23 ނޮވެމްބަރ 2021 - 06:04
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އިންޑިއާގެ އެކްޓަރު ކަރެންވީރު ބޮހޮރާއި އާއި އަންހެނުން ތީޖޭ ސިދޫ ރާއްޖެ ގެނެސްފި އެވެ.
މި ވާހަކަ ވިޒިޓް މޯލްޑިވްސް އިން ވެސް ހިއްސާ ކޮށްފައިވާ އިރު ކަރެންވީރު އަންހެނުންނާއި ތިން ކުދިންނާ އެކު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރާ ދަތުރުގައި ރާއްޖެ ޕްރޮމޯޓް ކުރާނީ އާއިލާތައް ޗުއްޓީ ހޭދަކުރަން ވަރަށް ހާއްސަ މަންޒިލެއްގެ ގޮތުގަ އެވެ. އެގޮތުން އެ މީހުން ތިބޭ ޕެރަޑައިސް އައިލޭންޑް ރިސޯޓްގެ ތަޖުރިބާތައް ދެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާ ކުރާނެ އެވެ.
Influencer couple from India arrive in the Maldives with family for a familiarization trip.#WorldsLeadingDestination #Maldives #VisitMaldives #SunnySideOfLifehttps://t.co/QucaLUYTht
— Visit Maldives (@visitmaldives) November 21, 2021
ޓީވީ އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވި ކަރެންވީރަކީ މި ފަހުން ފިލްމުތަކުން ވެސް ފެންނަ އެކްޓަރެކެވެ. މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 10 ގައި ވާދަކޮށްފައިވާ ކަރެންވީރު ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ކިޔުކީ...ސާސް ބީ ކަބީ ބަހޫތީ"، "ކަސޯޓީ ޒިންދަގީ ކޭ"، "އިޝްގްބާޒް" އަދި "ނާގިން" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.
އޭނާ މި ފަހުން ކުޅުނު ފިލްމުތަކުގެ ތެރޭގައި 2019 ގެ "ހަމޭ ތުމްސެ ޕިޔާރު ކިތުނާ" އަދި 2017 ގެ "ޕަޓޭލް ކީ ޕަންޖާބީ ޝާދީ" ހިމެނެ އެވެ.
އިންޑިއާގެ މާ މަޝްހޫރު ނޫން އެކްޓަރަކު ރާއްޖެ ޕްރޮމޯޓް ކުރަން ގެނައި އިރު، އިންޑިއާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިން މިހާރު ވަރަށް ގިނައިން ރާއްޖެ އަށް ޒިޔާރަތްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަވިޔަނި
23 November 2021
ރާއްޖެ އިޝްތިހާރު ކުރުމުގެ ކުރިން ހުޅުލޭ އެއަރޕޯޓް ތަރައްޤީ ކޮށްބަލަ. މައެންމެ ލަދުގަންނަނީ މިކަމާ. އިޝްތިހާރު ކޮށްގެން މީހުން އައިސް ފައިބަނީ ދޯނިއެހެލާ ހަރުގެއެއްފަދަ ތަނަކަށް. އިންޑިއާ އިން އަންނަ މީހުންވެސް މިހާރު ތިމަންޒަރު ދެކެން ނޭދޭނެ. މުމްބައި ދިއްލީ އެއާރޕޯޓުބަލާބަލަ. ބެންގައްލޫރު ހައިދަރުއާބާދު ޗެއްނާއީ އަދި ތްރިވަނަންތަ ޕޫރަމް އެއަރޕޯރޓްވެސް ތިއަށްވުރެ މާފުރިހަމަ.