މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ބޭއްވި ސުލްހަވެރި މުޒާހަރާގައި އަޑުއުފުލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
04 މެއި 2021 - 21:31
މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަ އާއި ގޯނާ ހުއްޓުވަން ގޮވާލައި، "ރައިޒްއަޕް އެމްވީ"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތައް ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ރާއްޖޭގެ ސިވިލް ސޮސައިޓީގެ އެހީ އަށް އެދި ގޮވާލައިފި އެވެ.
"ރައިޒްއަޕް މޫމެންޓް" އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއީ ޒުވާން އެކްޓިވިސްޓުންތަކެއް ގުޅިގެން އިންތިޒާމީ ގޮތެއްގައިި ހިންގާ ހަރަކާތެއް ކަަމަށާއި އެ މީހުން ކުރި މުޒާހަރާގައި ކުރިމަތިވި ފަދަ ހަރުކަށިކަމާ އަދިވެސް ކުރިމަތިލާން ތައްޔާރަަށް ތިބި ބައެއް ކަމަށެވެ. އެއީ ބަދަލެއް ގެނައުމަށްޓަކައި ތެދުވެ ތިބި ބައެއް ކަަމަށާއި (ފުލުހުން) އެމީހުންނާ ކުރިމަތިލި ހަރުކަށި ކަމަށް ބިރު ނުގަންނަ ކަަމަށް ވެސް ބުންޏެވެ.
"...އަޅުގަނޑުމެން މި ތިބީ ހަމަ އަނެއްކާ ވެސް އެ ހަރަކާތް ހިންގަން ތައްޔާރަށެވެ. ރޭޕާއި ޖިންސީ ގޯނާއަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދައުލަތުން ބަލައިގަންނަންދެންނެވެ،" ރައިޒްއަޕް މޫމެންޓުގެ ބަޔާނުގައި ބުންޏެވެ.
📝: Calling for Civil Society & International Community support for the movement against Sexual Abuse & Rape of Women & Children@amnestysasia @mg2411 @forum_asia @josefroy2 @EvaCanan @Pooja_ISHR @S_Asian_Rights @iolandajaquemet @mandira36 @pagossman @adshap @baburampant pic.twitter.com/z1B1tEZbX1
— #RiseUpMv ✊ (@MvRiseUp) May 4, 2021
މޭޑޭގައި [ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެެރިންގެ ދުވަހުގައ] ކުރި މުޒާހަރާ ރޫޅައިލުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ތަފްސީލުތަކާ އެކު އެކަމުގެ ކަންބޮޑުވުންތައް ވެސް އެ ބަޔާނުގައި ފާޅުކޮށްގައި ވެ އެވެ.
މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާ އަށް ނުކުތް މީހުންނަށް ވުރެ ގިނަ ފުލުހުން ރަޔަޓް ގިޔަރުގައި ގޮސް އެ މީހުންނާ ކުރިމަތިލައި ތަޅައި އަނިޔާކޮށް، ޕެޕަ ސްޕްރޭ ޖެހި ކަމަށާއި އެގޮތަށް ކަންތައް ކުރީ އަޑު އުފުލި ކަންތަކުގެ ބާވަތުން ކަމަށް ވެސް ރައިޒްއަޕް މޫވްމަންޓުން ބުންޏެވެ.
