ޚަބަރު / ކޮވިޑް-19

ކޮވިޑް:19- ބޮޑަށް ބަލިފެތުރޭ ގައުމުތަކުން މީހުން އައުން ހުއްޓުވުން ރަނގަަޅު: ޑރ. މުހައްމަދު އަލީ

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިން ގައި ޑރ. މުހައްމަދު އަލީ ވާހަކަދައްްކަވަނީ. އޭނާ ވިދާޅުވީ ބޮޑަށް ބަލިފެތުރޭ ގައުމުތަކުން މީހުން އައުން ހުއްޓުވުން ރަނގަޅުކަމަށް. ފޮޓޯ: އެޗްއީއޯސީ

ކޮވިޑް-19 ރާއްޖެ އަށް އެތެރެވުމުގެ ފުރުސަތު އެންމެ ބޮޑު ގައުމުތަކުން އެ ބަލި ރާއްޖެ އަށް އައުމަށް އޮތް މަގު ބަންދުކުރުމަކީ މިހާރު އެޅިދާނެ ރަނގަޅު އެއް ފިޔަވަޅު ކަމަށް އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ރޭ ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، ގިނައިން ބަލި އަތުވެދާނެ ގައުމުތަކުން ބަލި އައުން [މީހުން އައުން] ހުއްޓުވުމަކީ އެހެން ބައެއް ގައުމުތަކުން ވެސް އެޅި ފިޔަވަޅެއް ކަމަށެވެ. އޭގެ މިސާލަކަށް އޭނާ ދެއްކެވީ އޮސްޓްރޭލިއާ އެވެ.

"އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ މިހާރަށް ކުރެވިދާނެ އެއް ކަމަކީ [ކޮވިޑް އެންމެ ބާރަށް ފެތުރޭ] އެއް ގައުމަކުން ނުވަތަ މިހާރު [ކޮވިޑް] އެންމެ ގިނަ އެއް ގައުމަކުން ރާއްޖެ އައުމަށް އޮންނަ މަގު ބަންދުކުރެވުން އެއީ އެއްކަންތައް،" އޭނާ ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުން ޑރ، މުހައްމަދު އަލީ ވިދާޅުވި އޮސްޓްރޭލިއާ އިން މިހާރު ނިންމާފައި ވަނީ ދުނިޔޭގައި މިހާރު އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރޭ އިންޑިއާ އިން މީހަކު އެތެރެވެއްޖެ ނަމަ އެ މީހަކު ފަސް އަހަރުގެ މުއްދަތަކަށް ޖަލު ލުމަށް ނުވަތަ 51،000 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އެކަމަކު، އެ ނިންމުން މި މަހުގެ 15 ގައި މުރާޖައާ ކުރަން އޮސްޓްރޭލިއާގެ ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

އޮސްޓްރޭލިއާ އިން ވަނީ އެ ގައުމުގެ ބޯޑަރު ވެސް މިވަގުތަށް އިންޑިއާ އަށް މަނާކޮށްފަ އެވެ.

އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ މިހާރަށް ކުރެވިދާނެ އެއް ކަމަކީ [ކޮވިޑް އެންމެ ބާރަށް ފެތުރޭ] އެއް ގައުމަކުން ނުވަތަ މިހާރު [ކޮވިޑް] އެންމެ ގިނަ އެއް ގައުމަކުން ރާއްޖެ އައުމަށް އޮންނަ މަގު ބަންދުކުރެވުން އެއީ އެއްކަންތައް،" ---ޑރ. މުހައްމަދު އަލީ

ރާއްޖޭގެ ބޯޑަރު ބަންދުކޮށް ލޮކްޑައުން އަކަށް ދާން ސިއްހީ މާހިރުން ކުރިން ލަފާދެއްވީ ޑރ. މުހައްމަދު އަލީ ވިދާޅުވިގޮތުގައި އޭރުގައި ވައިރަހާ ބެހޭ މައުލޫމާތު މަދުކަމުންނާއި ރާއްޖެ އަށްް ބަލި ފެތުރިއްޖެ ނަމަ މީހުން މަރުވާލެއް ގިނަވާނެ ކަމަށް ލަފާކުރެވިފައި އޮތުމުންނެވެ. ރާއްޖޭގައި ދުވާލަކު ސަތޭކައިން މީހުން މަރުވާނެ ކަމަށް އޭރުގައި ލަފާކުރެވުނީ ޗައިނާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކަންތައް ވަމުން ދިޔަ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭރުގައި ކޮވިޑް ޖެހޭ މީހުންނަށް ވަކި ފެސިލިޓީތަކެއްގައި ފަރުވާ ދެވޭނެ އިންތިޒާމެއް ވެސް ރާއްޖޭގައި ނެތް ކަމަށާއި އެހެންވެ ލޮކްޑައުންގެ އޭރުގެ އަމާޒަކަށް އޮތީ ތައްޔާރުވުން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ މީގެ ކުރިން ދުވަހަކު ވެސް މައްޗަށް ނުދާ ވަރަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން އިއްޔެ އާއި މިއަދު ވެސް އެބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 500 އަށް ވުރެ މަތީގަ އެވެ.

ހެެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ހަވީރު 6:00 އިން އިއްޔެގެ ހަވީރު 6:00 އަށް 4،552 މީހަކު ކޮވިޑަށް ޓެސްޓްކުރި އިރު އޭގެ ތެރެއިން 601 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެއާއެކު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 6،508 އެވެ. އެ ބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދަކީ 181 އެވެ.

24 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަހުރަބުޖިންނި

06 May 2021

ރޯދަމަހު ހުރިހާމީހުން ރޯދަވީއްލުން ތަކަށްދުވެ، އިރާކޮޅު ކެއުންތަކައް ގޮސްއުޅުނު އިރު ތިބޭފުޅުން ތިއްބެވީ ގަދަވެގެންވާ ނިންޖަކުން ނިދާފަ. މިހާރު މިބަލިމިފެތުރެނީ މުޅިގައުމުގަ. ތިބޭފުޅުން މިބަލިފެތުރުން ހުއްޓުވަން ވަކިންޙާއްސަ ކަމަކައް ކީއްތޯކުރީ؟ އަދިވެސް ބޯޑަރުބަންދުކުރަން ތިގޮވާލަނީ. ބަލިފެތުރެނީ މި ގަމުގެ އެތެރޭގަ. ބޯޑަރު ބަންދުކުރީމަ ބޮނޑި ބޮނޑި އައް ރޯދަވީއްލުންތަކަށާއި ކެއުންތަކައް ދިއުންހިއްޓޭނެތަ؟ބޯހަލާކު!

The name is already taken The name is available. Register?

އެއްދޮގު

05 May 2021

ތިބޭފުޅުން ހެއްދެވި އެއް ދޮގަކީ ބަލިވީމަ ނޫނީ މާސްކު ނޭޅުމަށް ދިން އިރުޝާދުތައް. އެގޮތަކީ ރައްކާތެރި ގޮތެއްގެ ގޮތުގައި ދޭހަވާގޮތަށް ވާހަކަ ދެއްކި. އެގޮތަށް ވާހަކަ ދެއްކީ ކީއްވެގެން ކަން ބުނެދީބަލަ؟

The name is already taken The name is available. Register?

ޢަހަ ހަންމާ

05 May 2021

ތިކަން ކުރަާނީ އަހަ ހަރަމެންތަ ނޫނީ ސަރުކާރުންތަ. މި ޑޮކުންވެސް ހާދަބިރެކޭ މި ގަނަނަނީ ސަރުކާރު ދެކެ. ބުނަން ބޭނުންވާ އެތި ނުބުނެވޭ

The name is already taken The name is available. Register?

ޙަބީބު

05 May 2021

ބޯޑަރު އަވަހައް ބަންދުކުރޭ އެއްވެސް ގައުމަކުން މީހަކު އައިސްގެންނުވާނެ މިދުވަސްކޮޅު ހަމައެކަނި ބޭރުގަ ތިބިދިވެހިން ގެންނަންވީ މޯލްޑިވިއަނުން ފުލައިޓެއް ބާއްވައިގެން ގެންނަމީހުން 14 ދުވަސް ކަރަންޓީނުވުމައް ރަނގަޅު އިންތިޒާމެއް ހަމަޖައްސާ ފަތުރުވެރިން މިވަގުތު އައުން އެކީއެކައް މަނާކުރަންވީ 5 މަސްދުވަހައް

The name is already taken The name is available. Register?

0987

05 May 2021

ކޮވިޑާ ބެހޭގޮތުން ސިއްހީމާހިރުން ދައްކާ ވާހަކަ އަރަތަކައް ވެއްޖެ. ކޮވިޑްގެ ނަން ބޭނުންކޮއްގެން ހާދަގިނަ މިޝަންތަކެއް މިހާރު ހިންގާލެވޭނެއޭދޯ އެކި ފަރާތްތައް ގުޅިގެން.

The name is already taken The name is available. Register?

