ލައިފްސްޓައިލް / ދަނޑުވެރިކަން

އެއް ގަހަކުން 10 ވައްތަރެއްގެ މޭވާ، މިއީ ރެކޯޑެއް

ސަރަފްގެ ގަހާ އެކު ފޮޓޯއަކަށް ހުއްޓިގެން.

އެއް ގަހެއްގައި އެތައް ބާވަތެއްގެ މޭވާ އަޅައިފާނެ ކަމަށް ގަބޫލުކުރަން ހަމަގައިމު ވެސް ދަތިވެދާނެ އެވެ. އެކަމަކު މިފަދަ ގަހެއް ހައްދައިގެން މީހަކަށް މި ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގައެއް ލިބިފަ އެވެ.

މި މީހާ އަކީ އިރާގުން އޮސްޓްރޭލިއާ އަށް ހިޖުރަކޮށްފައިވާ ހުސަމް ސަރަފެވެ. ޕޮޓެއްގައި އޭނާ ހައްދާފައިވާ އަދި ތިރިކޮށް ގޮފިތައް އެކި ދިމާލަށް ފެތުރިފައިވާ ގަހަށް ރެކޯޑެއް ލިބުނީ ފަސް ބާވަތަކުން 10 ވައްތަރެއްގެ މޭވާ އަޅާ ގަހެއްގެ ގޮތުގަ އެވެ. މި ގަހުގައި އަޅާ ވައްތަރުތަކުގެ ތެރޭގައި ވައިޓް ނެކްޓަރީންޒް، ޔެލޯ ނެކްޓަރީންޒް، ވައިޓް ޕީޗް، ޔެލޯ ޕީޗް، އެޕްރިކޮޓް، ޕީޗްކޮޓްސް، އާމަންޑްސް، ޗެރީ، ރެޑް ޕްލަމް އަދި ގޯލްޑް ޕްލަމް ހިމެނެ އެވެ.

މި އާދަޔާހިލާފު ގަހާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ ޝެޕާޓަންގެ ސާނަވީ ސްކޫލެއްގެ މަލްޓި-ކަލްޗްރަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސަރަފް ބުނީ ގަސް އާދަޔާހިލާފު ގަހަކަށްވީ އެއް ޕޮޓެއްގެ ގިނަ ވައްތަރެއް މުޑުވައް ކުރުމުން (ގްރާފްޓިން)، ހުރިހާ މުޑުވަކެއް އެކުވެ، އެއް ގަހަކުން އެތައް ބާވަތެއް ލިބޭ ގަހަކަށްވުމުން ކަމަށެވެ.

"އެގޮތަށް މުޑުވައް ކުރަން ބޭނުންވީ ވެސް އަހަރެން އަދާކުރާ މަގާމާ ވެސް ގުޅުވާލައި، ސަގާފަތް އެކުވި ގޮތަށް ގަހުން ވެސް އެފަދަ ތަފާތެއް ގެންނަން." ސަރަފް ބުންޏެވެ.

ސަރަފްގެ ގަސް.

މި ގަހާ އެކު އޭނާ އަށް ރެކޯޑް ކަށަވަރުކުރެވުނީ ކުރިން މިފަދަ ގަހެއް ހެއްދި ޗިލީގެ މީހަކު ބަލިކުރުމަށް ފަހު އެވެ. އެގޮތުން ލުއީ އެޗް ކަރާސްކޯ ކިޔާ މީހާ ހެއްދި ގަހަކީ ނެކްޓްރީންޒް އާއި ޕީޗްގެ ދެ ވައްތަރަކުން ހަތަރު ބާވަތެއްގެ މޭވާ ލިބޭ ގަހެކެވެ. އެކަމަކު ސަރަފްގެ ގަހަކީ ފަސް ބާވަތެއް މޭވާ ލިބޭ ގަހެކެވެ.

އޭނާ ކިޔައިދިން ގޮތުގައި ގޭގެ ބަގީޗާ ތެރޭގައި ގަސް ހެއްދުމަކީ ވަރަށް ޝައުގުވެރިކަމާ އެކު ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ވަރަށް ގިނަ ވައްތަރުގެ މޭވާ އާއި ތަރުކާރީ އާއި ފަތްފިިލާވެއްޔާއި މާމެލާމެލީގެ ގަސްތައް ވެސް ހައްދާ ކަމަށް ބުންޏެވެ.

"ރެކޯޑަކަށްވި ގަހަށް ބަލާ އިރު ގަހުގައި ބައެއް ފަހަރު ބާވަތްތައް ވަކިން އަދި އެކީގައި ވެސް އަޅާ،" ސަރަފް ބުންޏެވެ. "ގަސް ތަފާތު ގަހަކަށްވުމަށް މަގުފަހިވި އެއް ސަބަބަށް ވާނެ ބަގީޗާ ތެރޭގައި އުޅޭ ކޮކާތަކާއި ކުޅަނދުރު ފަދަ ތަކެތި މިކްސްކޮށް ޕޮލިނޭޓްކުރުން."

އިރާގްގައި އުޅުނު ހަނދާންތަކާ ބެހޭ ގޮތުން އޭނާ ބުނީ އެންމެ ކުޑައިރުގެ ދުވަސްވަރަކީ ވެސް ދަނޑުވެރިކަން ކުރުމާއި ތަފާތު ގަސްތައް އިންދުމުގެ ހޭދަކުރެވުނު ދުވަސްތަކެއް ކަމަށެވެ.

