އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ރަސްމީކޮށް ރައީސް ފަށްޓަވައި ދެއްވަނީ: އެ މަޝްރޫއު ހަވާލުކުރީ ސިންގަޕޫރުގެ ކުންފުންޏަކާ.-- ފޮޓޯ: ރައީސް އޮފީސް
05 ޑިސެމްބަރ 2016 - 14:08
އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފި އެވެ.
ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތް ކުރާ 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ގެ އެ އިމާރާތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރި މައްސަލަ ބެލުމަށް ފަހު އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ.
ބިޑް ކުރުމެއް ނެތި އަދި ޓެންޑާ ބޯޑަށް ވެސް ހުށަހެޅުމެއް ނެތި އިކޮނޮމިކް ކައުންސިލުން ކަނޑައަޅާ ފަރާތްތަކަށް ބޮޑެތި މަޝްރޫއުތައް ހަވާލު ކުރެވިދާނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނާއިރު އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ޝެންހުއާ ކުންފުންޏާ ހަވާލުކުރަން ނިންމީ އިކޮނޮމިކް ކައުންސިލުން ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ. އަދި އެ މަޝްރޫއުގައި ކުރަންޖެހޭ މަސައްކަތާ އަޅާ ބަލާއިރު ޝެންހުއާ އިން ހުށަހެޅި އަގަކީ އެންމެ އެކަށީގެންވާ އަގު ކަމަށް އިކޮނޮމިކް ކައުންސިލަށް ފެންނާތީ ބިޑް ކުރުމެއް ނެތި އެ މަޝްރޫއު އެ ކުންފުންޏަށް ދޭން ނިންމީ އެ ކައުންސިލުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކުރިން އެކި ގައުމުތަކުގައި ހޮސްޕިޓަލްތައް އިމާރާތް ކޮށްފައިވާ ޝެންހުއާ ކުންފުނިން އެ މަޝްރޫއުގެ އަގުގެ ގޮތުގައި ހުށަހެޅި 140 މިލިއަން ޑޮލަރަކީ އެ މަޝްރޫއަށް ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރި އަދަދާ އެންމެ ގާތްކުރާ އަދަދު ކަމަށް އޭސީސީން ބުންޏެވެ. އަދި އެ މަޝްރޫއަށް ކުރިމަތިލި އެހެން ކުންފުނިތަކަކީ އެކަމުގެ ތަޖްރިބާ ނެތް ކުންފުނިތަކެއް ކަމަށްވެފައި އެ ކުންފުނިތަކުން ހުށަހެޅީ ލަފާ ކުރެވޭ އަދަދުތަކެއް ނަމަވެސް ޝެންހުއާ އިން ހުށަހެޅީ ލަފާ ކުރެވޭ އަދަދެއް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ.
ޑައިގްނޯސް ސެންޓަރެއް ވެސް ހިމެނޭ ގޮތަށް އިމާރާތްކުރާ އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ނިންމަން ޖެހެނީ 2018 ވަނަ އަހަރު އެވެ. އެތަން އިމާރާތް ކުރަނީ އެއް ލައްކަ މީހުންނަށް ޚިދުމަތް ދެވޭ ފަދަ ގޮތަކަށް ކަމަށް ސަރުކާރުން ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީމުހާ
06 December 2016
އެއްމެފަހުން ނިމޭއިރު އެމްއެމްޕީއާރުސީގެ މައްސަލަވެސް ނިމޭނީ މިހެން
އެސޮރު
06 December 2016
ކަރަޕްޝަން ނުފެންނަ ގާނޫނުހެދީމާ އޭސީ ސީއަކަށް ކީއްކުުރަން އެއްތަނަކަށްވެސް ކަރަޕްޝަނެއް ނުފެންނާނެ. ގާނޫނުގައި ޚިޔާނާތް ހުއްދަވެއްޖެނަމަ ޚިޔާނާތެއް އެކަކުވެސް ނުވާނެ ނޫންތޯ ؟
ހަމަ ވަގެއް
06 December 2016
25 ބުރި އިމާރާތަކައް 140 މިލިޔަން ޑޮލަރު. ހެހެ،
ހަސަދު
06 December 2016
ރާއްޖޭގައި ކޮންތާކުތޯ ކޮރަޕްޝަން އޮތީ. ރާއްޖެ އަކީ ވަރަށް ސާފު އެއްވެސް ވައްކަމެއް، މާރާމެރި އެއްނެތް ގައުމެއް ނޫންތޯ.