ތުއްތުބޭ

05 May 2021

މިއަދު މި ގޯސްވީ ރައްޔިތުން. ބޮލުގާ އަޅުވަނީ ފަރުދީޒިންމާ. ރައްޔިތުން ސަރުކާރެއް ހޮވާފައިވަނީ ކުރުކޮށް ބުނަންޏާ، ރައްޔިތުންނަށް ފައިދާހުރި، ރަނގަޅު ކަންކަން ރައްޔިތުންނަށްޓަކާ ކުރުމަށް. އެހެންތޯ މިވަނީ. ފެންނަނީ އަމިއްލަ މަޞްލަޙަތު އިސްކުރާތަން

The name is already taken The name is available. Register?

ނޫސް ކިޔާމިހާ

05 May 2021

މި ސަރުކާރުން ހުސް މީހުން ކޮވިޑް އޭ ކިޔައިގެން ވެސް އެބަ ގުނާ.ފަތުރުވެރިން އަންނަނީ ރިސޯޓް ތަކަށް ވީމާ އެއްރިސޯޓުން އަނެއް ރިސޯޓަށް ނުދެވޭހެން ހަދާ އަދި ރިސޯޓް މުވަޒަފުން ލީއްވެ ނަގަންޏާ ޓެސްޓް ހަދާ.އެއް ވެސް ގައުމެއްގެ ފަތުރުވެރިން އައުމަށް ނުހުއްޓުވާ.އޮސްޓްރޭލިއާކީ އެއްފަސް ގައުމެއް ނަމަވެސް ރާއްޖެ އަކީ ވަކި ރަށްތަކެއް އޮތް ގައުމެއް އެހެންވެ ފަތުރުވެެރިން އައުމުން ނުރައްކަލެއް ނެތް

The name is already taken The name is available. Register?

ޑޮކޫ

05 May 2021

ރަގަޅަކަސް ނުވާނެނު ތިކަމެއް. އާއްމުން އަޑުއަހާލާފަ ރުޅި އައިސްގެން ކޮމެންޓް ކުރިއަސް މައިސަރުކާރާ ހަމައަށް ތިޔަ ކަހަލަ ވާހަކައެއް ގެންދާނެހާ ހިތްވަރެއް މިތާ ނުހުންނާނެ. އިންޑިއާގެ އެތައް ފިލްމީ ތަރިންނެއް މިގައުމަށް އައިސް ރާއްޖެއަށް އެހާ ބޮޑު އިޝްތިހާރެއްކޮށްދީ ހެދުމުން އެކަމާ ހިތްނުރުހުނު އެތައް ބައެއްގެ އެސްފީނާއާ ބަދުދުއާ ޖެހިފަ އޮތްހެން މިހާރު ހީވަނީ.

The name is already taken The name is available. Register?

ކޮމެންޓޭ1

05 May 2021

ނޫނޭ ގެންނަންވީ އެހެން ގައުމުތަކަށް ނުދެވޭތީ މިތާ ކަރަންޓީނު ކުރަން އެބޭކަލުން އަދިވެސް ގެންނަންވީ. ހުރިހާ ކަމެއް ހަމަވީމަ އދިވެސް ތިއުޅެނީ ނަންކިޔަންވެސް ނުކެރިގެން. އެހެންވީމަ އެނގޭތާ ކަލޭމެންނަށް މިކަން ނުހުއްޓެވުނީ ދަށުވެފަ ތިބި މިނިވަންކަމެއް ނެތް ބައެއްވީމަކަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

05 May 2021

ޤައުމު ހިންގާން ސަރުކާރެއް ހޮވާފައި އޮންނަނީ މިފަދަ ކަންކަން މެނޭޖް ކުރުމަކަށް ނޫންތޯ؟ ކޮވިޑްގެ ހާލަތުގައި ސަރުކާރުން "ރައްޔިތުންގެ ބޮލަށް ކަންކަން ކަޑާލަން އުޅުމަކީ" ވަރަށް ދެރަކަމެއް. # ސިއްޙީ ދާއިރާގެ ބޭފުޅުންވެސް މިކަމުގައި ތަންކޮޅެއް ހަރުދަނާ ސްޓޭންޑެއްގައި ތިއްބެވުން ރަނގަޅު. ޑޮކްޓަރުންނަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ Wasting Time is worse the Death. ފަދަ ކަމެއްކަން. ދެންވެސް ވަގުތު ބޭކާރުކޮށް ނުލައްވާ މައްސަލައާއި ކުރިމަތިލައްވަވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454