ލޯކަލް މާރުކޭޓްގައި ބަޔަކު ވިޔަފާރިކުރަނީ. ދިވެހިންގެ ނިވަލުގައި ބިދޭސީން ވިޔަފާރިކުރުން ހުއްޓުވަން މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައި-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު
16 ސެޕްޓެމްބަރ 2021 - 13:21
ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީކޮށްގެން ބިދޭސީން ވިޔަފާރިކުރުން ހުއްޓުވަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނުނަށް ބަދަލުގެންނަން ސަރުކާރުން މަޖިލީހަށް ހުށަަހެޅި ބިލުގައި އޮތީ ރާއްޖޭގައި ދިރިނޫޅޭ ދިވެހިންގެ ވިޔަފާރިތައް އެ މީހުންގެ ފަރާތުން މީހަކު އަައްޔަންކުރާ ހާލަތުގައި، އެ ހަވާލުކުރާ މީހާއަކީ ވެސް ދިވެއްސަކަށް ވުމަކީ ޝަރުތަކަށް ހެދުމަށެވެ. އެ ގާނޫނު މިހާރު އޮތް ގޮތުން، ވިޔަފާރި ހިންގަން ހަވާލުކުރާ މީހާއަކީ ދިވެއްސަކަށް ވުން ލާޒިމެއް ނޫނެވެ.
ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަނީ އަބްދުލްް ހަކީމް ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިއުން މިހާރު ވަނީ އިއްވައިފަ އެވެ. އާއްމު ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ގެންނަން އެ ބިލުގައި އޮތީ މައިގަނޑު ދެެ ބަދަލެކެވެ. ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ ދިވެއްސަކަށް ވުން ލާޒިމުކުރިމަކީ އޭގެ އެއް ބަަދަލެވެ. އަނެއް ބަދަލަކީ ވިޔަފާރިއެއްގައި ބިދޭސީން ޝާމިލުވާ ކަަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ގަބޫލުކުރެވިއްޖެ ނަމަ ވިޔަފާރީގެ ހުއްދަ ބާތިލުކުރެވޭ ގޮތަށް ހެދުމެވެ.
ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ ދިވެއްސެއްކަން ކަށަވަރުކުރަން، އަމިއްލަަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ (15) ވަނަ މާއްދާގެ (ނ)ގެ ފަހަތަށް އަކުރެއް އިތުރުކުރަން އެ ބިލުގައި އެބައޮތެވެ. އެގޮތުން އެ މާއްދާގެ (ރ)ގެ ގޮތުގައި އިތުރުކުރާ އަކުރުގެ (1) ވަނަ ނަމްބަރުގައި އޮތީ ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ އުމުރުންް 18 އަހަރު ވެފައިވާ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އަމިއްލަ ފަރުދުންގެ ވިޔަަފާރީގެ ގާނޫނަށް ގެންނަ އިސްލާހު ސްޕޮންސާ ކުރެއްވީ އޭނާ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ބިދޭސީން ޝާމިލުވާ ކަމަށް ބެލެވޭ ހާލަތުގައި ވިޔަފާރި ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ރަޖިސްޓްރާއަށް ދޭން ބަދަލު ގެންނަނީ ގާނޫނުގެ 12 ވަނަ މާއްދާ އަށެވެ. އެ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގެ ފަހަތަށްް އިތުކުރާ ފުރަތަމަ އަކުރުގައިވާ ގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބޭ ކަމަށް އެކަށީގެންވާ ހެއްކާ އެކު ރެޖިސްޓްރާއަށް ގަބޫލުކުރެވިއްޖެ ނަަމަ ވިޔަފާރި ހުއްދަ ބާތިލުކުރެވޭނެ އެވެ.
ސަރުކާރުން އެ ބިލު ހުށަހެޅި އެއް މަގުސަދު ކަމަށް ބިލުގައި ބުނެފައި އޮތީ ދިވެއްސަކު ނިވާފަތްގަނޑަކަށް ވެ ތިބެ ކުރާ ވިޔަފާރިތައް ހުއްޓުވަން ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު2
17 September 2021
ވޯރާ ވިޔަފާރިވެރިންނަށް ވުރެން މިވެރިން މާގަދަކޮށްފި މިޤައުމަށް.
ސުޖާ
17 September 2021
މިހާރުވެސް ބިލޭސީން ކޭސިއަރުން ނުތިބެއެންނުން ދޯ!!
