ގާސިމް ދޫކޮށްލުމުން ޖަލު ބޭރުގައި:- ފޮޓޯ/ނާޒިމް ސައްތާރު
17 ނޮވެމްބަރ 2016 - 15:37
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް އާންމު ކުރި މައްސަލައިގައި ގާސިމް އަބްދުލްކަރީމް އަށް މަހަށް ޖަލަށް ލުމަށް، މިދިޔަ އަންގާރަ ދުވަހު ހުކުމް ކުރި އިރު ވެސް އެ މުއްދަތު ހަމަވެފައިވާތީ އޭނާ މިއަދު މިނިވަން ކޮށް ދޫކޮށްލައިފި އެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ހައްޔަރު ކުރި ގާސިމް އަށް މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭރު ވެސް އޭނާ ބަންދުކޮށްފައި ހުންނަތާ އަށް މަހާއި 12 ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ގާސިމް ހައްޔަރު ކުރުމަށް ފަހު އެންމެ ފުރަތަމަ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޭގެ ފަހުން ޖޫން މަހުން ފެށިގެން ހުރީ ގޭ ބަންދަށް ބަދަލު ކޮށްފަ އެވެ. އަދި އަންގާރަ ދުވަހު އޭނާގެ މައްޗަށް ހުކުމް ކުރުމާ ގުޅިގެން އިއްޔެ އޭނާ ކަރެކްޝަަނަލް ސާވިސްގެ ބެލުމުގެ ދަށުން މާލޭ ޖަލަށް ބަދަލު ކުރި އެވެ. އޭނާ މިނިވަންކޮށް ދޫކޮށްލީ މިއަދު އެވެ.
ކުރިން ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރަކަށް ހުރި ގާސިމްގެ މައްޗަށް އެ ހުކުމް އައީ އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާ އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ދައުރު ކުރި ގޮތުގެ ބޭންކް ސްޓޭޓްމަންޓް އާންމު ކުރުމުންނެވެ.
އެ މައްސަލާގައި ގާސިމަށް އުފުލި ދެ ދައުވާ ސާބިތުވެ، ޖުމްލަ އަށް މަހާއި 12 ދުވަހަށް ޖަލަށްލާން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރި އިރު އޭނާ ބަންދުގައި ހުންނަތާ އަށް މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ގާސިމް ދޫކޮށްލީ ބަންދުގައި ހުންނަ މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރަންޖެހޭތީ އެ މުއްދަތު އުނި ކުރުމުން އޭނާ އިތުރަށް ޖަލުގައި ހުންނަންޖެހޭ މުއްދަތެއް ނެތުމުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ގާސިމް ހައްޔަރުކޮށް، ހަތަރު މަހެއްހާ ދުވަސް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ ޖުލައި މަހުން ފެށިގެން ހުކުމް ކުރުމާ ހަމައަށް އޭނާ ހުރީ ގޭ ބަންދުގަ އެވެ.
ގާސިމަށް އެ ހުކުމް އައިއިރު ބޮޑު ޚިޔާނާތެއްގެ މައުލޫމާތު އާންމު ކުރުމުގައި އޭނާ އަމަލުކުރި ގޮތުން ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން އެވޯޑަށް އޭނާ ވަނީ ނޮމިނޭޓްވެފަ އެވެ. އެ އެވޯޑް ލިބޭނެ ފަރާތެއް އަންނަ މަހު އިއުލާން ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިއާ
18 November 2016
ކޮބާތަ މިތާގަ ކޮމެންޓް ކުރާ ފްލޯލެސް، އޯސަމް އެން ބިއުޓިފުލް ޑާޑާޑާޑާ؟ ކަލޯ ފެނޭދޯ ބިއުޓިފުލް ކަންތައްތައް.
ރަންރީދޫ ޓުވިޓަރޭ
18 November 2016
މަޖިލީހައް ކުރިމަތިލާތި.....!!!!!! މަ ބުނާނެ ވާހަކަ އެއް ނެތް.
ޝިފް
18 November 2016
ހީވީ ހަމަ އަމިއްލަ ބޭބެއަކު މިނިވަން ވީހެން. އައި ސެލިއުޓް ޔޫ.ބްރަދާރ. ޔޫ އާރ ސޯ ބްރޭވް.ދިވެހި ދިދަ ވިހުރަންވީ މި ބޭފުޅާޔަށް ރަށަށް ވަޑައި ގަންނަވާ ދުވަހު.
ސާބަސް
17 November 2016
ގާސިމް ތިޔައީ ގައުމުގެ ބަތަލެއް، ހިއްވަރު ކުރޭ އަދިވެސް ގައުމަށް ޢައްދާރު ވާމީހުންގެ މައުލޫމާތު ހާމަކޮށްދިނުން އެދެން،
ނެޝަނަލިސްޓް
17 November 2016
މިއީ އުފާވި ކަމެއް! ނަމަވެސް ގާސިމަކީ ބަންދު ކުރެވިގެން ވާނެ މީފެއް ނޫން!
ބްލޫޒް
17 November 2016
އަލްހަމްދުލިއްލާހި
ޢަބްދުﷲނާފިޒު
17 November 2016
ޕޮއް. އެންމެ ފަހުން ހަމަ ދޫކޮށްލަން ޖެހުނީ ދެއްތޮ.
ހަސަނު
17 November 2016
ހުކުމް ކުރި ދުވަހާ އޭނާ ދޫކޮށްލި ދުވަހާ އެބަ ހުރި ދެދުވަހެއްގެ ފަރަގު.. އެ ދެ ދުވަހަކީ ގާސިމް ޣައިރު ގާނޫނީކޮށް ހައްޔަރުކޮށްގެނ ގެންގުޅުނު ދެދުވަސް.. އެ ކަން ކުރި ބަޔަކު ގާވަނީ ގާސިމް ހައިޖެކްކޮށްފަ.. އެބަޔަކާ ދެކޮލަށް ޓެރެރިޒަމްގެ ދައުވާ ކުރަންޖެހޭ،،
އަހުމަދު
17 November 2016
ކުޅުނީ ޑްރާމާ އެކެވެ.
ސްނޯޑަން
17 November 2016
ތިޔައީ ހީރޯއެެއް، ސެލިއުޓް ކުރަން.