ގުރައެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަން އެ މީހާގެ ފޮޓޯ ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ، އެ ފޮޓޯއިން ފެންނަ މީހާއަކީ މި އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ބިސްބުރު ކައިރިިން ޖަވާހިރު ހިނގުމުން، 3،500ރ. ގެ އަގު ހުރި ގުރައެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމަށެވެ.

ނަމަވެސް، އެއީ ކޮން ވައްތަރެއްގެ ގުރައެއް ކަމެއް ފުލުހުން ނުބުނެ އެވެ.

އެ މައްސަލައާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުން އަންނަ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފޮޓޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.