ރާއްޖެއިން ކޮވިޑް-19 ގައި އިތުރު މީހަކު އިއްޔެ މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ ރޭ 11:53 ހާއިރު މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިލާފައި ފަރުވާދެމުންް އައި ދިވެހި އަންހެނަކު ކަމަށެވެ.

އުމުރުން 63 އަހަރުގެ އެ މީހާއާއެކު އިއްޔެ ފަސް މީހަކު ބަލީގައި މަރުވެފައިވެ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ތިން މީހަކު އިއްޔެ މަރުވި އެވެ. ރޭ ދަންވަރު 2:24 ގައި މަރުވި 64 އަހަރުގެ ފިރިހެންމީހާ އާއި ހެނދުނު 6:30 ގައި 86 އަހަރުގެ މީހެއް އަދި ހެނދުނު 9:30 ގައި 86 އަހަރުގެ އަންހެނަކު މަރުވެފައިވެ އެވެ. އަދި އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ އުމުރުން 78 އަހަރުގެ ފިރިހެނަކު މެންދުރު 12:48 ހާއިރު މަރުވެފައިވެ އެވެ.

މި ފަސް މަރާއެކު މި މަހު އެކަނި ވެސް ކޮވިޑްގައި 19 މީހަކު މަރުވެފައިވެ އެވެ.

ރާއްޖެއިން އެބަލީގަައި މަރުވި މީހުންގެ ޖުމުލަ އަދަދަކީ މިހާރު 92 އެކެވެ.

ކޮވިޑުގައި މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން މަރުވީ މި މަހުގެ ހަ ވަނަ ދުވަހާއި އިއްޔެ އެވެ. އެ ދެ ދުވަހު ވެސް ފަސް މީހުން މަރުވި އެވެ.

ރާއްޖެއިންް ކޮންމެ ދުވަަހަކު ފެންނަ ކޮވިޑްގެ ކޭސްތަައް އިތުރުވެފައިވާއިރު އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުން ވެސް ދަނީ އިތުރުވަމުންނެވެ.