11 އޯގަސްޓް

August 11, 2018 36
ގަބޫލުނުކުރެވޭ އަދަދަކަށް އެބަ ރީރަޖިސްޓްރީ ކުރޭ: އިބޫ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާފައިވާ އަދަދު ގަބޫލު ކުރަން ދަތިވަރަށް ގިނަ ކަމަށާއި އެހެންވެ، އެކަމަށް ސަމާލު ވުމަށް، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ އިލްތިމާސް ކުރައްވައިފި އެވެ.

07 އޯގަސްޓް

August 07, 2018 8
"ބާއްވަން މި އުޅެނީ އިންތިޚާބެއް ނޫން، އިންގިލާބެއް"

އަންނަ މަހުގެ 23 ގައި ބާއްވަން އުޅެނީ ރިޔާސީ އިންތިޚާބެއް ނޫން ކަމަށާއި އެކަމަކު އެއީ ރައްޔިތުން ގެންނަ "އިންގިލާބެއް" ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިރޭ ވިދާޅުވެއްޖެ އެވެ.

06 އޯގަސްޓް

August 06, 2018 45
އެޗްޑީސީގެ އެންގުމާ އެއްގޮތަށް އިދިކޮޅު ޖަގަހަ ބަންދު

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީީސީ)ގެ ހުއްދަ ނުހޯދައި، ހުޅުމާލޭގައި ހިންގާ ކަމަށް ބުނެ އިިއްޔެ ޖޫރިމަނާ ކުރި އިދިކޮޅު ކޯލިޝަންގެ ޖަގަހަ ހުއްޓާލުމަށް އެ ކުންފުނިން...

August 06, 2018 99
ސިޔާމަކީ ރައީސްގެ ވަފާތެރި އެކުވެރިއެއް: ނިހާން

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމަކީ ރައީސް އަބްދުﷲ ޔާމީންގެ ވަފާތެރި އެކުވެރިއެއް ކަމަށް،...

05 އޯގަސްޓް

August 05, 2018 47
އިދިކޮޅުން އުޅެނީ އިންތިޚާބު ހައިޖެކް ކުރަން: ޚަލީލް

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރާއްޖޭގައި ހަމަނުޖެހުން އުފައްދައި، އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު ހައިޖެކް ކުރަން ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ސެކްރެޓަރީ...

August 05, 2018 5
ގެންގުޅޭނީ އިސްލާމީ ރިވެތި އުސޫލުތައް: ފައިސަލް

އިދިކޮޅު ކޯލިޝަންގެ ވެރިކަން ވެގެން ދާނީ އިސްލާމީ އެންމެ ރިވެތި އުސޫލު ގެންގުޅޭ ވެރިކަމަކަށް ކަމަށް އެ ކޯލިޝަންގެ ރަނިން މޭޓް، ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

02 އޯގަސްޓް

August 02, 2018 1
އަދިވެސް ހަމަހަމަ ފުރުސަތެއް ނުލިބޭ: އިދިކޮޅު ކޯލިޝަން

ރިޔާސީ އިންތިޚާބު ގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެވެންދެން ވެސް، އެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތާއި ސަލާމަތީ ކަންކަން ފޯރުކޮށްދޭން ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަންގަވާފައިވީ ނަމަވެސް އެ ކަންތައްތައް މިހާތަނަށް ކޮށްދީފައި...

01 އޯގަސްޓް

August 01, 2018 8
24،000 މީހުން ރީ-ރެޖިސްޓްރީ ކޮށްފި: އިލެކްޝަންސް

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް މިހާތަނަށް 24،000 މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

31 ޖުލައި

July 31, 2018 8
ވޯލްޑް ބޭންކުން 12 މިލިއަން ޑޮލަރުގެ އެހީއެއް ދެނީ

ރާއްޖޭގެ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ޕްރޮޖެކްޓަށް ވޯލްޑް ބޭންކުން 12 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

July 31, 2018 30
ރިފޯމް އުފެއްދިޔަސް ޕީޕީއެމެއް ނުލިބޭނެ: އަބްދުއްރަހީމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި އިސްލާހީ ހަރަކާތުގެ ސަޕޯޓަރުން "މައުމޫން ރިފޯމް މޫވްމަންޓް" (އެމްއާރުއެމް) ގެ ނަމުގައި ހަރަކާތްތެރިވާން ފެށިޔަސް، ޕީޕީއެމް ނުލިބޭނެ...

July 31, 2018 20
"ގައުމު އޮތީ ރިޝްވަތުގެ ހާއްޔަކަށްވާން ކައިރިވެފައި"

ގާނޫނުލް އުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖީލިހަށް ބިލެއް ހުށަހަޅާފައިވާ އިރު، ގައުމު މިހާރު އޮތީ ރިޝްވަތުގެ...

