ގއ. ދާންދޫ --
09 ނޮވެމްބަރ 2021 - 11:10
ތަރައްގީގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި ގއ. ދާންދު އާއި އެ ރަށާ ކައިރީގައި އޮންނަ ނިލަންދޫ ރައްޔިތުންގެ އެދުމަކަށް، އެ ދެ ރަށް ބްރިޖަކުން ގުޅުވާލަދިނުމަށް ދާންދޫ ކައުންސިލުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައި، އިއްޔެ ގަރާރެއް ނެރެފި އެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް މިއަދު "މިހާރު" އަށް ވިދާޅުވީ އެ ރަށާއި ނިލަންދޫ ބްރިޖަކުން ގުޅާލަދިނުމަށް ގޮވާލައި ގަރާރެއް ނެރުނީ، އެ ދެ ރަށުގެ ކައުންސިލާއި ރައްޔިތުންނާއި އަދި އަތޮޅު ކައުންސިލާ ވެސް ވަރަށް ގިނަ މަޝްވަރާތައް ކުރުމަށް ފަހުގައި ކަމަށެވެ.
އާސިފް ވިދާޅުވީ މި ދެ ރަށް ގުޅުވާލުމަކީ ވަރަށް ކުރިންސުރެ ވެސް ރައްޔިތުން ބޭނުންވެފައި ތިބި ކަމެއް ކަމަށާއި މި ދެ ރަށަކީ ވަރަށް ކައިރީގައި އޮންނަ ރަށްތަކަކަށް ވާތީ، ކަންކަމުގައި މިހާރު ވެސް އެއް ރަށް އަނެއް ރަށަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަށެވެ. އެހެންވެ، ދެ ރަށް އެއްގަމުމަގުން ގުޅުވާލެވިއްޖެ ނަމަ، ރައްޔިތުނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ރަށު މީހުންނަށް ނިލަންދޫ އަށް ނުގޮސް ނޫޅެވޭ. ނިލަންދޫ މީހުންނަށް މި ރަށަށް ނައިސް ނޫޅެވޭ. އާއިލީ ގޮތުން ވެސް ދެ ރަށުގައި ވަރަށް ގިނަ މީހުންގެ ގުޅުން އޮވޭ،" އާސިފް ވިދާޅުވި އެވެ.
"ބޭސްފަރުވާގެ ކަންކަމުގައި ވެސް އަންނަނީ މި ރަށު މަރުކަޒަށް. އެހެންވެ، މޫސުން ގޯސް ދުވަސްތަކެއް އަތުވެއްޖެ ނަމަ، މި ކަންކަމުގައި ވަރަށް ތަކުލީފުތައް ރައްޔިތުން އެބަ އުފުލަން ޖެހޭ."
މި މަސައްކަތް ކުރެވިއްޖެ ނަމަ، މި ދެ ރަށުގެ އާބާދީ ކުރިއަރާ ދިއުމަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް އާސިފް ވިދާޅުވި އެވެ.
މި ދެ ރަށުގެ ތެރެއިން ބޮޑު އާބާދީއެއް އޮންނަނީ ދާންދޫގަ އެވެ. އެ ރަށުގައި 2،000 އެއްހާ މީހުން ދިރިއުޅޭއިރު، ނިލަންދޫގެ ދިރިއުޅެނީ 600 އެއްހާ މީހުންނެވެ.
ދާންދޫ ކައުންސިލުންގެ ހުރިހާ މެމްބަރުން ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ބުނެފައި ވަނީ ލާމަރުކަޒީ އުސޫލުން ކަންކަން ކުރިއަށް ގެންދިއުމުގައި، އެންމެ އެކަށީގެންވާ ގޮތުގައި އެންމެ ހަރަދުކުޑަކޮށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ދާންދޫ ދާއިރާގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ އެ ރަށާ ކައިރީގައިވާ ހުރިހާ ރަށްތަކެއް ގުޅުވާލެވިގެން ކަމަށެވެ.