އަލިދީދީއައްޑޫސިޓީ
06 December 2016
ކަންކަން ރަނގަޅުވާނީ އަންޓި ކަރަޕްޝަން ކަމިޝަން އިން ހިންގަވާ ތަހްގީގުތަކާއި ކުރައްވާ ދިރާސާތަކާއި ނެރުއްވާ ރިޕޯރޓް ތައް ބަލައި އެއީ ރަނގަޅަށް ކުރެވިފައިވާ ކަންކަންތޯ ބަލައި ހެދުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު މުސްތަގިއްލު އަމިއްލަ ފަރާތަކާއި ހަވާލުކުރުމުގެ ގާނޫނެއް ވުޖޫދަށް ނެރެ، އެފަދަ ޖަމާއަތެއް އުފެދި ކަންކަން ބެލެން ފެށި ދުވަހަކުން. އަދި ރައްޔަތުންގެ މަޖިލިސްގެ މިނިވަން މުއައްސަސާ ތަކާއި ބެހޭ ކޮމިޓީ އަކީ، ގާނޫނީ އިމުގެތެރޭގައި ރައްޔަތުންގެ ލާބަޔާއި މަންފާއަށް ހިނގާ ކޮމިޓީއަކަށް ވީދުވަހަކުން.
އާދަމް
06 December 2016
ސަދާޤާތް ފައުންޑޭޝަނަށް އެމީހުން ބޮޑެތި އަދަދުން ޑޮނޭޓޫ ކުރިޔަސް އަދި އެފަިސާ އެތަނުން ކެމްޕޭނަށް ބޭނުން ކުރިޔަސް ނުވާނެ ކޮރަޕްޝަނަކަށް..
އެކްސް
06 December 2016
މިސަރުކާރުން ކޮރަޕްޝަނުގެ އަމަލެއް ނުހިންގާނެކަން އެންމެ ތުއްތު ކުއްޖާއަށްވެސް އެނގޭނެ.. ލަދުންގޮސް ބޯހަލާކު.
ޏ.އަލްގެދަރ އާންތު ޝަރީފު
06 December 2016
ވަރަށް ގިނަ ކޮމަންޓް އެކަމަކު އެކެއް ގެ ވެސް ހަނދާނަކު ނެތް ކޮރަޕްޝަނު ގެ ކަންތައް ކުރީ. ގެ ނައިބު ހިސާބުން ނިމިއްޖެ. މިހާރު އޭސީ ސީ އެއް ބޭނުމުއް ނޫން
ވަރަށް ދެރަ
06 December 2016
ތިއީ ހަމަ ރާވައިގެން ކޮށްފަ އޮތް ކަމެއް! ކޮނމެވެސް ބަޔަކު ދަންނަ ދެތިން ކުންފުނި ގެނެސް ވަކި ގޮތަކަށް ޕްރޮޯސަލް ހައްދާފަ ބާކީ ކޮށްލަނީ! ހަމަ ރިތިކޮށްވެސް ރާވައިގެން! ހަނދާން ވަނީ ތި ހޮސްޕިޓަލް އެޕޯލޯ ކިޔާ ބަޔަކަށް ވަކި މުއްދަތަކަށް ހިންގަން ދޭން ކުރީގެ ސަރުކާރަކުން އުޅޫނީމަ މަގުމައްޗައް ނިކުމެ ހޯބޯ ލެވި މީހުންގެ މަތިން! އޭރު އެކަންތައް ވީ ރަތް ލާ ޖެހި ކޮރަޕްޝަނަކަށް! މިއަދު ތިކަން ވީ ސާފު ސީދާ ތާހިރު ބިޑިންގ ޕްރޮސެސް އަކަށް!
އަލްޖިބްރާ
05 December 2016
މިސަރުކާރުން ކޮރަޕްޝަނުގެ ކަމެއް ހިންގިކަމަށް ބުނާކަށް އޭ.ސީ.ސީ އަކަށް ނުކެރޭނެ ! "ޕަޕެޓުން " ކިޔަނީ އެހެންވެ !