ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން
22 ނޮވެމްބަރ 2021 - 10:23
ތުރުކީ ވިލާތުގެ ވިޔަފާރީގެ ދާއިރާގައި ހިނގާ ރިބާ އެކުލެވޭ ހުރިހާ މުއާމަލާތްތަކެއް ހުއްޓުމަކަށް ގެނެސް، ގައުމުގެ އިގްތިސާދު ރިބާއިން ސަލާމަތް ކުރައްވަން ގަސްދުކުރައްވާ ކަމަށް، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އުރުދުގާން ވިދާޅުވީ، ބޭންކު އިންޓްރެސްޓްގެ ބުރަ، ރައްޔިތުން އުފުލަން ނުޖެހޭނެ ގޮތެއް ހައްދަވާނެ ކަމަށެވެ. އެހެންކަމުން އެކްސްޕޯޓް ކުރުމާއި އިންވެސްޓްކުރުން އިތުރުކޮށް، އިތުރު ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް، އެ ގައުމުގެ ކުންފުނިތަކަށް އުރުދުގާން ގޮވައިލެއްވި އެވެ.
"ދެން ހުއްޓި ހުރެވޭކަށް ނެތް. ބޭންކު އިންޓްރެސްޓުގެ ދިފާއުގައި ވަކާލާތު ކުރާ މީހުންނާ އެކު، މިކަމުގައި ދެން އިތުރަށް ކުރިއަށް ދެވޭކަށް ނެތް،" އުރުދުގާން ވިދާޅުވި އެވެ.
އުރުދުގާންގެ އެ ނިންމެވުމާ ގުޅިގެން، ޖެހިގެން އައި ދުވަހު ތުރުކީ ވިލާތުގެ މަރުކަޒީ ބޭންކުން ވަނީ، އެ ބޭންކުގެ އިންޓްރެސްޓް ރޭޓް 15 ޕަސެންޓަށް ދަށް ކޮށްފަ އެވެ. ތުރުކީ ސަރުކާރުން މި ސިޔާސަތު ތަންފީޒު ކުރަން ފެށިއިރު ވެސް، އެ ގައުމުގެ އިންފްލޭޝަން ރޭޓް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސް، އެމެރިކާ ޑޮލަރާ އަޅައި ބަލާއިރު، ތުރުކީ ލީރާގެ އަގު ވެސް ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އުރުދުގާން ވިދާޅުވި ގޮތުގައި އެ ގައުމުން ކުރި އިގްތިސާދީ ތަޖުރިބާތަކުގައި ކާމިޔާބު ހޯދުނީ، ހަގީގީ އިގްތިސާދެއްގެ ޒަރީއާއިންނެވެ. އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުގެ ތެރޭގައި ތުރުކީ ވިލާތް ހިމެނިގެން ދިޔައީ، ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް، ޚިދުމަތްތައް ފުޅާކުރުމުން ކަމަށާއި، އެއީ ބޭންކު އިންޓްރެސްޓްގެ ސަބަބުން ލިބުނު ކުރިއެރުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އުންމާންގެ މުފްތީ އައްޝައިޚް އަހްމަދު ބިން ހަމަދް
އޭގެ ބަދަލުގައި އުރުދުގާން ދެކެވަޑައިގަންނަވާ ގޮތުގައި ބޭންކު އިންޓްރެސްޓް ރޭޓު މަތިކުރުމަކީ، އޭގެ ސަބަބުން ގައުމީ އުފެއްދުންތެރިކަމަށާއި އިންވެސްޓްމެންޓުގެ ދާއިރާ އަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. އޭގެ އިތުރުން، ބޭންކު އިންޓްރެސްޓުގެ ސަބަބުން، އާންމު ރައްޔިތުން އެމީހުންގެ ފައިސާކޮޅު ބޭންކުތަކުގައި ޖަމާކޮށް، މަސައްކަތުން ދުރުހެލިވެ، ބޭންކުން ލިބޭ ފައިދާއިން ފުއްދާލައިގެން ތިބުމުން، ގައުމީ އުފެއްދުންތެރިކަމާ ކުރިމަތިވަނީ ކަންނެތްކަން ކަމަށް ވެސް އުރުދުގާން ދެކެވަޑައިގަންނަވަ އެވެ.