އެ ޖަމާއަތުން ކުރި އެ މުޒަހާރާ ރޫޅައިލުމުގައި ފުލުހުން އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައިވާތީ، އާއްމުން ވެސް ގެންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ތަހުގީގު ކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އަމުރުކުރައްވައިފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްްސް (އެޗްއާރްސީއެމް) އިން ވެސް ވަނީ އެކަން ތަހުގީގުކުރަން ފަށައިފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ވެސް ފުލުހުން، މުޒާހަރާގެ ބައިވެރިންގެ މޫނަށް ގަދަބާރުން ޕެޕާ ސްޕްރޭ ޖަހަން އުޅޭ ގޮތް ފެނެ އެވެ. އެކަމާ ގުޅިގެން އެތައް ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު އެޗްއާރުސީއެމުން ވަނީ އެ އެއްވުން ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންއެޑިއުކޭޓަޑް
05 May 2021
އިންޓަނޭށަނަލް ތަންތަން ޓެގު ކުރިއަސް އަދި ނުވާނެ ތިކަމެއް. އެމީހުން ފައިސާ ނުދޭނެ ހަމައެކަނި މުޒާހަރާ ކޮށް ހަޅޭއްލަވާކަށް. ފައިސާލިބޭނީ ކޮންމެވެސް ކަހަލަ އިންޕެކްޓެއް އަންނާނެ ޕްރޮޖެކްޓެއް ނުވަތަ ސްޓަޑީ އެއް ހަދަން ޕްރޮޕޯޒަލް ހަދައިގެން. އެކަމެއް ނުކުރެވޭނެ ނުކިޔާ ތިބި ނުހާތައް ލައިގެނެއް.
ނެފްރޯފާރޫ
05 May 2021
މިއީ އަސްލު މިމީހުން ގެ ބޭނުމަކީ އެންމެ ފުރަތަމަވެސް. މަޖީދީމަގު މެދުގަ އިށީނީމަ ފުލުހުން ދުރުކުރަން އަންނާނެ ކަން އެނގޭ. އައިމަ ގަދަ ދެއްކީމަ ބާރުގެ ބޭނުން ކުރާނެ ކަންވެސް އެނގޭ. އެވަގުތު ކޮޅުގެ ފޮޓޯއައި ވީޑިއޯ ބޭނުންވީ. އެ ލިބިއްޖެ. ދެން އެބޭނުންކޮއްގެން އިންޓަނޭށަނަލް އޯގަނައިޒޭށަން ތަކުން ފަންޑިން ހޯދާނީ. ހޯދީމަ އަތުން ފައިން މަސައްކަތްނުކޮށް ފައިސާ ލިބުނީ! ރިންސް އެންޑް ރިޕީޓް.
ތިންކް
05 May 2021
މީ ދެން މިހާރު އުޅޭ އެން މެ ބޮޑު ވޭރިއަންޓް. މީ މުޅިން އާވަށްތަރެއްގެ ބައެއް. ތި ތިބީކީ ހައްޤެއް ހޯދަން އުޅޭ ގޮތަކަށް ނޫން
މމއެހީތެރިޔާ
05 May 2021
އާދެ، އެހީ ބޭނުންވަނީ ކޭޝްކޮށް، ޑޮލަރުން އެއްތޯ. ހަމަ ޔަޤީންކޮށްލީ
ބޮޑު
05 May 2021
ފިރިހެނުން ފުރައްސާރައާއި ގޯނާ އަދި ގެވެށި އަނިޔާކުރާ އަންހެނުން މަދެއްނޫން. އަހަރެން އޮފީސްގަ އުޅޭ ޅަ ސޮރަކަށް ބޮޑެތި އަންހެނުން ބުނާ ޖިންސީ އެއްޗެހިން އޭނާ ރޯންވެސް ރުއި.
ރަޝީދާ
05 May 2021
ކަންބޮޑުވުން ފާޅުކުރީމަ އެޗްއާރސީއެމްގެ ޒިންމާ އަދާކުރެވުނީ؟
ުޔތރ
05 May 2021
އެނިމުނީ.. އެޗްއާރް ސީއެމްގެ އަމާޒަކީ ކޮންމެ މުޒާހަރާއަކަށް ކަންބޮޑުވުން ފާޅުކުރުން. "އަމާޒު" އަކީ ދައުލތުގެ ސިޔާސަތު. ދުނިދަނޑިއާ ދުންޔާ ލޮންސިން އަމާޒު ކުރެވޭނީ.
