ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ރާއްޖެއިން މިއަދު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު މަރުވީ 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ އެ ބަލީގައި މިއަދު ރާއްޖެއިން މަރުވި ތިން ވަނަ މީހާ އެވެ.
ރޭ މެންދަމު ވެސް އެ ބަލީގައި ދިވެއްސަކު މަރުވެފައިވާއިރު، ރޭ ފަތިިހު ވެސް އިތުރު މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 ގައި 97 މީހަކު މިހާތަނަށް ރާއްޖެއިން މަރުވެފައިވާއިރު، އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.