"މާމަ އާއި ކާފަ އަދި އަވައްޓެރިންނާ އެކީގައި ވެސް ދަނޑުވެރިކަން ވަރަށް ބޮޑަށް ކުރެވުނު. އެ ދުވަސްވަރު ސްކޫލްގައި އުޅެމުން މޭވާ ގަސްތައް ގްރާފްޓްކުރުމުގެ ބޭސިކް ދަސްވީ،" ސަރަފް ބުންޏެވެ. "އޭރު ވެސް ވަރަށް ގިނަ ބާވަތްތަކުގެ ތަކެތި ހައްދައި އުޅުނިން. އެހެންވެ ގަސް ހެއްދުމާއި ހާއްސަކޮށް ކާނާގެ ގޮތުގައި ބޭނުން ކުރެވޭ ކަހަލަ ގަސްތައް ހެއްދުމަކީ ވަރަށް ވެސް ޝައުގުވެރި ކަމަކަށްވެފައި އޮތީ."

އެކަމަކު ބޮޑުވަމުން އައި ދުވަސްވަރު ފަހުން މިކަން ބޮޑު ހޮބީއަކަށްވެ، އަލުން ގަސް ހެއްދުމާއި މިކަމުގައި ތަފާތު އެކްސްޕެރިމަންޓްތައް ކުރެވެން ފެށީ އޮސްޓްރޭލިއާ އަށް ހިޖުރަކުރި ފަހުން ކަމަށް ސަރަފް ބުންޏެވެ.

"މިހާރު އަހަރެންގެ ބަގީޗާ ތެރޭގައި އާދަޔާހިލާފު ގަހެއް ހުންނަކަން އެނގުނީމަ މިތަން އޮންނަނީ ބަލަން އަންނަ ކޮންމެ މީހަކަށް ވެސް ހުޅުވާލާފައި. އެހެންވެ ވަރަށް ގިނަ މީހުން އައިސް ގަހުގެ ފޮޓޯ ވެސް ނަގާ." އޭނާ ބުންޏެވެ.

ސަރަފް ގަސް ކައިރީގައި.

ސަރަފް ބުނި ގޮތުގައި ތަފާތު ޓެކްނިކްތައް ބޭނުންކޮށްގެން ގަސް ހެއްދުމަކީ ކުރިމަގު އޮތް ކަމެކެވެ. ސަބަބަކީ މޫސުމީ ބަދަލުތަކާ ހެދި މިހާރު ވެސް ވަރަށް ގިނަ ބާވަތްތަކުގެ ގަސްތަައް ނެތި އަދި ބާވަތެއް ނެތިދިއުމުގެ ބިރު ވެސް އޮތުމެވެ.

"އެހެންވެ އަހަރެން މިހާރު ގަސް އިންދުމުގައި މި ބޭނުންކުރާ އުކުޅުތައް ދަސްކުރަން ބޭނުން ކޮންމެ މީހަކަށް ދަސްކޮށް ވެސް ދޭނަން،" އޭނާ ބުންޏެވެ. "އެހެންވެ ވަރަށް ބޮޑު އަމާޒެއް އެންމެ ބޮޑު ގާޑެނިން ސެޝަން ނަގައި ދީގެން ރެކޯޑެއް ހެދުމަކީ ވެސް. މިހާރު އެ ރެކޯޑް އޮތީ 286 މީހުންނާ އެކު ކުވައިތަށް. އަހަރެންގެ ޓާގެޓަކީ މަދުވެގެން އެއްހާސް މީހުންނާ އެކު ސެޝަނެއް ބާއްވައިގެން ރެކޯޑެއް ހެދުން."

ގަހަކުން ލިބުނު އާ ރެކޯޑާ އެކު ސަރަފްގެ މަސައްކަތަށް ހުއްޓުމެއް ނެތެވެ. އޭނާ މިހާރު ވެސް އޮތީ އިތުރު ދެ ގަހަކަށް ރެކޯޑް ކަށަވަރުކުރަން ހުށަހަޅައިފަ އެވެ. އެއީ އެއް ގަހެއްގައި އެންމެ ގިނަ ވައްތަރުގެ ސްޓޯން ފުރުޓް އަޅާ އަދި އެއް ގަހަކުން އެންމެ ގިނަ ވައްތަރުގެ އާފަލު އަޅާ ގަހެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 11%
icon angry icon angry 0%
icon wow icon wow 22%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

87654

19 November 2021

ތިކަން އަހަރެމެންނަ މާކުރިން އިގޭ. އޮއޮތީއެއް ނޫން " މާމުއިން ކަލޭމެން ކަދުރު ނެރޭށޭ، އަދި އޭގެ ފަހުން ކަދުރުން ކަޅުދިރި ނެރޭށެވެ. އޭގެ މެދުތެރެއިން މިހުރިހާ އެއްޗަކަށް ވުރެ އެއްގަަހަކުން މިހުރިހާ މޭވައެއް ނެރޭށެވެ" ކިހާ ފުރިހަމަ. މިކަހަލަ އެއްޗެއް ނުލިޔެވޭނެ އެކަކަށްވެސް

The name is already taken The name is available. Register?

އަބްޑޫޅް

21 November 2021

ފާރިސް ކަރައިގެ މަޖޫސީން ލިޔުނު ސާހުނާމާ ތިޔަޔަށް ވުރެން މާ މޮޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454