ޚަބަރު / ހުސައިން ޝަމީމް (ޕީޖީ)

ގާނޫނާ ހިލާފު ކަންކަން ކޮށްފައި ފުލުހުންނަށް ވެސް ރެކިގަނެގެން ނުދެވޭނެ: ޕީޖީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ފުލުހުންނަށް ވެސް ކުށް ކޮށްފައި ރެކިގަނެގެން ނުދެވޭނެ ކަމަށް -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފުލުހުންގެ މައްޗަށް ދައުވާ ކުރަން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި ނަމަވެސް، ދައުލަތް ހިންގަން ތިބި މީހުންނަށް ވެސް ގާނޫނާ ހިލާފު ކަމެއް ކޮށްފައި ރެކިގަނެގެން ނުދެވޭނެ ކަން އެނގެން ޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއް ކޭމްޕެއްގައި ތުލުސްދޫއަށް ގެންދަނިކޮށް އެ ކުދިންތައް ކަނޑުމަތީގައި ހަމަނުޖެހުން ހިންގަން ފެށުމުން އެ ކުދިންގެ އަތުގައި ފުލުހުން ބިޑި އެޅުވި މައްސަލައިގައި އެޗްއާރްސީއެމްއިން ދައުވާ ކުރަން ފޮނުވީ ޖެންޑާ މިނިސްޓްރީގެ ބޭފުޅުންނާއި ފުލުހުން ވެސް ހިމެނޭ ގޮތަށް 30 މީހަކަށެވެ. އެކަމަކު، ޕީޖީ އޮފީހުން ދައުވާ ކުރީ ހަމައެކަނި 13 ފުލުހަކަށެވެ.

މި މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަނަށް ފާހަގަ ކުރެވިގެން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނައުމުން އެ ކޮމިޝަނުން ބެލި މައްސަލައެކެވެ. ޓޯޗާގެ މައްސަލަތައް ބެލުމުގެ ބާރު އޮންނަނީ އެޗްއާރްސީއެމް އަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު"އިން މި މައްސަލައާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، ފުލުހުންނަށް ދައުވާ ކުރަން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، ނަމަވެސް އެކަން ގާނޫނީ ގޮތުން ކުރަން ޖެހުމުން ކުރައްވާނެ ކަމަށެވެ.

"ވަރަށް ދެރަ ކަމެއް އަޅުގަނޑުމެން ފުލުހުންގެ މައްޗަށް ދައުވާ ކުރަން ޖެހުމަކީ. އަޅުގަނޑު ވެސް މާ ހިތްހަމަ ޖެހޭ ކަމެއް ނޫން މާ އުފާވާ ކަމެއް ނޫން އެކަމަކު ކުރަން ޖެހޭ ކަމެއް. އެއީ ގާނޫނީ ގޮތުން ކުރަން ޖެހޭ ކަމެއް." ޝަމީމް ވިދާޅުވި އެވެ.

ފުލުހުން ވެސް ހިމެނޭހެން ދައުލަތް ހިންގަން ތިބި މީހުން ގާނޫނާ ހިލާފު ކަންކަން ކޮށްފައި ރެކިގަނެވެގެން ނުދެވޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. ކުޑަކުދިންނާ މެދު އެކަހަލަ ކަންކަން ކުރާ މީހުންގެ ވާހަކަ ހާއްސަކޮށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ދައުލަތް ހިންގަން ތިބި މީހުންނަށް ވެސް އެބަ އެނގެން ޖެހޭ ފުލުހުންނަށް ވެސް ހުރިހާ އެންމެންނަށް ވެސް، ހާއްސަކޮށް ކުޑަކުދިންނަށް އެކަހަލަ ކަންކަން ކޮށްފައި، ހަމަ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަންކަން ކަމަށް ގަބޫލު ކުރެވޭ ކަންކަން ކޮށްފައި އޭގެން ރެކިގެނެއް ނުދެވޭނެ. ދެވިގެން ވެސް ނުވާނެ." ޝަމީމް ވިދާޅުވި އެވެ.