އެ ގަރާރުގައި އިތުރަށް ބުނެފައި ވަނީ އެ ރަށުން ފެށިގެން އެ އަތޮޅު ވިލިނގިއްޔާ ހަމަ އަށް ބްރިޖަކުން ގުޅާލައި، އެ ސަރަހައްދު އެއްފަސްކުރުމަށް އެ ރަށާ ކައިރީގައި އޮންނަ އެހެން ރަށްތަކުގެ ކައުންސިލްތަކުގެ މެދުގައި ވެސް މަޝްވަރާތައް ކުރަމުން މިހާރު އަންނަ ކަމަށާއި، އެ މަޝްވަރާތަކަށް ވެސް ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
އެ މަޝްވަރާތައް ކުރެވުނުއިރު، މި ވަގުތު އެންމެ ފަސޭހައިން ގުޅުވާލެވެން އޮތީ ދާންދުއާ 1،390 މީޓަރު ކައިރީގައި އޮންނަ ނިލަންދޫ ކަމުން، އެ މަސައްކަތް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހާއި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
ދާންދު އާއި ނިލަންދޫ ގުޅާލުމަށް ގޮވާލިއިރު، ސަރުކާރުން ވަނީ ރަށްތައް ގުޅާލަން ކޯޒްވޭ ހެދުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ހަ ޕްރޮޖެކްޓެއް ހިމަނައިިފަ އެވެ. މި ޕްރޮޖެކްޓުތަކަށް ފަސް މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.
ބަޖެޓުގައި ހިމަނާފައި ވަނީ މ، ތ، ލ. އަދި ބ. އަތޮޅުގެ ރަށްތަކެއް ގުޅާލުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ގޮއިދޫ އާއި ބ. ފެހެންދޫ ގުޅާލުމާއި ލ. ކުނަހަންދޫ އާއި ލ. މެންދޫ ގުޅާލުމާއި ލ. ކަލައިދޫ އާއި ލ. ދަނބިދޫ ގުޅާލުމާއި ލ. ހިތަދޫ އާއި ލ. މެންދޫ ގުޅާލުމާއި ތ. ވޭމަންޑޫ އާއި ތ. ކިނބިދޫ ގުޅާލުމުގެ އިތުުރުން މ. މުއްޔާއި މ. ނާލާފުށި ގުޅާލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރިޖުގަރާރު
10 November 2021
މިއީ ސަރުކާރާއި އިދިކޮޅު ކައުންސިލެއް އޮތުމުން ހިތުން ސަރުކާރަށް ޖެއްސުންކޮށް ފުރައްސާރަކުރުމުގެ ގޮތުން ކޮށްފައިއޮތް ކަމަކާއި ވައްތަރު. ނަމަވެސް ތިގަރާރު ނެރުމުން ސާފުވަނީ ތިކަންކުރިބައެއްގެ ގާބިލުކަން ނެތްމިންވަރު. ސަބަބަކީ ކައުންސިލުތަކުން ނެރޭ ގަރާރެއްގައި ހުންނަ ކަންތައްތައް ކުރުމަށް ސަރުކާރަށް ލާޒިމެއް ނުވާނެ. އަދި ކައުންސިލުތަކުން އަމިއްލައަށް ތަނަވަސްކަން އިތުރުކޮށްގެން ޚިދުމަތްދިނުމަކީ ކުރަންޖެހޭކަމެއް.
ޕްލޭން އޭ
10 November 2021
ގދ. ތިނަދޫ - ގދ. ކާޑެއްދޫ - ގދ. މަޑަވެލި - ގދ. ހޯޑެއްދޫ- ގދ. ނަޑެއްލާ- ގދ. ރަތަފަންދޫ- ގދ. ފިޔޯރީ - ގދ. ފަރެސްމާތޮޑާ ބުރިޖަކުން ގުޅާލަން، ގަރާރެއް އަދި މަގުޗާޓެއް ހަދަމާ. ހަދާނީ ބައިބަޔަށް ބަހާގެން ބްރިޖް ޑިވެލޮޕް ކުރާގޮތަށް. ފުރަތަމަ ފިޔަވަހީގައި ބްރިޖް އަޅާނީ ގދ. ތިނަދޫ - ގދ. ކާޑެއްދޫ - ގދ. މަޑަވެލި - އަދި ގދ. ހޯޑެއްދުއާ ހަމަޔަށް. #މިކަމާ ވެންނެއި #އަހަރި ކެރަންނާ
ގަރާރޭ
09 November 2021
މަށަށް ފެންނަނީ ދެރަަށުގަ ދެ އެއާޕޯޓު އަޅަށް. އޭރުން އިދިހެނެ ބައްތެއްލާގަ ދެރަށު ދޭތެރޭ ދަތުރު ކުރެވޭނެ.
