ލައިފްސްޓައިލް / ރީހެބިލިޓޭޝަން ޕްރޮގްރާމް

ޖަލުގައި 22 އަހަރު، މިހާރު ސޯޝަލް މީޑިއާ "ތަރިއެއް"

ބިލް ލޮރެންސް.

10 ނޮވެމްބަރ 2021 - 06:47

ދޮންބައްޕަ މަރާލި މައްސަލައެއްގައި މީހަކު 22 އަހަރު ފަހުން މިނިވަންވުމާ އެކު މިހާރު ސޯޝަލް މީޑިއާ "ތަރިއަކަށް" ވެއްޖެ އެވެ.

މި މީހާ އަކީ މިދިޔަ މަހުގެ ތެރޭގައި ކެލިފީނިއޯ ޖަލުން ދޫކޮށްލި ބިލް ލޮރެންސް އެވެ. ދޮންބައްޕަަ މަރާލިކަމުގެ ކުށް ސާބިތުވެ އޭނާ ޖަލަށްލީ 1999 ގަ އެވެ. އޭގެ 22 އަހަރު ފަހުން އޭނާ މިނިވަންވުމާ އެކު، ބިލްގެ ސޯޝަލް މީޑިއާ އިން ތައާރަފުކޮށް ދިނީ އަންހެން ދަރިފުޅު ޖަސްޓީން ޓަކާ، 28، އެވެ.

ޖަސްޓީން ފުރަތަމަ އާންމުކުރީ ބައްޕައާ އެކު ނަށާ ތަން ފެންނަ ޓިކްޓޮކް ވީޑިއޯއެކެވެ. ޖަސްޓިންޓަކެޓް106 ގެ ނަމުގައި އޭނާ ގެންގުޅޭ ޓިކްޓޮކް އެކައުންޓްގެ އިތުރުން އެ ވީޑިއޯ ޖަސްޓީންގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓް ކޮށްފައިވެ އެވެ.

އެއާ އެކު އޭނާ ބުނެފައި ވަނީ ބައްޕަ މިހާރު މުޅިން ބަދަލުވެއްޖެ ކަމަށާއި އެއީ މިހާރު މުޅިން އެހެން މީހެއް ކަމަށެވެ. ޖަސްޓީން ބުނި ގޮތުގައި ކުރި އާއި މިހާރާ އަޅާކިޔައިފި ނަމަ ބައްޕަ އަކީ ހަމަ މުޅިން ތަފާތު މީހެކެވެ. އަދި ބައްޕަ މުޅިން އިސްލާހުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

"އެހެންވީމަ އެފަދަ މީހުން އަލުން މުޖަތައުމަށް އެނބުރި އައުން ވަރަށް ހައްގު." ޖަސްޓީން ބުންޏެވެ.

އޭނާއާ އެކީ ބައްޕަ ނަށާ ވީޑިއޯގެ ފަހުން ބިލް އާއިލާއާ އެކީގައި ނަގާފައިވާ ވަރަށް ގިނަ ފޮޓޯތައް ވެސް ޖަސްޓީންގެ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކާދަ ދަރިންނާ އެކު ބިލް އުޅޭ މަންޒަރު ފެންނަ ފޮޓޯތައް ވެސް ހިމެނެ އެވެ.

މީހަކު މަރައިލުން ފަދަ ބޮޑު ޖަރީމާއެއްގައި ބެދި 22 އަހަރު ޖަލުގައި ހޭދަކުރި މީހަކު މިނިވަންވެ، އާއިލާ އިން އޭނާ ބަލައިގަތުމުން، ބައްޕަ "ޕްރޮމޯޓް ކުރަން" ޖަސްޓީން ކުރާ މަސައްކަތްތަކަށް ވަަރަށް ގިނަ ބަޔަކު ހިތްވަރު ވެސް ދީފައިވެ އެވެ.

އެގޮތުން ބޮޑެތި ކުށްތައް ކުރާ މީހުން ވެސް އިސްލާހުވެދާނެ ކަން ގަބޫލު ކުރަން ޖެހޭ ކަމަށާއި އަދި ކޮންމެ މީހަކީ ވެސް އާއިލާ އާއި މުޅި މުޖުތަމައުގެ އެހީތެރި ކަމާއި އެއްބާރުލުން ލިބެން ޖެހޭ މީހެއް ކަމަށް ބުނެފައިވެ އެވެ.

ބަޒްފީޑާ ވާހަކަ ދައްކަމުން ޖަސްޓީން އާއި ބިލް ބުނީ އެ މީހުން ދެން ބޭނުން ވަނީ މާޒީ އެއްކޮށް ހަނދާން ނައްތާލައި، ވަރަށް އުފާވެރި އާއިލާއެއްގެ ގޮތުގައި އުޅެން ކަމަށެވެ. ޖަސްޓީން ބުނި ގޮތުގައި ބައްޕަ ނަށާ ތަން ފެންނަ ވީޑިއޯ އަކީ ހަގީގަތުގައި ބައްޕަ ހިޔާލަކަށް ހެދި އެއްޗެކެވެ.

"ސޯޝަލް މީޑިއާގެ ވާހަކަ ބައްޕަ އަށް ވަރަށް ބޮޑަށް އެނގިފައި އޮތީ. އެކަމަކު ކުރިއަކުން އެއްވެސް އެޕެއް ބޭނުން ކުރުމުގެ ފުރުސަތު ލިބިފައި ނެތީމަ މިހާރު ދެން ބޭނުން ވަނީ އެ އެއްޗެހި ބޭނުންކޮށް ގިނަ ބަޔަކު އުފާވާ ކަހަލަ އެއްޗެހި ގެނެސްދޭން،" ޖަސްޓީން ބުންޏެވެ. "ބައްޕަ އަކީ އަހަރެން ގޮތަށް ނަށަން ލޯބިކުރާ އަދި ވަރަށް މަޖާ މިޒާޖެއްގެ މީހެއް."

ބިލް ބުނީ ޖަލުގައި ހޭދަކުރި ދިގު މުއްދަތުގެ ތެރޭގައި އޭނާ އަށް އެންމެ ބޮޑަށް ދަސްވި އެއް ކަމަކީ ބްރެއިލް ޓްރާންސްކްރިޕްޝަން ކަމަށެވެ. އަދި އެކަމުން އޭނާ ކުރި މަސައްކަތުން ލައިބްރަރީ އޮފް ކޮންގްރެސް އިން ސެޓްފިކެޓް ވެސް ލިބިފައިވެ އެވެ.

"ޖަލުން މިނިވަންވުމަކީ އާ ފެށުމެއް. އަހަންނަށް މިހާ ބޮޑު ބަދަލެއް އައީ ރިހިބިލިޓޭޓް ވާން ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފީމަ،" ބިލް ބުންޏެވެ. "އެހެންވެ ބޭނުންވޭ އަހަރެންގެ ތަޖުރިބާ ގިނަ ބަޔަކަށް ކިޔައިދޭން ވެސް."

ދަރިފުޅު ޖަސްޓީން ހުރީ ބައްޕައާ އެކީގަ އެވެ. އެހެންވެ ދެ މީހުންގެ މަސައްކަތްތައް ކުރިއަށް އޮތީ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454