12 އޮކްޓޯބަރ 2021 - 13:43
ވެލާނާ އެއާޕޯޓުން މާލޭގެ ހޮޓެލް ޖެންއާ ހިސާބަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަޑައިގަތް އިރު އެންމެންގެ ސަމާލުކަން ހުއްޓުނީ ހައި ސެކިއުރިޓީއަށެވެ. ހަތިޔާރާ އެކު ސިފައިން ވަށާލައިގެން ތިބުމާއި ކާރުކޮޅާ އެއްވަރަށް ދުވެފައި ދިއުން ރާއްޖެއަށް އާންމެއް ނޫނެވެ.
އެންމެ މަތީ ލެވެލްގެ މި ސެކިއުރިޓީ އެއް ބަޔަކު ސިފަކުރީ ނޯތު ކޮރެއާ އިން ފެންނަ މަންޒަރެއްގެ ގޮތަށެވެ. ފާޑުކިއުން ވެސް އަމާޒުވި އެވެ.
އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފަސް މަސް ބޭރުގައި ހޭދަކުރެއްވުމަށް ފަހު މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނަވައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ، އިއްޔެ ފެނުނު މަންޒަރާ މެދު އާއްމުންގެ ކަންބޮޑުވުން އޮތް ކަމަށް ވިދާޅުވެފަ އެވެ.
ޝިޔާމް ވިދާޅުވީ ރާއްޖެއަށް ނޯތު ކޮރެއާގެ ރައީސް އިއްޔެ ވަޑައިގަތީ ކަަމަށް ސިފަވެގެން އޭނާއާ ކުރި ސުވާލުތަކުގެ ފަހަތުގައި އޮތީ ގައުމުގެ ހާލަތު ކަމަށެވެ.
"މި ގައުމު ބަޔަކު ގެނެސްފައި އޮތް ހާލަތު،" ޝިޔާމް ވިދާޅުވި އެވެ.
ހަމަލާ ދިނީ ތްރެޓް ލެވެލް އެންމެ މަތިކޮށްފައި އޮއްވައި ކަަމަށް ފަހުން ހިންގި ރިޕޯޓްތަކުން އެނގޭ ކަމަށާއި އޭރު އެހާ ހައި ސެކިއުރިޓީ ނުދިނީ ކީއްވެތޯ ޝިޔާމް ސުވާލު ކުރެއްވި އެވެ. އެމްއެންޑީއެފްގެ ސެކިއުރިޓީ އަށް ފަހުން އިތުރުކުރީ ކޯއްޗެއްތޯ ވެސް އޭނާ އެއްސެވި އެވެ.
ޝިޔާމަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ނޯތު ކޮރެއާގެ ރައީސް ވަޑައިގެން އުޅުއްވި ފަދަ މަންޒަރެއް ރާއްޖެ އިން ފެނުން ކަމަށް ސިފަވީތީ އެ މަނިކުފާނު ވެސް ހިތާމަކުރައްވާ ކަމަށެވެ. އެމަނިކުފާނުގެ ސެކިއުރިޓީ ހަމަޖައްސަނީ މަޖިލީހަކުން ނޫން ކަމަށާއި އެމްއެންޑީއެފުން ކަން ފާހަގަކުރެއްވި އެވެ.
"އެ މީހަކަށް އޮތް ނުރައްކަލަށް ބަލައި ހަމަޖައްސަނީ. އަޅުގަނޑު ވެސް އެދެނީ އަޅުގަނޑުމެން އެންމެންނަށް މިނިވަންކަމާ އެކީގައި އުފާކުރަމުން އުޅެވޭނެ ދުވަހަކަށް," ނަޝީދު ވިދާޅުވި އެވެ.
ނަޝީދަށް ހަމަލާދިނީ ތަކުރާރުކޮށް އިންޒާރު ލިބުމަށް ފަހު ކަމަށް މަޖިލީހުގެ 241 ކޮމިޓީގެ ރިޕޯޓުގައިވެ އެވެ. އެ ހަމަލާއާ ގުޅިގެން، ބަޔަކު ހައްޔަރުކޮށް ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ.