"ދައުލަތް ހިންގަން ތިބި މީހުންނަށް ވެސް އެބަ އެނގެން ޖެހޭ ފުލުހުންނަށް ވެސް ހުރިހާ އެންމެންނަށް ވެސް، ހާއްސަކޮށް ކުޑަކުދިންނަށް އެކަހަލަ ކަންކަން ކޮށްފައި، ހަމަ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަންކަން ކަމަށް ގަބޫލު ކުރެވޭ ކަންކަން ކޮށްފައި އޭގެން ރެކިގެނެއް ނުދެވޭނެ. ދެވިގެން ވެސް ނުވާނެ." ޝަމީމް ވިދާޅުވި އެވެ.

މި މައްސަލައިގައި ފުލުހުންގެ އެފްސީޕީޑީގެ ވެރިޔާ މުހައްމަދު ބަޝީރަށާއި ރައީސް ޔާމީންގެ ސަރުކާރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އަށް ވެސް ދައުވާ ކުރަން ފޮނުވި އެވެ. އެކަމަކު، ޕީޖީ އޮފީހުން ނިންމީ ދައުވާ ނުކުރާށެވެ. އެއީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ. އެ ނިންމުމުން ނިންމުމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ބިޑި އެޅުވުމާ ބެހޭ ގަވައިދު ލިޔުއްވީ އޭނާކަން ފާހަަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ކުރިމައްޗަށް ވިޔަސް ފަހަތަށް ވިޔަސް ބިޑި އަޅުވާފައި ހުއްޓާ ކުއްޖަކު ކަނޑަށް ފުންމާލައިފި ނަމަ ދާނީ އަޑިއަށް ކަމަށެވެ. އެހެންކަމުން، އެއީ އެ ކުދިންގެ ރައްކާތެރިކަމަށްޓަކައި ކުރި ކަމެއް ކަމަށް ބުންޏަސް ކުދިންގެ ރައްކާތެރި ކަމަށް ޓަކައި އަޅުވަން ޖެހޭނީ ލައިފް ޖެކެޓު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުދިންގެ ރައްކާތެރިކަމަށް ޓަކައި އަޅުވަން ޖެހޭނީ ލައިފް ޖެކެޓު. ބިޑިއެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ހިޔާގެ ކުދިންގެ އަތުގައި ކަނޑުމަތީގައި ބިޑި އެޅުވި އިރު އެ ފެރީގައި އެ ކުދިން ބަލަހައްޓާ ޖެންޑާގެ މުވައްޒަފުން ވެސް ތިއްބެވެ. އުޅަނދުގައި ތިބި ޖެންޑާގެ މުވައްޒަފުންގެ މައްޗަށް ދައުވާ ނުކުރީ ކީއްވެތޯ ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ، ވަކި މައްސަލައެއްގައި ހުށަހަޅާފައިވާ ހެއްކަށް ބަލައި މައްސަލަ ސާބިތު ކުރެވޭނެ ކަމަށް ނުފެންނަ ނަމަ ކޯޓަށް ހުށަނާޅާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ދަތުރުގައި ދިޔަ ޖެންޑާގެ ބޭފުޅަކު އެ މައްސަލަ އެޗްއާރުސީއެމްއަށް ރިޕޯޓު ކުރި އެވެ. އެހެން ނަމަވެސް، އެ މައްސަލަ ނުބަލައި ބާއްވާފައި އޮތީ އެވެ. އެ މައްސަލަ ފާހަގަވީ މާ ފަހުން ރިޔާސީ ކޮމިޝަނަށެވެ.

57 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 6%
icon angry icon angry 83%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިހާބޮޑުކަމެއްހޭ؟

15 November 2021

އެކަމަކު، އެސް.އޯ.އެފަށާއި، އަލީވަހީދަށާއި، އަޑޭއަށް ވަރަށް ފަސޭހައިން ރެކިގަނެވޭ.

The name is already taken The name is available. Register?

އައްޓަމަސް

15 November 2021

ރެކިގަނެވޭނީ ހަމަ އެކަނި ޕޖ ބޭނުންވާ ބަޔަކަށް! މީއަރަތެއްނު؟ ޑުރަގުގެ ކަމެއްގައި 10 މީހުން ހައްޔަރުކުރިޔަސް ހުރިޙާބޮޑުން ދޫވަނީ، ފިހާރެއްގައި މަސްތުވާތަކެތި ގެންގުޅުނު ބޮންދުވެސް ދޫވީ، ކޮންމެވެސް އިޖުރާތެއް ފުރިހަމަނުވާތީ؟ އިޖުރާތަކީ މަތިން އައިއެއްޗެއްތަ؟މިއަދު ބޭނުންގޮތަކަށް ތެޅިފައި މާދަމާ އަނދާއަޅި އަށް ވާއިރު ﷲގެ އަޒާބުން ރެކިގަނެވޭނެބާ؟ ކޯޓުތައްވެސް ރަހީނުވެފައި، ގާޒީންރިޝްވަތުގެ ވަބާގައިޖެހިފައި މުލިގަވްމު ފަނާވެދަނީ ކާކުބާ ޒިއްމާނަގާނީ؟

The name is already taken The name is available. Register?

