މަސްއޫދަށް ހަމަލާދޭ ވީޑިއޯގެ ސްކްރީންޝޮޓެއް--
04 އޯގަސްޓް 2021 - 10:10
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ހަމަލާދީ ރޭ ޒަހަމްކޮށްލައިފި އެވެ.
ލ. ފޮނަދޫގައި އާއިލާއާއެކު ދިރިއުޅުއްވާ މަސްއޫދު "މިހާރު" އަށް މިއަދު ވިދާޅުވީ، ހަމަލަދިނީ އަނބިކަނބަލުންނާއެކު ރަށުގެ ބޯޅަދަނޑު ކައިރިން ސައިކަލްގައި ރޭ ނުވައެއް ޖަހާކަންހާއިރު ވަޑައިގަންނަވަނިކޮށް ކަމަށެވެ.
މަސްއޫދުގެ ކާރުގައި ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ރޯކޮށްލާފައިވާއިރު، އޭނާ ވިދާޅުވި ގޮތުގައި ރޭ ހަމަލަދިނީ ވެސް ކާރު ރޯކޮށްލި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ އެވެ. އެ މައްސަލައިގެ ތަހުގީގު އަދިވެސް ފޮނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް އެބަގެންދެ އެވެ.
"އަންހެނުންނާއެކު ސައިކަލްގައި ދަނިކޮށް، އަންހެނުން ބުނެފި އެ މީހާ އަޑުގަދަ ކުރަމުން ފަހަތުން އެބައާދެއޭ. އެ ހިސާބުން އަހަރެން ބުނިން ފޯނުން ވީޑިއޯ ކުރާށޭ. އަހަރެންގެ ސައިކަލާ އަރާ ހަމަކޮށްފައި އޭނާގެ އަތުގައި އޮތް ދަގަނޑުބުރިއަކުން ބޮލުގައި ޖަހަން ދިމާކުރިތަނާ ދިފާއުވާން އަތް ނެގީމާ އަހަރެންގެ އަތުގައި ޖެހުނީ،" މަސްއޫދު ވިދާޅުވި އެވެ.
މި ހާދިސާގައި އޭނާގެ އަތް ފަޅައިގެން ދިއުމުން ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު މިހާރު ހާލު ރަނގަޅު ކަމަށް މަސްއޫދު ވިދާޅުވި އެވެ.
އަހަރެންނަށް ރަށުން ފުރައިގެން ވެސް ދެވިދާނެ. އެކަމަކު އަހަރެންގެ ވިޔަފާރި އާއި މުވައްޒަފުން މި ތަނުގައި އެބަތިބި. މާދަމާ އަހަރެންގެ މުދާތަކަށާއި މުވައްޒަފުންނަށް ދީފާނެ ގެއްލުމަކުން އަދި ސަލާމަތެއް ނުވޭ ފުރައިގެން ދިޔަކަސް."--- މަސްއޫދު
އޭނާ އަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑީއޯ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާއިރު، ހަމަލަދޭ ވަގުތު މަސްއޫދުގެ އަނބިކަނބަލުން ބިރުން އަޑުގަދަ ކުރައްވާ އަޑު ވެސް އިވެ އެވެ.
ފުލުހުން މިއަދު ބުނީ ދަގަނޑު ބުރިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައެއް ރޭ 9:15 ހާއިރު ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރު 2:20 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
DhiFm Ge Kureege CEO Masood Ah Hamalaa Dhee Zahamkohlaifi
— #MvCrisis (@MvCrisis) August 3, 2021
Ithuru mauloomaathu: https://t.co/W6ScdKn44u pic.twitter.com/X78bfw3jov
މަސްއޫދަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯ
މަސްއޫދު ވިދާޅުވިގޮތުގައި އެ މީހާ ވަނީ އޭނާ އާއި އަނބިކަނބަލުންނަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން އިންޒާރު ދީފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ދެ ފަހަރަށް އޭނާ އަށް އިންޒާރު ދީފައިވާއިރު، ފޮނަދޫ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅި ނަމަވެސް މައްސަލަ ނިމުނީ ސާބިތު ނުވެގެންނެވެ.