ކުޑަމީޙާ
16 September 2021
ވާނުވާ އެނގޭ ދުވަހަކުން ނޫސްތަކުގަ ކޮމެންޓު ކުރަން މަޑުކޮއްލާ
ބޮންދ
16 September 2021
ތިމީހުން މިހާރުއެތިބިހިސާބުން ބެއްދުމަކަށް ދެނެއްޓުން ހޯދާނެ. އެދެނެއްޓުން ހޯދާއިރު ރަނގަޅަށްދަނީނަމަ، އެމަޅީގައި ބައްދާފަތިބޭނީ މަޖިލީހުގެ މެންބަރުން.
ތިމާވެށި
16 September 2021
ހައްލު ކުރަން ބޭނުންނަމަ ފިހާރަ ހޮޓާފަދަ ތަންތަނުގަ ކޭޝިއެަރުންނަށް ތިބޭނީ ދިވެހީންނެވެ. ގާނުނާ ގަވާއިދާ ހިލާފާއް
ބޮޑުމީހާ
16 September 2021
މުހިންމީ ގާނޫނެއް ނޫން. ތަންފީޒުކުރާނެ އިޚްލާސްތެރިން. ބިދޭސީން ގެންގުޅުމުގެ ގަވާއިދުގަ އެބއޮވޭ ވިސާ އަދި އެހެނިހެން ކަންކަން ރެގިއުލޭޓްކުރަން. ދެއިރު ދެދަޅައަށް ފުލުހުންނަށް ސައިކަލު ޗެކްކުރެވޭ ގޮތަށް ބިދޭސީ މީހާގެ ވެލިޑް ވޯކްޕާމިޓެއް އޮތްތޯ ޗެކްނުކުރެވެނީ ކީއްވެބާ! ބިދޭސީ މީހާ މަސައްކަތްކުރަނީ ހުއްދަދެވިފައިވާ ސައިޓްގައިތޯ ޔަގީންކުރަނީ ކާކުބާ!
އޮނަރަބްލް އަފީފު ދީދީ
16 September 2021
ޤާނޫނުއަސާސީ އާއި ޤާނޫނު ތަކުގައި ހުރި މިފަދަ ބައެއް ކަންކަން ތަންފީޒުނުވެ އާންމުވެގެން ދިއުމަކީ ރައްޔިތުނަށް އޭގެ ނުބައިއަސަރު ކޮށް ވަރަށް ނުރައްކާތެރި ހާލަތަކަށް ދައުލަތް ވެއްޓިދާނެ ކަމެއް. # މިފަދަ ނުރައްކާތެރި ކަމެއް މުޖުތަމައުގައި އާންމު ވިޔަނުދިނުމަށްޓަކާ Volunteer Constabulary Police Officer ޔުނިޓެއް ފުލުހުންގެ ތެރޭގައި އުފައްދައިގެންވިޔަސް ދައުލަތް ސަލާމަތް ކުރުމަށްޓަކާ މިކަން ކުރާންޖެހޭ. މިކަމަށް ފަސްޖެހުމަކީ ވަރަށް ދެރަކަމެއް.
ހިތަދޫ 1
16 September 2021
ރެޖިސްޓްރީ ނުކޮށް ކުރާ ވިޔަފާރި ތަކޯ؟ ހެހެ..
ނެކްސްޓް
16 September 2021
ކަމެއްމުކުރުމުގެ ޤާބިލްކަންވެސް އިހުލާސްތެރިކަންވެސް ނެތީމައި ހުރިހާކަމެއް މިއޮތީ ބޮއްސުންލާފައި
އޮނަރަބްލް އަފީފު ދީދީ
16 September 2021
ޤާނޫނަކުން ޓެކްސް ނަގަމުން ގެންދާތާ 13 އަހަރު ވެގެން ދިޔައިރުވެސް ދުވާލަކު 50-80 ހާސް ރުފިޔާގެ ވިޔަފާރި ހިންގާ މާލޭގެ ސައިހޮޓާތަކުން އަދިވެސް ބޭނުން ކުރަނީ ސިގިރޭޓް ފޮށީގެ ކަރުދާސް ކޮޅެއްގައި އަދަދެއް ޖަހާފައި އޮންނަ ބިލުކޮޅެއް. # ތިޔަ ޤާނޫނުވެސް އޮންނާނީ ހަމަ ކަޅާއި ހުދުން ލިޔެފައި ފޮތެއްގަ. ތިއަކަށް އަމަލެއް ނުކުރެވޭނެ އަދި ނުވެސް ކުރާނެ. މިހާރުވެސް މާލޭ ހޯލްސޭލް ބާޒާރުގައި ގިނައީ ބިދޭސިންގެ ވިޔަފާރި. އެކަން ބަލާކަށް މިނިސްޓްރީން ބޭނުމެއް ނުވޭ.