މިޔަރޭ

15 November 2021

އަޅާނުލާ އައްޓަމަހާ. މިއޮތީ ފަހުޒަމާން އައިސް ލައިގެންފައި. ދެން ކުރާނެ ކަމެއް ނެތް. މިޒަމާނުގައި ވާނޭ ކަމަށް ބަޔާންކުރައްވާފައިވާ ކަންކަން މިދަނީ ފެންނަމުން.

The name is already taken The name is available. Register?

މުލޭ

15 November 2021

ދައުލަތުން ކަންކަމުގައި ގޮތް ނިންމާއިރު ބުއްދި އިސްކުރަންޖެހޭ. މިފަދަ ދައުވާތަކުގެ ނަތީޖާ އަކަށްވާނީ ތިފަދަ ކަންކަމުގައި، ވަޒީފާއަދާކުރަން ނުވަތަ އެހީތެރިވުމަށް މަސައްކަތްކުރަން މީހުން ފަސްޖެހުން. މިއުޅެނީ ގޭތެރޭގައި ނުވަތަ އާންމު ތަނެއްގައި ތިބި ޑިސިޕްލިން ރަނގަޅު ކުދިންތަކެއް ކަމަކާނުލައި ބިޑިއުވައިގެން ނޫންކަން ޕީޖީ އަސް ވެސް އަދި އެޗްއާރްސީއެމަށް ވެސް އެނގެން އެބަޖެހޭ. ޙާލަތު ވަޒަންކުރަން ނޭނގުމަކީ ދެބައިމީހުންގެ ވެސް ނުކުޅެދުންތެރިކަމެއް.

The name is already taken The name is available. Register?

ފފފފ

15 November 2021

ރައްޔިތުންނަށް އޮޅުވާލާ ދޮގުހެދިދާނެ. އެކަމަކު ހާލިޤުވަންތަ ﷲ ސވއ މޮޅަށް ދެނެވޮޑިގެންވޭ.. އަނިޔާވެރިންގެ ނިމުމުގެ މިސާލަކީ، މޫސާގެ ފާނުގެ ފިރުއައުނުގެ ނިމިގެން ދިޔަގޮތް.. އެކަމެއް ނިންމެވުމަށް އެއިލާހު އިރާދަކުރެއްވި އިރަކުން އެކަމެއް ނިންމަވާނެ. ބާރު ލިބުމުން އަނިޔާވެރިނުވާ އެކަކު މިސަރުކާރުގައިނެތް.

The name is already taken The name is available. Register?

އލިކޮބެ

15 November 2021

ފުލުހުންގެ ވެރިންނައް ބޯ ދަމައިގަނެވެނީ.

The name is already taken The name is available. Register?

އެލެކޮސް އޮބި

15 November 2021

ކޮންމަންޑޭލާއެއް ޕީޖީއެއްކިޔާކަށް ތަރުބިއްޔަތު ކުރެވޭނީ އަދަބުވެސް ދެވިގެން. އިސްލާމްދީނަކީ އެންމެ ފުރިހަމަދީން މިދީނުގަ ގިސާސްހިފުންލައްވާފަވަނީ މަތިވެރި ހިކުމަރަކަށްޓަކާއި. މިކަމާދުރަން ހާކިމްދިއުމުގެ ނަތީޖާއަކީ ގުޑުގުޑާދޫންޏަށްވުރެއްވެސް އިންސާނުންގެ ފުރާނަ ނިކަމެތިކަން އަގެއްނެތްކަން. ދަރިންނާއި މުޖުތަމައު އިސްލާހުކުރެވޭނީ އިސްލާމީސަރީއަތުގަ ހިފައި އެއަށް އަމަލުކޮންގެން. މިމުޖުތަމައުން ފެންނަށް ނޭތްގާނީ ހުރިހާސިފައެއް އައީ ދީނާ ދުރައްދިއުމުން

The name is already taken The name is available. Register?