"މިހާރު ރަށުގައި އުޅެން ޖެހިފައި މި އޮތީ މި ބިރުވެރިކަމުގެ ތެރޭގައި. މަގުމަތިން ފެންނަ ފަހަރަކު އޭނާ އިންޒާރު ނުދޭ ފަހަރެއް މަދުވާނެ. އެންމެ ފަހުން އަހަރެންނަށް ހަމަލަދޭ ހިސާބަށް ދިޔައީމާ އިތުރަށް ސީރިއަސް ހިސާބަކަށް މި ދިޔައީ. ކާރުގައި ރޯކުރި މައްސަލަ އަދިވެސް ނުނިމޭ،" ކަންބޮޑުވުމާއެކު މަސްއޫދު ވިދާޅުވި އެވެ.
"އަހަރެންނަށް ރަށުން ފުރައިގެން ވެސް ދެވިދާނެ. އެކަމަކު އަހަރެންގެ ވިޔަފާރި އާއި މުވައްޒަފުން މި ތަނުގައި އެބަތިބި. މާދަމާ އަހަރެންގެ މުދާތަކަށާއި މުވައްޒަފުންނަށް ދީފާނެ ގެއްލުމަކުން އަދި ސަލާމަތެއް ނުވޭ ފުރައިގެން ދިޔަކަސް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބޭ
04 August 2021
މީކޮންފިކުރެއްގެ މީހެއްބާ ؟ ހަރުކަށިތޯ މަޑުކަށިތޯ ބަލަން އެބަޖެހޭ
މަސްއޮދު
04 August 2021
ތި މަސްއޫދަކީ ވަރަށް ބޮޑާ މީހެއް ކަމަޢް އަޑު އިވޭ. ކޮއްމެސް ކަމެއް ވީމަ ދޯ ރަށު ރައްޔިތުން ނިކުމެ މައްސޫދަށް އިންޒާރުދީ އަނިޔާ ކުރާނީ
ޒާތީ ނުވޭ
04 August 2021
ބޮޑާ ވީމަ ދެން އަނިޔާ ކުރަން ވީ؟ ޖަނަވާރުންތަ މީ ކަމެއްވާ އިރަށް ތަޅާފޮޅަން؟
ދޮހުއްތު ބެ
04 August 2021
މީިހަކަށް އެޓޭކް ކުރާ އިރުވެސް އަނެއް މީހާ ފޯނުން ރެކޯޑް ކުރަން ހުރީތަ.
ވެސް އުޅޭ
05 August 2021
ކިޔަން ނޭނގޭ މީހުން ވެސް އުޅޭ
ކުރީސަރުކާރު
04 August 2021
މިހިރީ ސިޔާސީ ޕާރޓީ އަކައް ވަންނައް ތައްޔާރު ވާ ބެފުޅެއް!
އަހަންމާ1
04 August 2021
ކީއްކުރާނީ ނަސީދު ނޫނީ އީވާ ނަމަ މިހާރު އިންޑިއާ ޔޫކޭ އިން ސިފައިން ގެނެސްގެން ތި މައްސަލަ ބަލާނެ
ކީޖޭ
04 August 2021
ކޮން ކަހަލަ ބައެއް އުޅޭ ގައުމެއްތަ؟
ހަސަނު1
04 August 2021
ތީ ހަމަ ލ އަތޮޅު ހާލު... ޚާއްސަކޮށް ގަމާއި ފޮނަދޫގެ
ހަސަން ހުނެއިފް
04 August 2021
ލާމު އަތޮޅު ދެއްތޯ؟ ތިއީ އަދުރޭ ހޮވި މީހުންނެއްނު! މިނޫން ގޮތެއް ވަންޏާ މަ އަޖައިބުވާނަން!
އަހުމަދު 00
05 August 2021
ހަސަނު1 އަށް. ހަސަނު ތީ ލ.ފޮނަދޫގަ އުޅޭ މީހެއްތަ؟ މާބޮޑަށް ފޮނަދޫގެ ހާލު ތިއެނގެނީ..
މޯލްޑިވިޔަން ޕެޓްރޮއިޓް
04 August 2021
ހަމީދޫ، ރޮކެޓް ސްފީޑުގައި ކޮންބަޔަކަށް ތި ސާވް އެންޑް ޕްރޮޓެކްޓް ކުރަނީ. މިވެސް ޓެރަރިޒަމް. މިގައުމުގައި ޑިމޮކްރަސީގައި މިއޮންނަނީ އެލީޓުންނަށް މޮލުގޮތް އާމުމީހާއަށް ދެރަގޮތް.