ޕާކިސްތާނުގައި ހުރި، އިންޑިއާގެ ދެ ލެޖެންޑުން ކަމަންވާ ރާޖް ކަޕޫރާއި ދިލިޕް ކުމާރުގެ އާއިލީ ގެތައް ސަރުކާރުން ގަނެ، އެ ގެތައް ދާރުލްއާސާރުތަކަކަށް ބަދަލުކުރަން ނިންމައިފި އެވެ.
މީގެ ކުރިން އެކި ފަހަރު މަތިން މައްސަލަ ވެސް ހޫނުވެފައިޒާ ޒަމާންވީ ދެ ގެ މިއުޒިއަމަށް ބަދަލުކުރަން ޚައިބަރު ޕަޚްތުންޚުވާގެ ޕްރޮވިންޝަލް ސަރުކާރުން ނިންމީ މި މަހުގެ 1 ވަނަ ދުވަހު އެވެ. މިގޮތަށް ނިންމި އިރު އެ ގެތައް ވިއްކާލުމާ ދެކޮޅަށް ކުރިން ހުށަހެޅި މައްސަލަތަކެއް ޕިޝާވަރު ޑިސްޓްކްރިޓް ކޮމިޝަނަރު ބާތިލް ވެސް ކޮށްފައިވެ އެވެ.
ޕާކިސްތާނުގެ ކޮމިއުނިކޭޝަން އެންޑް ވޯކްސް ޑިޕާޓްމަންޓުން ބުނި ގޮތުގައި ޕާކިސްތާނުގައި ހުރި ރާޖްގެ ގޭގެ އަގަކީ 150,00,000 ރުޕީސް އެވެ. އަދި ދިލިޕްގެ ގޭގެ އަގު 8،056,000 ރުޕީސް އަށް އަރަ އެވެ. ކުރިން ބުނެފައިވާ ގޮތުގައި ރާޖްގެ ގޭގެ އަގު 200 ކްރޯޑު ރުޕީސް އަށް އަރާ އިރު، ދިލިޕްގެ ގޭގެ އަގު 25 ކްރޯޑް ރުޕީސް އަށް އަރަ އެވެ.
ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ އާއިލާގެ މައި ތަނބު ކަމަށްވާ ރާޖް މަރުވީ 1988 ގަ އެވެ. އަދި އުމުރުން މިހާރު 98 އަހަރުގެ ދިލިޕަކީ ބަލިކަމުން ތަންމަތީގައި އޮންނަ މީހެކެވެ.
ޕާކިސްތާނުގެ ގިއްސާ ޚުވާނީ ބާޒާރުގައި ހުރި ދިލިޕާއި ރާޖްގެ ގެތަކަކީ އިންޑިއާ އަށް 1947 ގައި މިނިވަންކަން ލިބުމުގެ ކުރިން ގައުމު ފަޅިފަޅިވެ ޕާކިސްތާން އުފެދުމުގެ ކުރިން އެ މީހުންގެ އާއިލާތައް ދިރިއުޅުނު ކާބަފައިންގެ ގެތަކެވެ.
އެ މީހުންގެ ގެތައް ސަރުކާރަށް ގަނެ، ދާރުލްއާސާރުތަކަކަށް ބަދަލުކުރަން ނިންމި އިރު، ދިލިޕްގެ ގެ އަކީ ޚާޖީ ލާލު މުހައްމަދު 2005 ގައި 51 ކްރޯޑް ރުޕީސް އަށް ގަނެފައިވާ އެކެކެވެ. ރާޖްގެ ގެ ހަވޭލީގެ ވެރިޔަކީ އަލީ ގާދިރު ކިޔާ މީހެކެވެ.
ދެ ގެ އަކީ ވެސް ޕާކިސްތާނުން 2014 ގައި ގައުމީ ތަރިކައިގެ ގޮތުގައި ހިމަނާފައިވާ ދެ ގެ އެވެ.