އުރުދުގާންގެ މި ނިންމެވުމަށް އުންމާންގެ މުފްތީ އައްޝައިޚް އަހްމަދު ބިން ހަމަދް އިއްޔެ ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ. ބޭންކް އިންޓްރެސްޓް ރޭޓް ދަށްކޮށް ރިބާގެ މުއާމަލާތްތައް ހުއްޓައިލަން، ތުރުކީގެ ރައީސް އުރުދުގާން ނިންމެވި ނިންމެވުމަށް ދުނިޔޭގެ އިސްލާމީ ގައުމުތަކުން އެއްބާރުލުން ދިނުމަށް ވެސް މުފްތީ ގޮވައިލެއްވި އެވެ.
"ރިބާ ކާ މީހުންނަށާއި ކާންދޭ މީހުންނަށާއި، ރިބާގެ މުއާމަލާތު ލިޔެދޭ މީހާއަށާއި ރިބާގެ މުއާމަލާތަށް ހެކިވާ މީހުންނަށް މާތް ﷲ ލަޢުނަތް ލައްވާފައިވާ، ރިބާގެ ނަޖިސްކަމުން އެ ގައުމުގެ އިގްތިސާދު ތާހިރުކުރުމަށް އިރުޝާދު ދެމުންދާ، އަހަރެމެންގެ އެއްބަނޑު އެއްބަފާ އިސްލާމީ ތުރުކީގެ ސަރުކާރަށާއި ވެރިންނަށް އަހަރެމެން މަރުހަބާ ކިޔަން،" އުންމާންގެ މުފްތީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
"މިކަމުގައި ތުރުކީ ވިލާތަށް އެއްބާރުލުން ދިނުމަށް އިސްލާމީ ހުރިހާ ގައުމުތަކުގެ ސަރުކާރުތަކަށް ގޮވައިލަން. މި އުންމަތުގެ އިގްތިސާދަކީ، ޚާލިސް އިގްތިސާދަކަށް ހެދުމަށްޓަކައި، ސީރިއަސްކަމާއި ވަރުގަދަ އަޒުމަކާއެކު، ތުރުކީ ވިލާތުގެ މި މަޝްރޫއު ތަންފީޒުކުރުމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ފަރާތުން ވަރަށް ބޮޑަށް އެދެން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެވިތެޔޮ
22 November 2021
ރިޒްގަކީ ﷲ ދެއްވާ އެއްޗެއް. ﷲ ވަނީ ރިޒްގު ހޯދަން ކުރާ ވިޔަފާރީގަ ރިބާގެ މުއާމަލާްތް އެއްގޮތަކަށް ވެސް ނުކުރަން އަމުރުކުރައްވާފަ. ދެން ރިޒްގު ދަތިވާ ސަބަބެއް އެއީ ﷲ އަށް އުރެދި ރިބާ ގެ މުއާމަލާމާތް ކުރުން. ދުނިޔެއާ އާޚިރަތުގަ ވަރަށް ދަތިވާނެ ކަމެއް ރިބާ އަކީ
ވާނުވާގަ
22 November 2021
އިންޓްރެސްޓަކާ އިގްތިސޯދަގާ އޮތް ގުޅުމެއް ކޮބާ؟ ޑުނިއޭގަ އެންމެ ކުރިއަރާފަ އޮތް 20 ގައުމުގަ އޮންނަނީ ކޮންކަހަލަ ބޭކިން ނިޒާމެއް؟
މަޒް
22 November 2021
ދުނިޔެވީ ކުރި އެރުމަކީ ކާމިޔާބެއް ނޫން.. ކާމިޔާބަކީ އާހިރަތް ހާސިލްކުރުން.. އާހިރަތް ހޯދަން ކުރާ ކޮންމެ މަސައްކަތަކީ ކާމިޔާބު..
