އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ އަށް ޗުއްޓީ އަށް އައުން މި ދުވަސްވަރު އަނެއްކާވެސް އިތުރުވެފައިވާ އިރު ބަތަލާ ޕަރިނިތީ ޗޯޕްޅާ ވެސް މި ވަގުތު ހުރީ އާއިލާއެކު ރާއްޖޭގަ އެވެ.
އެ މީހުން ޗުއްޓީ ހޭދަކުރަނީ އިންޓަކޮންޓެނިންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓްގަ އެވެ. ޕަރިނީތީ އަކީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ބަތަލާއެކެވެ.
ރަންބީރް ކަޕޫރްގެ ފިލްމު "އެނިމަލް" އަށް ސޮއިކޮށްފައިވާ ބަތަލާގެ ތިން ފިލްމެއް މި އަހަރު ރިލީޒްވެފައިވެ އެވެ. އެއީ "ދަ ގާލް އޮން ދަ ޓްރެއިން" އާއި "ސަންދީޕް އޯރް ޕިންކީ ފަރާރު" ގެ އިތުރުން "ސައިނާ" އެވެ.
ޕަރިނީތީ، 32، އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ކަޒިންއެކެވެ. އޭނާ ބޮލީވުޑަށް ނުކުތީ ރަންވީރު ސިންގްގެ ދެވަނަ 2011 ގެ "ލޭޑީސް ވާސަސް ރިކީ ބާލް" އިންނެވެ.
މި ވަގުތު ރާއްޖޭގައި ތިބި ބޮލީވުޑްގެ ތަރިންގެ ތެރޭގައި ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާނާއި ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ހިމެނެ އެވެ. ކަރީނާގެ 41 ވަނަ އުފަން ދުވަސް އަންގާރަ ދުވަހު ފާހަގަކުރީ ވެސް ރާއްޖޭގަ އެވެ.