29 ޖުލައި

July 29, 2018 32
ޕީޕީއެމް ރިފޯމް ކުރަން އެއްޗެއް ނޯންނާނެ: ރައީސް ޔާމީން

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގައި ރިފޯމް ކުރާނެ އެއްޗެއް ނޯންނާނެ ކަމަށާއި އެ ޕާޓީން ރިފޯމް ގެންނަން ބޭނުންވާ ހުރިހާ ކަމެއް ފަލްސަފާގައި ލިޔެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

28 ޖުލައި

July 28, 2018 45
ތަރައްގީ ގެންނާނީ މުޅި ރާއްޖެއަށް ހަމަހަމަކޮށް: އިބޫ

ވެރިކަން ލިބިވަޑައިގެންފި ނަމަ މުޅި ރާއްޖެއަށް ހަމަހަމަކަމާއެކު ތަރައްގީ ގެނެސްދެއްވާނެ ކަމަށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

26 ޖުލައި

July 26, 2018 11
މައުމޫންގެ އިސްލާހީ ހަރަކާތުގެ ނަމަކަށް އެމްއާރުއެމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި އިސްލާހީ ހަރަކާތުގެ ސަޕޯޓަރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، މައުމޫން ރިފޯމް މޫވްމަންޓު (އެމްއާރުއެމް)ގެ ނަމުގައި...

July 26, 2018 40
އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް އިބޫގެ ފޯމު ހުށަހަޅައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމްގެ ފޯމު އިލެކްޝަންސް...

25 ޖުލައި

July 25, 2018 5
މެނިފެސްޓޯ ވަރަށް އަވަހަށް ފައިނަލް ވާނެ: އިބޫ

އިދިކޮޅު އިއްތިހާދުގެ މެނިފެސްޓޯ ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ފައިނަލްވާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

24 ޖުލައި

July 24, 2018 8
ރަނިންމޭޓުކަން ފައިސަލްއާ ރަސްމީކޮށް ހަވާލުކޮށްފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓްކަން ފައިސަލް ނަސީމްއާ ޖުމްހޫރީ ޕާޓީން ރަސްމީކޮށް...

July 24, 2018 14
ފޮޓޯ ހިމަނަންނުޖެހޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ހިމަނަން ނުޖެހޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގަވާއިދު އިސްލާހުކޮށް އިއްޔެ ގެޒެޓް ކޮށްފި އެވެ.

22 ޖުލައި

July 22, 2018 18
ނުކުޅެދޭ މީހުން ވޯޓުލާނެ ގޮތާ މެދު މަޝްވަރާ ކުރަނީ

ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް ކަނޑައަޅާފައި އޮތް އުސޫލާ ގުޅޭގޮތުން އަލުން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އީސީން މިއަދު ބުނެފި އެވެ.

20 ޖުލައި

July 20, 2018 23
އިތުރު 28 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަނީ

ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާނީ ހަތް ރިސޯޓެއްގައި ކަމަށް ކަނޑައެޅުމުން ޝަކުވާތައް ބޮޑުވެ އެކަން ބަދަލުކުރުމަށް ފަހު އިތުރު 28 ރިސޯޓެއްގައި ފޮށި ބަހައްޓަން ނިންމައިފި އެވެ.

19 ޖުލައި

July 19, 2018 5
ގިނަ ރިސޯޓްތަކެއްގައި ވޯޓު ފޮށި ބެހެއްޓުމަކީ ކާމިޔާބެއް

ރިސޯޓެއްގައި ވޯޓު ލާން 100 މީހުން ރަޖިސްޓްރީކޮށްފި ނަމަ އެ ރަށެއްގައި ވޯޓު ފޮއްޓެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

18 ޖުލައި

July 18, 2018 16
އިބޫ އެ ވިދާޅުވާ "ލީޑަރުން" ކޮބާ؟

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އެހީތެރިކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިއްޔެ އެދިވަޑައިގަތުމުން، އެ ވިދާޅުވާ...

July 18, 2018 6
އިދިކޮޅު އިއްތިހާދުގެ ކަންބޮޑުވުންތައް އިލެކްޝަނަށް

އަންނަ ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ކަންތައް ހަމަޖައްސަމުންދާ ގޮތާ މެދު އިދިކޮޅު އިއްތިހާދުން ކަންބޮޑުވާ ކަންތައްތައް، އެ އިއްތިހާދުގެ ފަރާތުން...

17 ޖުލައި

July 17, 2018 35
ފެންނަނީ ވޯޓު އޮޅުވާލަން މަސައްކަތްކުރާތަން: އިބޫ

ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ރައްޔިތުންގެ ވޯޓަކުން ކާމިޔާބު ހޯއްދަވަން ނޫން ކަމަށާއި ނަތީޖާ ނެރުމަށް މަސައްކަތް ކުރައްވާތަން ފެންނަނީ ވޯޓު އޮޅުވާލުން ފަދަ ކަންކަމުގެ ތެރެއިން ކަމަށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ތުހުމަތުކުރައްވައިފި އެވެ.