ކޮއިމަލާކަލޯ
09 November 2021
ރަސްގެތީމާ އަނގޮޅެތީމު ބުރިޖަކުން ގުޅާލަނީ ކޮންއިރަކުން.
ބޮޑުމީހާ
09 November 2021
ވިލިގިލި، ކޫއްޑޫ، މާމެންދޫ، ދާންދޫ، ނިލަންދޫ ބްރިޖްތަކަކުން ގުޅުވާލާ މުޅި ސަރަހައްދަކީ އެއްސިޓީ ކަމުގައި ހަދާ 7 މެމްބަރުންގެ ސިޓީ ކައުންސިލެއް އެކުލަވާލާ އެއް ސްކޫލް، އެއް ހޮސްޕިޓާ އެއް އިންޖީނުގެ ހިންގީމަ ނިމުނީ
ފަރީ
09 November 2021
ދެން މިއައީ ބްރިޖް މޫސުމް.
ގަދަހަސަނު
09 November 2021
ގޮވިއަކަސް ބުރިޖެއް ނޭޅޭނެ.
ރާއްޖެ
09 November 2021
މައި ސަރުކާރުން ސްކޫލް ބޭރު ފާރުގަ ލާނެ ކުލަ ކޮޅެއް ނުދީގެން ސަލާން ޖަހާ އިރު ދެ ރަށް ދެމެދު ބްރިޖް އަޅާނެ ގޮތެއް އެއީ ނެތް ގޮތެއް ކަން ތީގަ ސޮއި ކުރި މީހުންނަށް ވެސް ހަމަ ރަގަޅަށް އެނގޭނެ. މިއީ ސުމެއްގެ ސަރުކާރެއްް.
ބަރުރިޔާނީ
10 November 2021
މިފަދަ ޤަރާރަކީ ކޮންމެހެން ވެސް ބޭނުންތެރި އެއްޗެއް. ކަން ޙާޞިލު ނުވިޔަސް މިފަދަ އިޝޫ ތަކުގެ ސަބަބުން މިހާތަނަށް ރައްޔިތުން އެކަންކަމާއިމެދު ނުވިސްނާ ފިކުރު ނުހިންގާކަންކަމަށް ފިކުރު ހިންގަން ފަށާނެ. ކަންކަން ބޭނުންވާ ސްޕީޑްގައި ނުހިނގަނީ އަދި ސަރުކާރުތަކުން އަޅާނުލާ ތިބެނީ ރައްޔިތުން ލޮނުމަޑުކޮށް ތިބޭތީ. ރައްޔިތުންގެ ގިނަމީހުންގެ އަދިވެސް ޙާލަކީ ފައިސާ އަށް ވޯޓް ވިއްކުން. ކުރަންހުރި ކަންކަމާއިމެދު އެމީސްމީހުން ފިކުރެއް ނުކުރޭ.
ޭެއެޑްމުންޑޯ
09 November 2021
ސަރުކާރުން މިއުޅެނީ. ޜަށުގެ ހުންނަ ސިއްޙިމަރުކަޒުގެ ފުރާޅުން ވާރޭހޭތަން ރަގަޅު ނުކުރެވިގެން ، ދެން ކިހިނެއް ބޮޑު ކަނޑެއް ހުރަސްކޮއް ބްރިޖެއް އެޅޭނީ ، ނުވާނެވަރުގެ ކަންތަކަށް ގަރާރު ނުނެރެ ވާނެހެން ހީވާކަހަލަ ތަރައްގީގެ ޕްރެޖެކްޓްތަކަށް ގަރާރު ނެރެވޭތޯ ބަލާބަލަ ،
ޑެބީ
09 November 2021
ގަރާރު ނެރެންވީނު ބްރިޖަކުން ތިނަދުއާ ގުޅާލަން. އުޑެއްބުޑެއް ނޭގޭ މީހުންތައް ކައުންސިލުތަކަށް ހޮވައިގެން މިކަލަ ގަރާރު ނެރުން ނޫންކަމެއް އެބަ ކުރޭތަ؟