ޚަބަރު / އިންޓަނެޓް

އިންޓަނެޓުގެ ހެޔޮ އަގުތައް މާދަމާ އިއުލާން ކުރަނީ

ސަރުކާރުން ވަނީ މާދަމާ އިންޓަނެޓުގެ އަގުހެޔޮކޮށް އަގުތައް އިއުލާނު ކުރަން ނިންމައިފަ---

އިންޓަނެޓުގެ އަގު ހެޔޮކޮށް، އާ އަގުތަށް މާދަމާ އިއުލާން ކުރަން ސަރުކާރުން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި، އާ އަގުތައް އިއުލާން ކުރާނީ މާދަމާ އޮންލައިންކޮށް ބާއްވާ ރަސްމިއްޔާތެއްގަ އެވެ. އެކަމާ ގުޅޭ އެއްވެސް ތަފުސީލެއް ސަަރުކާރުން އަދި އާންމެއް ނުކުރެ އެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަށްޓަކައި ކަމާ ބެހޭ ބައެއް އިދާރާތަކުން މި މަހުގެ ފުރަތަމަ ދުވަހު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި ކަމާ ބެހޭ އިސް ބޭފުޅުންނާއި ފަންނީ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

އެނގިފައިވާ ގޮތުގައި އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށް ބަދަލު ގެންނަން އެއްބަސްވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، މިހާރު ތިބި އޮޕަރޭޓަރުންގެ އިތުރުން އެހެން އޮޕަރޭޓަރުންނަށް ފުރުސަތު ނުދޭ ގޮތަށެވެ. އަދި މި މުއްދަތަށް ފަހު އަލުން އަގުތައް މުރާޖައާ ކުރުމަކީ ސަރުކާރާއި އޮޕަރޭޓަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމަށް ވެ އެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ. މިއީ ފިކްސް ބްރޯޑްބޭންޑަށް އެކަނި ކަނޑައަޅާ ގޮތެވެ.

އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ، މި ސަރުކާރު ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. ސަރުކާރަށް ތިން އަހަރު ވާއިރު ވެސް އިންޓަނެޓްގެ އަގަށް ބަދަލު އައިސްފައި ނުވާތީ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

އިންޓަނެޓުގެ އަގުހެޔޮ ކުރުން ވަރަށް ބޮޑު މައުލޫއަކަށްވެ، އެ މައްސަލަ ހުއްޖަތަކަށް ނަގައިގެން، ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހަންމަދު މަލީހު ޖަމާލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، މިދިޔަ މާޗް މަހު މަގާމުން ވަނީ ބޭރުކޮށްލައިފަ އެވެ. ނަމަވެސް އޭނާ ވިދާޅުވަމުން ގެންދެވީ، އިންޓަނެޓްގެ އަގުހެޔޮ ކުރުމާ ބެހޭ ހުރިހާ ކަމެއް ނިންމައި، ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަމުގެ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގައި ކަމަށް މަލީހް ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މަލީހް މިހާރު ތުހުމަތު ކުރައްވާ ގޮތުގައި އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ އެންމެ ބޮޑު ހުރަހަކަށް ވެފައި ވަނީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއާ މި މަހުގެ 5 ގައި ހަވާލުވެވަޑައިގެންނެވި، ރައީސް އޮފީހުގެ ކުރީގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އެވެ. އިންޓަނެޓުގެ އަގުހެޔޮކުރުމާ ގުޅޭ ކަންކަން ރައީސް އޮފީހުން ނިންމުމުގައި އިސް ދައުރެއް އަދާކުރީ އެ ތަނުގެ ޕޮލިސީ ސެކްޝަން ކަމަށް ވުމުން ލަސްވުމުގެ ޒިންމާ ވެސް ނަންގަވަން ޖެހެނީ ޝައުނާ ކަމަށް މަލީހް ދެކެވަޑައިގަންނަވަ އެވެ.

46 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 11%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޤަޓު

24 May 2021

މިވީ ގޮތް ބަލަމާ. މިހާރު 350 ރު އަށް ލިބެނީ 40ޖީބީ. 10ޖީބީ މަދުމިވީ 100 ރުފިޔާ ވެސް މަދުވީޔޯ. އެކަމް ދުވާލަކަށް ޖީބީ އެއް ނުވާނެ ކަން ސްމާޓު އާލާތް ގެންގުޅޭ އެންމެން ވެސްދަނޭ. ދެން މިޖެނީ "15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޔޯ" ކޮންތާކު މިޖެހުނީ 150 ރުފިޔާ އިތުރަށް ދައްކަން މިޖެހެނީ އިތުރަށް ނުލިބޭ ލާރިޔަކަށް. ސުޕީޑުގެ ވާހަކަ ނުދައްކަމާ، މިހާރުވެސް ވަންއެމްބީޕީއެސް އޯ! އެކަމް ޖީމީޓަށް ވަދެވުނިއްޔާ އަޑެއް ނާދޭ. ގަޓު ހުރިއްޔާ 250ޖީދެއްވާ

The name is already taken The name is available. Register?

ކަކުނިބޮ

24 May 2021

ޢަހަރެމެން ތިއަގެއްބޭނުމެއްނޫން ބޭނުމީ ސްޓަރލިންކް ޝުކިރިއްޔާ

The name is already taken The name is available. Register?

