އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދަށް އެތައް ބަޔަކު ޖަމާވެ، ހުކުރު ހުތުބާ އަޑު އަހަނީ: މިއަދުގެ ހުތުބާ ހާއްސަ ކޮށްފައި ވަނީ ކޮރަޕްޝަނާއި ރިޝްވަތުގެ ނުބައި ކަމާ މެދުގައި.--- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
02 ޑިސެމްބަރ 2016 - 19:05
ރިޝްވަތަކީ މިހާރު މުޖުތަމައުގައި ވަރަށް ބޮޑަށް އަށަގެންފައިވާ ވަބާއެއް ކަމަށާއި އެއީ ތަރައްގީ އަށް ވެސް އޮތް ހުރަހެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނުމަކީ ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ "ހުތުބާއަކީ ހާލަތާ ވަރަށް ގުޅޭ ހުތުބާއެއް" ކަމަށެވެ.
އެ މަނިކުފާން ވިދާޅުވީ މިއަދުގެ ހުތުބާ އަކީ ކޮރަޕްޝަނާއި ރިޝްވަތުގެ ނުބައިކަމާ ގުޅޭ ގޮތުން ދިން ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށެވެ. އަދި ހުތުބާ ލިޔުއްވި ބޭފުޅަކަށް މައުމޫން ވަނީ މަރުހަބާ ވެސް ދަންނަވައިފަ އެވެ.
ރާއްޖޭގައި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ވަރަށް ބޮޑަށް ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް މިހާރުގެ ސަރުކާރަށް ވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ދިން މިއަދުގެ ހުތުބާގައި ބުނެފައި ވަނީ، ކޮރަޕްޝަނާއި ރިޝްވަތަކީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވާ ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމައުގެ އަމާންކަމާއި ހަމަހަމަކަން ގެއްލި އެތައް ބަޔަކަށް ނުޙައްގު އެތަކެއް އެއްޗެއް ލިބެމުންދާ ކަމަށް ހުތުބާގައިވެ އެވެ. މީގެ އިތުރުން ރިޝްވަތާއި ނާޖާއިޒު ފައިދާ އާއި ޚިޔާނާތުގެ އަމަލުތައް ގިނަވެ އެކަން އާދައިގެ ކަމެއްގެ ގޮތުގައި ދުށުމަކީ ގައުމުގެ މުސްތަގުބަލާއި ތަރައްގީ އަރައިނުގަނެވޭނެ ވަރުގެ ފުންވަޅުގަނޑަކަށް ވެއްޓިދާނެ ކަމެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
Strong timely khuthba today. Very good lesson exposing the evil of corruption & bribery. Congratulations to the writer!
— Maumoon Abdul Gayoom (@maumoonagayoom) December 2, 2016
ހުތުބާ އާ ބެހޭ ގޮތުން މައުމޫން ކުރެއްވި ޓްވީޓް.
މީގެ އިތުރުން ތިމާގެ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ހޯދާ ނުވަތަ ހޯދައިދޭ މަންފާތަކާއި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމަކީ ކޮރަޕްޝަން ކަމަށް ހުތުބާގައިވެ އެވެ.
"ރިޝްވަތަކީ ތަރައްގީ އޮތް ހުރަހެއް" މި މައުލޫއުގެ ދަށުން ދިން ހުތުބާގައި ބުނީ ރިޝްވަތުގެ ސަބަބުން ނުވަތަ މަކަރާއި ހީލަތުގެ ސަބަބުން ވަގުތީ ހައްލެއް ނުވަތަ އުފަލެއް ލިބުނަސް ރިޝްވަތު ދޭ މީހުންނާއި ހިފާ މީހުންނާއި ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވާ މީހުން، ފަހުން ލިބިދާނެ ގެއްލުމަކަށް ވިސްނަން ޖެހޭ ކަމަށެވެ.
"ތިމާގެ އިތުރުން ތިމާމެ އަނބިދަރިން ނަރަކައަށް އެއްލައިލަނީ ތިމާމެންގެ އަތުންނެވެ. ހަރާން ތަކެތި އަނބި ދަރިންނަށް ކާން ދިނުމަކީ ތިމާމެންގެ ދަރިން ބަސް ނޭހުމާއި ވިޔާނުދާ އަމަލުތައް ކުރުމަށާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހި ވާނެ ކަމެކެވެ." ހުތުބާގައި ބުންޏެވެ.
ކޮރަޕްޝަނާއި ރިޝްވަތުގެ ނުބައި ކަމާ ގުޅޭ ގޮތުން ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީސުން ވެސް ހުތުބާގައި ވަނީ ދަލީލް ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދުބަސް
03 December 2016
މާތްﷲ އަށް ބިރުވެރިނުވާބަޔަކަށް ތިޔަ ޚުތުބާއަކުން ކުރާނެ ފައިދާއެއްނެތް. މާތްﷲ އަށް ބިރުވެތިވާނަމަ ތިޔަ ޚުތުބާއިން ފައިދާކުރީސް. ޤައުމުގެ ބޮޑުންނާއި ފަޑިޔާރުން ބޭނުމީ އާޚިރަތަށްވުރެ ދުނިޔޭގެ މުއްސަދިކަމާއި އާރާއިބާރު. ދެން އެ ހިސާބުން ކޮން ޙަރާމެއް ހަލާލެއް އޮންނާނީ.