ރޮތާނާ

15 November 2021

ބޮޑު ވާހަކަ ދައްކާ މީޑިއާއިން ސުރުޚީ ނެގޭތޯ މިބަލަނީ، ސަރުކާރުން ބޭނުން ނޫން މީހެއްގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ

The name is already taken The name is available. Register?

2526

15 November 2021

7 ފެބުރުވަރީ ތަހްޤީޤުކޮއް ބަޤާވާތް ކޮއްފައިވާ ޕޮލިސް އަށް ދައުވާ ނުކޮއް މިޤައުމު ސަލާމަތް ނުވާނެ

The name is already taken The name is available. Register?

4545

15 November 2021

މިގައުމުގައި ބަޣާވާތެއް ނުކުރެވޭ. ބަޣާވާތެއް ކުރުމަށް މަސައްކަތް ކުރި ދުވަހަކީ، 3 ނޮވެމްބަރ 1988. އެދުވަހުގެ ކަންކަން ބަލާ އަދިވެސް ފިޔަވަޅު އެޅިދާނެ. އެދުވަހު ދިވެހިންގެ 19 މީހުން ޝަހީދުކުރި. މިއީ ދިވެހިން ހަނދާނެ ނެތުނެއްކަމަކު، ގިޔާމަތްދުވަހުން ބާޣީންނަށާއި ބާޣީންނަށް އެހީތެރިވެދޭ އެންމެންގެ ކަންކަން އިންސާފުން ނިންމަވާނެ ދުވަސް.

The name is already taken The name is available. Register?

މުލޭ

15 November 2021

7 ފެބްރުއަރީއާ ގުޅިގެން ހިންގި ތަހުގީގުން ސާބިތުވީ އެއީ ބަޣާވާތެއް ނޫންކަމަށް.

The name is already taken The name is available. Register?

1828

15 November 2021

އަމިއްލަ ފުޅަށް އިސްތިއުފާ ދިނުން ބަޢާވާތަކަށް ވާނަމަ އެކަމުގައި ބްލޭމް ކުރަން ޖެހޭނީ ރޫހާނީ ލީޑަރު.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

15 November 2021

ޤާނޫނު ނެގެހެއްޓުމަށްޓަކާ "ދައުވާކުރުމަކީ ދެރަކަމެއްކަމަށް" ޕީޖީއަށް ހީފުޅުވުމަކީ އަހަރުމެންދެރަވެ ކަންބޮޑުވާކަމެއް. # ދައުލަތުގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ހިމާޔަތަށްޓަކާ "ފުލުހުންގެމައްޗަށް ދައުވާކުރާން ޖެހުނުކަމުގައިވިޔަސް" ފަސްޖެހުމެއްނެތި އެކަންކުރާނެކަމުގެ ޔަޤީންކަންދެއްވުމުގެ ބަދަލުގައި ދައުލަތުގެ ޕްރޮސިކިއުޓަރ ގެފަރާތުން ފެންނަމުން މިދަނީ ގައިގައި ރަޖާ އޮޅައި ރޮއި އާދޭސްކޮށް "ހާދަ ދެރައޭ ބުނެ" ބިންމަތީގައި ދެފައި ތަޅާކަހަމަ މަންޒަރެއް.

The name is already taken The name is available. Register?

ދިއްދޫމީހާ

15 November 2021

ބަލަ ޕީޖީ ކިޔާދީބަލަ 15،16،17އަހަރުގެ ކުދިން ކަނޑުމަތީގަށް ނުކިޔަމަންތެރިކަން ދެއްކީމަ އެކުދިން ގައިގާ ލައިފްޖެކެޓް އަޅުވާނެ ގޮތް؟؟ ތީހަމަ ނުކިޔަމަންތެރިވާ ޤައިދީގައިގާ ގަދަކަމުން ބިޑިއެޅުވީމަ އެޗް،އާރް،ސީ،އެމްއިން ބުނާނެ ގަދަކަމުން ބިޑިއެޅުވުމަކީ މަންޑޭލާ ރޫލޫސްއާ ހިލާފްކަމެކޭ، އެކަމްނުބުނާނެ ސިންގަޕޫރްގެ އޮންނާނެ މަސްތުވާތަކެތި އެތެރެކޮއް ވިއްކާ މީހުން މަރާނެ ވާހަކަ، އެވާހަކަ ނުބުނާނެ،،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454