ކަންމަތީ ޕާޓޭ

24 May 2021

ރައީސް އޮފީހުގެ ކުރީގެ ޕޮލިސީ ސެކެޓަރީއަށް ކޮށްދެވޭ ކަމަކީ ހަމައެކަނި 50 ރުފިޔާ ޕެކޭޖުތަކުން ކުޑަކޮށްދިނުން؟ ދުނިޔޭގެ އެހެން ގައުމުތަކުގެ ޕޮލިސީއަކީ ރައްޔިތުންނަށް ގިގަސްޕީޑުގައި އިންޓަނެޓް ދިނުން. އޭރުން ކޮންމެވެސް ޒުވާނެއް އިންޓަނެޓަށް ވަދެފަ ނުނިކުމެވިގެން އުޅޭ ގަޑީގައި ފޭސްބުކް ނޫނީ ޓިކްޓޮކް ކަހަލަ އެއްޗެއް ހަދާލަފާނެ. ދެން އެގައުމަކަށް ބިލިއަނުން ފައިސާ ވަންނާނެ. މިތާގައި މިއޮތީ ރައްޔިތުން ފެލައިގެން ލިބޭ ފައިސާ އިސްރާފުކޮށް ބަދަލުދިނުން

The name is already taken The name is available. Register?

2000

23 May 2021

މާދަމާ އިއުލާން ހެޔޮ އަގު. އަސްލު އިންޓަނެޓް އަގު ހެޔޮ ކުރަނީ އަދި 3 އަހަރު ފަހުން ދޯ އެއީ 2023ގައި ވެރިކަން ލިބުނިއްޔާ

The name is already taken The name is available. Register?

ކަމަނަ ގޯތީ އާދަނު

23 May 2021

ތިއީ އަމާ ބުނީތީ ފަރަށްދާ އުސޫލުން އަގުހެޔޮކޮށްދީފީމޭ ބުނަންވެގެން ކުރާކަމެއް. މިހާރުވެސް ދިރާގާއި އުރީދޫއިން ގާތްގަނޑަކަށް 500 ރުފިޔާއަށް 15 މބޕސ ލިބޭ. 100 ވަރަކަށް ޖީބީ ވެސް ލިބޭ. 750ރ އަށް މިހާރުވެސް 25 މބޕސ ލިބޭ. އެހެންވީމާ ތްރޮޓޮލްވާ ސްޕީޑު ކުޑަ ތަންކޮޅެއް މައްޗަށް ދިއުން ނޫނީ ތިއަގަށް އައި މާބޮޑު ބަދަލެއް ނެތް. ޒުވާނުން އިބޫއަށް ވޯޓުދިނީ ނަމެއްގައި އިންޓަނެޓު އަގުހެޔޮކުރާކަށް ނޫން. އަގުހެޔޮކުރާނަމޭ ބުނީމާ ވޯޓު ދިނީ.

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

23 May 2021

[ދެވަނަބައި] ހެދުނު އެއްވެސް ޕޮލިސީއެއްގައި މިކަމަށް އެޑްރެސްކޮށްފައި ނެތެވެ. މިގޮތަށް ސަރވިސް ޕޮރޮވައިޑަރސްއަށް ފިއްތައިގެން އަދި ދަނޑިމާރު އަޅައިގެން ޚިދުމަތް ދޭނަމަ ދެވޭ ޚިދުމަތުގެ ކޮލެޓީ ދައްވެ އަދި ޚިދުމަތް ޒަމާނާއި އެއްގޮތަށް ތަރައްގީވުން ހުއްޓިދާނެއެވެ. ވަޢުދުތައް ކުރިއަސް ކުރަންވާނީ ވަޢުދު ފުއްދޭވަރަށް، ވަޢުދަކުން ކުރެވޭ ނުފުދި މީހާ ދަރައި ނުވިކޭވަރަށް،

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

23 May 2021

[ފުރަތަމަބައި]ވަޢުދޭ ވިދާޅުވެ ވެރިކަމަށް އަންނާން ދައްކާވަހަކައެވެ. މިހާރު އަޅުގަނޑުމެންގެ ސަރވިސް ޕޮރޮވައިޑަރސްތައް އޮޕަރޭޓް ކުރައްވާގޮތުން ރާއްޖޭގައި އިންޓަރނޭޓަށް ނަގާ މަހުފީ ސީދާ ގުޅެނީ އާބާދީގެ ނިސްބަތާއެވެ. މިހެން ކަންއޮތުމުން އަގު ހެޔޮކުރެވޭނެ ދެމެހެއްޓެނިވި ޙައްލަކަށްވާނީ މަލްޓި-ހޯމް ބީޖިޕީ ޚިދުމަތްތުގެ ތެރެއިން އިތުރު ފައިބާރއެއް ސިންގަޕޯރ ފަދަ ޤައުމަކަށް އަޅައި އެހެން ޤައުމުތަކުގެ ޓްރެފިކް އަޅުގަނޑުމެން ޕޮރޮސެސް ކޮށްދީގެންނެވެ.

The name is already taken The name is available. Register?

މައިމޫ

23 May 2021

އަގުހެޔޮ ކުރީމަ ދެން އިންނަން ޖެހޭނީ ކެސެޓްރޯލެއްގެ ހެޑަށް އޮޅިއޮޅިޔެއް ނޫން !

The name is already taken The name is available. Register?

1828

23 May 2021

މޯބައިލް ޑާޓާގެ އަގު ހެޔޮ ނުކުރެވޭ ކަމަށްވަނީ ނަމަ މިއީ އާދައިގެ ގިނަ ރައްޔިތުންނަށް ކުރާ މަލާމާތަކަށް ނުވެ ނުވެނުދާނެ.

The name is already taken The name is available. Register?

މަސްކު މެލަން

23 May 2021

ބޭންޑްވިތް ލިމިޓް އުވާލާށޭ. ތިޔަ ތިން ކުންފުނިން ބައި އަޅާބައެއް ޓެލެކޮމްގަ ތިބީ. ޝައުނާއަށް ނުވަންޏާ އިސްތިއުފާދީ! ދިރާގާ އޫރިދޫ ބުނިހާ ގޮތެއް ހަދާކަށް ނުޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454