ޚަބަރު / ކުދިންނަށް ޖިންސީ ގޯނާކުރުން

މާލޭގެ ޕްރީސްކޫލެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން.-- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

މާލޭގެ ޕްރީސްކޫލެއްގައި ކުޑަ އަންހެންކުއްޖަކަށް ގިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ރިޕޯޓު ލިބުމާ ގުޅިގެން އެ ކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއީ ކުޑަކުއްޖެއްގެ މަސްލަހަތު އޮތް މައްސަލައެއް ކަމުން އިތުރު ތަފުސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާކޮށްފައި ވަނީ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މީގެ ހަތަރު ދުވަސް ކުރިން ކަމަށް ވާއިރު، އެ ކުއްޖާ އަށް އަނިޔާ ލިބުނީ ކާކުގެ ފަރާތުން ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ޖިންސީ ގޯނާގެ ސަބަބުން އެ ކުއްޖާ އަށް ލިބުނު އަނިޔާތަކަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.

14 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 20%
icon angry icon angry 76%
icon wow icon wow 2%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމާސަމް

17 October 2021

ކުށް ކުރާ މިފަދަ ފަރާތްތަކުގެ މައުލޫމާތު ސިއްރު ކުރުމުން އެކަމުން ލިބޭ ފައިދާ އަކީ ކޮބައިބާއޭ ހިތައްއަރާ. އެއީ ހަމަ އެފަދަ ކުށް ތަކުރާރުކުރުމަށް ލިބޭ ހިތްވަރެއް ނޫން ދެން ކޮންކަމެެއް؟ އެކަމުގެ ސަބަބުން ކިތައް މީހުން އެކަމުގެ ބިރުވެރި ކަމުގެ ތެރެއަށް ވެއްޓިގެން އެދަނީ؟ އެފަދަ މީހުންނާ މެދު ސަމާލުވާން ވެސް އިނގޭނީ އެމީހެއްގެ ވަނަވަރު އާންމުންނަށް ހާމަ ކުރުމުން ނޫންތަ އަޅެ. އެކަހަލަ ނުބައި ނުލަފާ ބަޔަކު ރައްކާތެރިކުރުމުގެ ބޭނުމެއް ކޮބާ؟؟؟

The name is already taken The name is available. Register?

ާާާޓޓޓޓ

17 October 2021

ކުއް ކުރާ މީހާ އެއް ނޫން. އަނިޔާ ލިބޭ ފަރާތުގެ މައުލޫމާތު ސިއްރު ކުރަނީ.

The name is already taken The name is available. Register?

ބޯސަކަރާތް ވައްތަރު

17 October 2021

މީ ކޮންކަހަލަ ޤަވާއިދެއް އޮންނަ ގައުމެއް. ޑްރަގްސް، ވައްކަން، މީހުން މެރުން ފަދަ ކުށްވެރިންގެ ވަނަވަރު އާއްމު ކުރަން އޯކޭ. އެކަމު ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މީހުންގެ މައުލޫމާތު ސިއްރު ކޮށްފަ. އެނގެން އެބަ ޖެހޭ. އެފަދަ މީހުންނާމެދު ސަމާލުވެވޭނީވެސް މައުލޫމާތު ދީގެން. އެހެން ކުދިންނަށް ހުރި ބޮޑު ބިރެއް މިބައިގަނޑާ ހުރެ.

The name is already taken The name is available. Register?

ހަސަނު

16 October 2021

އެ ސްކޫލު އެނހެންޖެހޭ.. ކުއްޖާ ނޭގުނަސް އެއީ ކޮން ސްކޫލެއް ކަން އެނގެން ޖެހޭ..

The name is already taken The name is available. Register?

ދޮން ހަސަނު

16 October 2021

ވަރަށްގިނަ ބެލެނިވެރިންގެ ކަންބޮޑުވުންތައް މިހާރު ހުންނާނެ. ކޮން ސުކޫލެއްކަން ހާމަ ކުރަންޖެހޭ. ކުއްޖާގެ މަޢުލޫމާތުތައް ސިއްރު ކުރިޔަސް ހުރިހާ ކަމެއް ސިއްރު ކުރާކަށް ނުޖެހޭ.

The name is already taken The name is available. Register?

މަންނާނު

16 October 2021

ކީއްވެ ސަރުކާރާއި ނުގުޅުވެންވީ މިހާރު ފެންތައްޓެއް ވެސް ނުބޮވޭ ސިޔާސީ ވެރިން އަތް ނުބާނާ

The name is already taken The name is available. Register?

ޒިންމާ

16 October 2021

ރ ޔާމީން ދައުރު މިވަރެއް ނޫން . އެހެންތާ ވާނީ . މިސަރުކާރު އައިސް ފުރަތަމަ ވެސް ދޫކޮށްލީ އޭގެ މީހެއް .

The name is already taken The name is available. Register?

ޚޖުުފ ޮޮކހh

16 October 2021

ކުޑަކުއްޖާގެ މަސްލަހަތު ގަތަ ތިކަމެއްހިނގި ސްކޫލްގެ ނަމާ ފިޑޮފައިލްގެ ނަންވެސް ތިސިއްރުކުރަނީ. ތިސްކޫލަށްދާ އެހެންކުދިންގެ ހައްގުކޮބާ؟ ކުޑަމިނުން ތިއީ ކޮންސްކޫލެއް ކަން ބުނެދެވެންވާނެ.

The name is already taken The name is available. Register?

ނިޝާ

16 October 2021

އަޅެ މިކަހަލަ ކަމެއް ހިނގީމަ ކީއްވެތަ ކޮން ސްކޫލެއްގަ ހިނގި ކަމެއް ކަން ނާންގަނީ. ކުށް ކުރި މީހާގެ މައުލޫމާތު އާންމުންނަށް އެނގުން އަސްލު މުހިންމެއްނޫންބާ؟

The name is already taken The name is available. Register?

ޢިޒޫ

16 October 2021

ޢަޅެ މީ ކޮންސްކޫލެއްގައި ހިނގި ކަމެއްކަން އެގެން ބޭނުން އަދި މިޓީޗަރއަކީ ކާކުތޯ؟

The name is already taken The name is available. Register?

މުލޭ

16 October 2021

ޒިންމާވާނީ އެކަން ކުރިމީހާ. އޭނާ ޒިންމާ ކުރުވަން ވެސް ޖެހޭނެ. ހާދަ އިތުބާރެއް ކޮށްފައޭ ދަރިންް އެމީހުންނާ މި ހަވާލުކުރަނީ. އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް އެމީހަކު ވަގުތުން ހައްޔަރު ކުރޭ. މިޔަކީ ސަރުކާރަކާ ގުޅުވޭނެ ކަމެއް ނޫން. ފިޔަވަޅުއަޅާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454