އަލިދީދީއައްޑޫސިޓީ
03 December 2016
މަޖިލީހުން 25 ޑޮލަރު ނަގަން ފާސްކުރަން ފޮނުވި ގާނޫނު 12 ޑޮލަރު ނަގަން ފާސްކުރި ގޮތަށް، ޚުޠުބާ ވެސް " އޮޅިގެން - ނޭނގި" މެއިލް ކުރެވި، ހުކުރު ކުރާ ޚަޠީބުންނަށްބެހި، ހުކުރު ދުވަހު ހުކުރަށް ގޮސް ޚުޠުބާ އަޑު އިވުނީމަ މިއެނގުނީ " އަހާނ އަހާން މީކިހިނެއްތަ މިވީ. މިވާހަކަ އަހަރެން ދައްކައިގެން ދެން ކިހިނެއްތަ ވާނީ؟ " މިހެން ހިތަށް އަރައި އެފަކީރަށް މެންދުރު ރަނގަޅަށް ވެސް ނުކެވުނޯ.
ޚުތުބާ
03 December 2016
މި އަކީ އަލަށް ކީ ޚުތުބާ އެއްނުން
ވާފިރު
03 December 2016
މިއުމޫންގެ ވެރިކަމުގައި ނެތް އާ ކަމެއް ނެތް މިހާރުވެސް.މައުމޫން އައްވުރެ ރަނގަޅައް ހުރިހާ ކަންކަން ކުރާކަން ތަފާތަކީ
ލާހިފުތު
03 December 2016
ހުދުފޮތީގެ ސާލެއްގައި މުސައްލަ މަތީގައި މިހާރު އިނަސް ތިމާގެ ރަންޒަމާނުގައި އެހެންމީހުންގެ ކަރުބުޑުގައި ލާއްވާފައިވާ ހިތިރަހަ ކެޑި ކަރުތެރެ ސާފެއްނުވޭ. ހަގީގަތް ފާޅުވާނީ ބިތުފަންގިނަގާ ފޮޅާލުމުން.
ވާފިރު
03 December 2016
ޚުޠްބާވަރައް ފުރިހަމަ އެއްމެން ވެސް ފިލާވަޅު ލިބިގައްނަން ރަނގަޅު ޚުޠްބާއެއް މިރާއްޖޭގައި މިހިނގާ ހުރިހާ ނުބައި ކަމަކީ 1979-2008 އާ އި ދެމެދު މިގިއުމުގައި އަޝަގެންފައި ވާ ކަންކަން.
ހައްޤުބަސް
03 December 2016
ކުރިން ޤާޒީން ނަށް "ކަންތަށް"ކޮށްދެނީ އަމިއްލަ މީހުން ނެވެ.މިހާރު ޤާޒީން ނަށް އެއްޗެތި ދެއްވަނީ ސަރުކާރުން ނެވެ. ހުޅުމާލޭން ފްކެޓް ލިބިފައި ތިބި މީހުނަށް ވެސް މާލޭން ފްލެޓް އެބަ ދެއްވައެވެ.އަބިން ނަަށް އެއްބަސެޑަރ ކަން އެބަ ދެއްވަ އެވެ.ސްކޫލް ހިންގަން އިމާރަތް އެބަދެއްވަ އެވެ.އަދި ވެސް !
ފާޠުމަ
03 December 2016
ބަލަ ކުރިން ކުރި ވެރިކަންތައް ގޯސްވެގެން ނޫންބާ، ރައްޔަތުން ހަނާވަނިއްޔޭ ފަނާވަނިއްޔޭ ކިޔާ މިވެރިކަން ގެނައީ. ދެން ކޮންކުރީގެ ވެރިކަންތަކުގެ ވާހަކަ އެއް. އިސްލާހު ވާންވީ. ޥަރަށް ސަލާމް.
އައިމިނާ
03 December 2016
މިއަދުގެ ޚުތުބާއަކީ މިސަރުކާރުގެ އިސްބޭބޭފުޅުންނަށްދެއްވި އަގުހުރި ތެދު ހަޤީޤީ ނަސޭހަތެއް. ޚުތުބާ ލިއުނު ބޭފުޅާއާއި ކިއުއްވިބޭފުޅާށް ޖަލުހުކުމެއް ނާދޭތޯ ދުޢާކުރަން.
ތިރސް
03 December 2016
ރަން ތިރީސް އަހަރުގައި ވެސް ކޮރަޕްޝަން އޮތީ ހައްދުން ނެއްޓީ. އޭރުވެސް ހުތުބާާ އާއި ދަރުސް ތަކުގައި ކޮރަޕްޝަންގެ ވާހަކަ ދައްކާ. ކޮބާ ތަފާތެއް.
އިބްޝާ
03 December 2016
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހިގަމުންދާއިރު މިހުތުބާގެ މުހިންމު ބައިތަށް މަޖިލީހުގެ މެމްބަރުންނަށް އިއްވައި ދެއްވުން އެދި މަޖިލީހުގެ ރައީސައް ދަންނަވަން. އެއިރުން މަނިކުފާނަށްވެސް ރަގަޅު ފިލާވަޅެއް ކިބިފަ އިންނާނީ.
ހެޔޮބަސް
03 December 2016
ތި ޚުތުބާ އިއްވަންވީ "މާފެލޭ" އަށެވެ.