ޢަހުލާ
05 May 2021
މިމީހުންނާ ހެދި ކޮވިޑް ކޭސްތައް ގިނަވެގެންމިދަނީ. ކިހާބޮޑު އުނދަގުލެއްމީ. ޢަނގަޔާ އަތާ ދިމާނުވެ. ސްޓަންޓް ޖައްސަން އުޅޭބައެއްތީ
އަޒްކާ
05 May 2021
ކޮވިޑް ކޭސް ގިނަވެގެން ބިތުގަންނަނަމަ ތިޔަ ބޭފުޅާ ވަޑައިގެން ވޯޓު ކިޔުގަ އެކަކު އަނެކަކާ ޖެހިފިތިގެން ނުތިބޭނެ. ވޯޓުން ގިނަވި ކޭސް ތަކަކީ ބިރެއްނޫން. ރޭޕާ ދެކޮޅަށް ނުކުތީމަ ބިތުގަންނަނީ. ރޭޕާ ދެކޮޅުހެދީމަ އަނގައާ އަތާ ކޯޑިނޭޓް ނުކުރެވެނީ. މިއީ ބޮޑުވެގެންވީ އަރަތެއް...
ކަހީނު
05 May 2021
ނަމެއްކިޔާފަ މަގުތަކަށް ނުކުމެ މީހުންނަށް ދުއްޕާން ކުރިޔަސް ކަމަކުނުދާނެ. ރަސްފަންނުގަ ތިބެގެން މުޒާހަރާ ކުރިއިރު ފުލުހުން ހަރުކަށިވިތަ؟ ރޫޅާލަންޖެހޭނެ. ނޫނިއްޔާ އާއްމުން ނުކުމެ ރޫޅާލީމަ މާ ތާހިރެއްނުވާނެ. މަގުބަންދުވެގެން ދުއްވާ މީހުނަށް އުދަގުވެގެން ވެހިކަލްތަކުން ފައިބާ މުޒާހަރާ ރޫލަން އުޅުނީމަ މާ ނުރައްކާވާނެ. އެމީހުންގެ ޙައްގުތަކެއް ނޯވޭތަ. އެއްވާން ބޭނުމިއްޔާ ހައްޖައްދޭބަލަ.
އަރުތަ
05 May 2021
"އަޅުގަނޑުމެން މި ތިބީ ހަމަ އަނެއްކާ ވެސް އެ ހަރަކާތް ހިންގަން ތައްޔާރަށެވެ". އަޅުގަނޑުވެސް ތައްޔާރު، ސުލްހަވެރިކަމާއެކު ހިންގާނެ ކަމަށް އުއްމީދުކުރަން، ދުއްވާ ވެހިކަލްތަކަށް ދަތި ނުވާނޭހެން އެއްވުން އިންތިޒާމު ކުރީމަ ރޫޅާ ނުލާނެ، ކުރީރޭގެ އެއްވުން ރޫޅާލުމުގަ ފުލުހުންގެ އަމަލުތައް ކުށްވެރިކުރާހާލު ބުނެލަން އޮތީ، ސުލްހަވެރިކަމާއެކު ފުލުހުންގެ އެންގުންތަކަށް އެއްބާރުލުން ދީގެން ކުރިއަށް ގެންދާނަމަ ރޫޅަނުލާނެއޭ، ހަރަކާތް ކުރިއަށް ގެންދެވޭނެއޭ.
އަދޫ
04 May 2021
ކޮވިޑް ގިނަވެގެން ގޮސް މިހާރު މަސައްކަތުގެ މާހައުލުތައް އެބަ ރޫޅާލަދޭ ވަގުތީ ގޮތުން. އެހެންވީމަ އިހަށް މުޒާހަރާތައްވެސް ހުއްޓާލަންވީ ވަގުތީ ގޮތުން. މޫވްމަންޓް ރައިޒް އަޕް ކުރި ގޮތަށް އިހަށް ކުރު މުއްދަތަކަށް އެންމެންގެ ސަލާމަތަށްޓަކައި ޑައުންކޮށްލާ. ފަހުން ފަށާނީ އަނެއްކާ.