ޚަބަރު / މަރު

ގާތުން ބޯން އޮއްވައި، އެއް މަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެ

އއ. ބޮޑުފުޅަދޫ--

15 ސެޕްޓެމްބަރ 2021 - 12:22

25 comments

އއ. ބޮޑުފުޅަދޫގައި އެއް މަހުގެ ތުއްތު ކުއްޖަކަށް ގާތުން ކިރު ދެނިކޮށް އެ ކުއްޖާ މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ހާދިސާ ހިނގީ އެއް މަހާއި ފަސް ދުވަހުގެ ކުއްޖަކަށް ގާތުން ދިނުމަށް އެ ކުއްޖާގެ މަންމަ އޮށޯވެގެން އޮއްވާ ނިދުނު ވަގުތުގަ އެވެ. މަންމަ އަށް ހޭލެވުނު އިރު ކުއްޖާ އޮތީ ހޮޑުލެވި ނޭވާ ހުއްޓިފަ އެވެ. އަދި އެ ކުއްޖާގެ ނޭފަތުން ލޭ ވެސް އައިސްފައި ހުއްޓެވެ.

އެކަމާ ގުޅޭ ގޮތުން ބޮޑުފުޅަދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އާއިލާ އިން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެ ކުއްޖާ އޮތީ މަރުވެފައި ކަމަށެވެ.

ޑޮކްޓަރުން ލަފާ ކުރަނީ އެ ކުއްޖާ މަރުވީ ފުއްޕާމެއަށް ކިރު އެޅިގެން ނޭވާ ނުލެވިގެން ކަމަށް ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި އެވެ.

25 ކޮމެންޓް, 169 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 92%
icon angry icon angry 4%
icon wow icon wow 1%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރިޔަމް މައި

17 September 2021

މައިންނަށް... ތުއްތުކުދިން ބާއްވާއިގެން ބުއްފުޅި/ގާތުން ދިނުމަކީ ކަންފަތުގެ އިންފެކްޝަން ޖެހުމަށް މަގުފަހިވާ ކަމެއްގެ އިތުރަށް ކޮށިއަރައިގެން ނޭވާލާ ނިޒާމަށް ކިރު ނުވަތަ ހޮޑު ގޮސް ނޭވާ ނުލެވޭ ގޮތް މެދުވެރިވެދާނެ ކަމެއް. ހަޣީގަތުގަ ކައިރީގަ ބާއްވައިގެން ނިދުމަކީ ގައިދަށުވެދާނެ ފަދަ ކަމެއް. މަންމައެއް ވީމަ އިނގޭ ވަރުބަލި ކަމެއްކަން. އެކަމަކު ހިއްވަރުކޮއްފަ ބެޑުގަ ލެނގިލައިގެން ބޭބީ ބާލީހަކަށް ލައިގެން ނިދިޖެހުނަސް ނުވެއްޓޭނެހެން ފީޑްކުރަން އިނދޭ.

The name is already taken The name is available. Register?

ގެރުމޯހްދީ

16 September 2021

ސަރުކާރު ފެއިލް. އިބޫ އިސްތިއުފާ

The name is already taken The name is available. Register?

އިމަނާ

16 September 2021

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون އާއިލާއަށް ކެއްތެރިކަން ދެއްވާށި.

The name is already taken The name is available. Register?

ޢަބިން

16 September 2021

ދިވެހި ގިނަ ފިރިން ދަރިން ލިބި ބޮޑުވާ އިރުވެސް ކުއްޖަކަށް ފެން ތައްޓެއް ވަރުވެސް ޖައްސާފައި ނުހުރޭ. ޢަންހެނުން އެކަނިމާ އެކަނި ނިދިނަގާލާ ދަރިން ބަލަމުން ގޮސް މިފަދަ ހިތާމަވެރި ކަމެއް ދިމާވާ އިރަށް އިޙްމާލޭ ކިޔާތީ ލަދު ގަނޭ. ތުއްތު ކުއްޖެއްގެ މަޔަކަށް ވީތީ އިންގޭ ރޭގެ ނިދި ނުލިބޭ ކަން. ޜޭދުވާ އޮޅޭ ކަން. ޢެހެން މީހުންގެ އެހީ ބޭނުން ވާ ވަރު.

The name is already taken The name is available. Register?

އިޙްމާލު

16 September 2021

ގިނަ ފިރިން އެކަނިމާ އެކަނި މަސައްކަތްކޮށް އާއިލާއަށް ޚަރަދު ކުރަނީ. އެ މީހުން އެއްކަމެއް ނުކޮށް ތިބެނީއެއް ނޫނޭ. އަބަދު ފިރިހެނުން ބްލޭމް ނުކޮށްބަލަ. ޕްލީޒް. އާއިލާއަށް ކެއްތެރިކަން ދެއްވާށި. އާމީން

The name is already taken The name is available. Register?