ނަޝީދު ކުރު މުއްދަތަކަށް އިއްޔެ ރާއްޖެ ވަޑައިގަތީ ބޭސްފަރުވާ ނުނިމުމާއި އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަގީންކަމެއް ނެތުމުން ރާއްޖެ ވަޑައިގަތުން ދަތި ކަމަށް ވިދާޅުވުމަށް ފަހު އެވެ. ހަމަލާ ދިން އިރު ނަޝީދު ދިރިއުޅުއްވީ ކެނެރީގޭގަ އެވެ. އެކަމަކު ސެކިއުރިޓީ ފޯރުކޮށްދޭން ދަތި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެހެންވެ އެމަނިކުފާނު ހުންނަވަނީ ހައި ސެކިއުރިޓީއާ އެކު ހޮޓެލް ޖެންގަ އެވެ. މުޅި އެ ސަރަހައްދު ވަށައިގެން އިއްޔެ އިން ފެށިގެން ސިފައިން އަންނަނީ ފޯރިމަރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިރު
13 October 2021
މީދެންކިހާ ދެރަކަމެއްތަ މިވަރުގެ ދެންކުންތެރިއަކު މިގައުގާ ބަހައްޑަން ޖެހޭތަ ރައްއިރުންގެ ލާރިގަޑު ތަޅާބުރުސްސަނީ މީދެން މޮޅުކަމެށް
ބަނަނަ
13 October 2021
މިވަރުމީހަކު މިގައުމައް ނޭރިއްޔަ ރަގަޅީ.
ނޭދެމޭ
13 October 2021
ނޭދެމޭ ބުނެފިތަ! އެބުނީ ނޯތުކޮރެއާގެ ސެކިއުރިޓީއޭ ބޭނުމީ! ފައްކާ! ވަރަށް ފައްކާ!
ެދިދަމަނިކު2222212
13 October 2021
މައުމޫނުވެރިކަމުގަ މީނާ ދިވެހިންގެ މިނިވަންކަމޭ ދިރިއުޅުމޭ، އަާއިލީ ވެރިކަމޭ އިސްތައްޓޭ ކިއީ އިހުލާސްތެރިކަމެއް ނެތި އަމިއްލަ އެޖެންޑާ ގެންނަންކަން މިއަދު މި ފެނިގެން ދަނީ
ނޭނގޭ
13 October 2021
މަހީކުރީ އެންމެ ފަހަތުން ފެންނަ ޓެކްސީތައްވެސް އެއީ ސެކިޔުރިޓީގެ ބައެއް ކަމަށް..
ކުޑޭ
13 October 2021
މީނާހެ ސަބަބުން ދައުލަތައް ބޮޑު ބުރައަކަށްވެ އާންމުންނަށް އުނދަގުލަކަށް ވެއްޖެ،
ބުއްޅަބޭ
13 October 2021
ތި ސެކިއުރިޓީ ދޭގޮތަށް އެއްބަސްވެގެން މާލެއަށް އައިސްގެން ތި އުޅެނީ. ރައްޔިތުންނަށް ބޮޑު މުސީބާތެއް ތިއީ. ހުރިހާ މަގެއް ބަންދުކޮއްގެން. ދަރިން ގޮވައިގެން ސްކޫލަށް ގޮސް އައިސް ހަދަން ޖެހުނީ މާލެ ވަށާ ބުރުޖަހަން. ސްކޫލަށް ގަޑިޖެހި. ކިހާ ބޮޑު މުސީބާތެއް މިއީ ދެން.
ސޯލިހްބެ
13 October 2021
ނޯތު ކޮރެއާގެ ރައީސް އަށް ޖޯކް ޖެހި މީހުން ފެނޭތަ؟
ކާޅުބެ
13 October 2021
ބޮޑުވަރު
އަބްޑޫޅް
13 October 2021
އައްދެ، އައްދޭ! ކޮމްރޭޑް ކިމް ގެ ކުދިންކޮޅު ދުވެލާހާ ލޮނދި ކޮށް ކަލޭމެން ކުދިންނަކަށް އަދިވެސް ނު ދުވެވޭ ދޯ؟ ތަމްރީނު ކުރާއިރު އަދިވެސް ގޮވަނީ "ކަނާއަތަށް ފެރެޑޭ، ވައަތަށް ފެރެޑޭ" ތަ؟