އިސްމާޢީލް
22 November 2021
މިފަދަބޮޑު ނުބައިކަމަކުން މުސްލިމުން ސަލާމަތްކޮށް އިގްތިސާދުރަނގަޅުކުރަން ކުރާމަސައްކަތުން ﷲ ޠަޢާލާގެ ބަރަކާތްލައްވައި ރިޒްޤުތަނަވަސްވެ މީގެފޮނިމީރުކަން ފެނިގެންދާނެކަމީޝައްކެއް އޮތްކަމެއްނުން ސެކިއުލާވެގެން ނުލިބުނުކުރިއެރުމާއި ތަނަވަސްކަންމިހާރުވެސް ދަނީފެއްނަމުން
ހަސަނު
22 November 2021
ބޭންކް އިންޓަރެސްޓަކީ ރިބާއެއްނޫން...
މުހައްމަދު ރިޒާ
22 November 2021
ބޭންކް އިންޓަރެސްޓަކީ ރިބާއަށް ނުވާނެ ގޮތެއް ނިކަން ބުނެދީބަލަ!
ރިބާ
24 November 2021
އެހެންވިއްޔާ ދެން އެއަށް ކިޔަނީ ކީކޭ؟؟
ގުރައިދޫ
22 November 2021
މީ ހުސް މޮޅު ވާހަކަ ދައްކާ މީހެއް ކުރެވޭ އެއްކަމެއްވެސްނެތް. ފަލަސްތީނޭ ކިޔާ ވާހަކަ ދައްކާއިރު ހީވަނީ އިޒްރޭލުގެ ދުވަސް ދުއްވާލާނެހެން.
ބުރުވާލިބާގިރުގެ ސިޔާސީ ކާސިމު
22 November 2021
ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް ފިލާވަޅުދަސްކުރަން އެބަޖެހޭ ރައީސް އުރުދުޣާން އަރިހުން.
ޖަލީލީ
22 November 2021
ރިބާގެ ނުރައްކާތެރި ކަން އުހުރަވީ ގޮތުންނާއި ދުނިޔަވީ ގޮތުންވެސް އާދޭ
ޗުލްބުލް
22 November 2021
ސާބަހޭ އުރުދުޣާން..ތިޔައީ ހަޤީޤީވެރިންނަކީ..ދެން ތިބެނީ ކެހިވެރިން މަކަރުވެރިން.
ސަކީނާ
22 November 2021
ރިބާއިން ސަލާމަތްވީމަ ނިމުނީ ދޯ؟ ވަރިހަމަ ބައިތުލްމާލުން ހަރަދުކޮށްގެން އާއިލާއިން އަހަރަކު ތިންހަތަރު ފަހަރު ރާއްޖެޭގެ އަގުބޮޑެތި ރިޒޯޓްތަކުގަ ޗުއްޓީ ހެޭދަކުރިއަސް. އޭތި ހަލާލް.
އަހުމަދު001
22 November 2021
ކާކުތަ އަހަރަކު ތިންހަތަރު ފަހަރު ރާއްޖޭގެ އަގުބޮޑެތި ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރަނީ؟
ރަދީފްއޮފިޝިއަލް
22 November 2021
އޮންނަ އުސޫލުގެ ތެރެއިން ކުރާ ކަންކަމާއި ހަރާމް ކަމަކާއި އަޅާކިޔުން އެއީ ކޮހަކު ނޫނީ ނުކުރާނެކަމެއް.ވ.ވެދުން
އަހާލީ
22 November 2021
ސަކީނާ ތިޔައީ އެބޭފުޅާގެ ޕާރސަނަލް ސެކެޓްރީ ދޯ؟؟
ކުށްހޯދާ
22 November 2021
ނޭނގޭ ކަންކަމުގައި ކޮސްގޮވުމަކީ ތަންދޮރު ނުދަންނަ މީހުންގެ އާދައެކެވެ.
އައިސް
22 November 2021
ﷲ ޙަރާމް ކުރެއްވި ފާފައަކުން ޤައުމުގެ ރައްޔަިތުން ސަލާމަތްކޮށްދެއްވީމަ އާޚިރަތުގައި ލިބެން އޮތް ފައިދާ މާބޮޑޫވާނެ ދޫންޏާރަންކޮޅާ...
ރަދީފްއޮފިޝިއަލް
22 November 2021
ކޮބާ ފެނޭ؟؟ ފެނޭ ދޯ؟؟ އަހަރުމެން މިއީ ސައްތައިން ސައްތަ ދެއްތޯ!! ނަމަވެސް 24 ގަޑިއިރު ރިބާ ހޭކިފަ މިތިބެނީ.