މަރިޔަމް މައި

17 September 2021

ތެދެއް. އަނބިން ޑިއުޓީ ކޮއްފަ ކުދިންގެ ހުރިހާކަމެއް ކުރަމުން ދުވާއިރު އެހީ ނުވެ ފާޑު ކިޔާ. މަށަކީވެސް ކުރިން އެހާލުގަ އުޅުނު މީހެއް. 23:30 ގަ ޑިއުޓީ ނިންމާފަ ކިރިޔާ ފެންވަރާ ލެވޭނީ ބޭބީ ހޭލާނެ. ބޮލުގަ ތުވާލި އޮޅާލައިގެން ފީޑް ކުރަން އިންނައިރު ޑިއުޓީ ބިޒީކަމުން ނުކައި އިންނާނީ. ދެކުދިން އެކީ ހޭލާ އިރުވެސް އަޅާ ނުލާނެ. ދޮށީކުއްޖާ ފައިމަތީގަ ބާއްވާއިން ބޭބީއަށް ބުއްޖައިސައިގެން އިނދެ ނިދޭ ރޭރޭ މަދު ނުވާނެ. އެވަގުތު ފޯނުން ފިލުމެއް ބެލިޔަސް ގޯސްވާނެ

The name is already taken The name is available. Register?

ސިމްޕަލް

15 September 2021

ކުރީޒަމާނުގައި ކުއްޖަކު ވިހޭމާ ފޫޅުމާ ދައިތަ ކޮންމެ ދުވަހަކު މައިމީހާ ގެއަށް ޒިޔާރަތްކޮށް ތުއްތު ކުއްޖާ ގެންގުޅޭނެގޮތް ކިޔައިދޭ ކަމަށްވޭ. ތަރައްގީވެފައިވާ ގިނަ ގައުމު ތަކުގައިވެސް ފޫޅުމައިން ގެއަށްގޮސް ކުއްޖާ ގެންގުޅޭ މާހައުލަކީ ރައްކާތެރިތަނެއްތޯ ބަލައި ދަރިފުޅަށް ގާދުން ދޭއިރު ގަޔާއި، ނިންދަވާއިރު އަދި ފެންވަރުވާ އިރު ކަންތައް ކުރަން ޖެހޭ ގޮތް މައިމީހާއަށް ކިޔައިދޭ.

The name is already taken The name is available. Register?

އިޙްސާސް

16 September 2021

މިހާރުވެސް ކިޔައިދޭ. އަދި ގޭގަ އެނދުމަތީ އޮވެލައިގެން ރަނގަޅަށް މިކަންކަން ކުރާނެ ގޮތް ދަސްވެސް ކުރެވޭ މިޒަމާނުގަ.

The name is already taken The name is available. Register?

ވަހީދު

15 September 2021

" މައެއްގެ ދަށުވެ ކުއްޖަކު މަރެއް ނުވާނެ " ކިހާވަރެއްގެ ހަޤީޤަތެއް އޮތް ބަހެއްބާ؟ މިޚަބަރުގައި ވެސް ވާ ގޮތުން ކުއްޖާ މަރުވީ އެހެން ކަމަކުން.

The name is already taken The name is available. Register?

ޕީޖޭ

15 September 2021

މައެއް ދަށުވެ ކުއްޖަކު މަރުވިޔޭ ކާކު ބުނީ؟ މިހަބަރު 2 ފަހަރު ކިޔައިފިން އެހެނެއް ނެތް.. ވަހީދުގެ އަޑުއެހުމުގެ ޤާބިލްކަން އަދި ކިހާވަރެއް ވާނެބާ؟ ނެގެޓިވް ވިސްނުން ހުއްޓެއްކަމަކު ބޮޑުވަރުތީ؟؟

The name is already taken The name is available. Register?

ޖ‫ައްވީއުޅަނދު

15 September 2021

‫މަންމައިން ގާތުން ދިނުމުގައި އިތުރަށް ފަރުވާތެރި ވެލަން އެބަޖެހޭ , ބުރަކޮށް އުޅެފައި ދަރިފުޅަށް ގާތުން ދިނުމަށް ޖައްސާލާ ވަގުތު ނިދެނީ , އާއިލާއަށް ކެއްތެރިކަން ދެއްވާށި އެވެ.

The name is already taken The name is available. Register?

ްނޯ ނޭމް

15 September 2021

ވަރަށް ދެރަ ހަބަރެއް.. އެކަމު ސުރުހީ މިއަށް ވުރެށް ރީތި ކޮށްލިނަމަ.. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون މަންމަ އަށާއި އާއިލާއަށް ކެތްތެރިކަން ދެއްވާށި

The name is already taken The name is available. Register?

އަހުލިހަ

15 September 2021

އެއްވެސް އަޅަކަށް ﷲ ދެރަގޮތެއް މިންވަރު ނުކުރަށްވާނެ. ﷲ ވޮޑިގެންވަނީ ކެއްތެރިންނާ އި އެކު

The name is already taken The name is available. Register?

ވިރާޓްފޭން

15 September 2021

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون އާއިލާއަށް ކެއްތެރިކަން ދެއްވާށި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454