައްްދު މިއަދު އާއްމުންނަށް ހުޅުވާލައިފި އެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ މައި މަގުގެ ގޮތުގައި ބޭނުންކުރަން ބޮޑުތަކުރުފާނު މަގުގެ ހުޅަނގު ކޮޅުން ކަޅުތުއްކަލާ ކޮށިން ފެށިގެން ޓްރެކް ދަނޑާ ހަމަ އަށް ވަނީ ތާރު އަޅައިފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔައީ އާއްމުންނަށް ނުވަދެވޭ ގޮތަށް އެތަން ބަންދު ކޮށްގެންނެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ސަރަހައްދު އާއްމުންނަށް ހުޅުވައިލީ މިހާރު ދިމާވަމުންދާ ޓްރެފިކް މައްސަލަތަކަށް ލުޔެއް ހޯދައިދޭން ކަމަށެވެ.

މާލޭގެ ގުދަންތަކާއި ވޯކްޝޮޕްތައް ބަދަލުކުރުމަށް ހަދާ އިންޑަސްޓްރިއަލް ވިލެޖުން 4.5 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. އެ މަޝްރޫއަށް ސަރުކާރުން 70 މިލިއަން ރުފިޔާ ހޭދަކުރެ އެވެ.

ބޮޑުތަކުރުފާނު މަގުގެ ތާރު އެޅި ސަރަހައްދު މިއަދު އާންމުންނަށް ހުޅުވާލާފައި.
ބޮޑުތަކުރުފާނު މަގުގެ ތާރު އެޅި ސަރަހައްދު މިއަދު އާންމުންނަށް ހުޅުވާލާފައި.

އިންޑަސްޓްރިއަލް ވިލެޖް ނިމުމުން، މާލެ ތެރޭގައި ކުރާ ސިނާއީ ބައެއް މަސައްކަތްތައް އެ ސަރަހައްދަށް ބަދަލުކުރާނެ އެވެ. އޭރުން މާލެ އަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބޮޑު ތަރުކުރުފާނު މަގުގެ ވަކި ސަރަހައްދެއްގައި ތާރު އެޅިއިރު، އެ މަގު ވަށައިގެން ތާރުއަޅަން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް އަދި ބަޔަކާ ހަވާލުނުކުރި ނަމަވެސް މި އަހަރު ތެރޭގައި މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.