އައިޖީއެމްއެޗުގެ މައި ކައުންޓަރު: އެތަނުގެ މައި ގޭޓު ކައިރީގައި ބަހައްޓާފައި ހުރި ފަންޑް ފޮއްޓެއް ވަގަށް ގެންދިޔަ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން. -- ފޮޓޯ/ މިހާރު
26 ނޮވެމްބަރ 2021 - 18:57
އައިޖީއެމްއެޗުގެ މައި ގޭޓުގެ ރިސެޕްޝަން ކައިރީގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެއް މިއަދު ހެނދުނު ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނާއި އެ ހޮސްޕިޓަލުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލުން ފަންޑު ފޮއްޓެއް ވަގަށް ނެގި ކަމުގެ ރިޕޯޓު ލިބުނީ ހެނދުނު 11 ޖަހަން އުޅެނިކޮށް ކަމަށެވެ. އެ ފަންޑް ފޮށީގައި ހުރި ފައިސާގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުންނާއި ހޮސްޕިޓަލުން ވެސް ބުނީ ފަންޑް ފޮށި އަދި ނުފެންނަ ކަމަށެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ފަންޑު ފޮށި ވަގަށް ނަގައިގެން ގޮސް ހޮސްޕިޓަލުގެ ފާހާނާއެއްގެ ތެރޭގައި ބަހައްޓާފައި ހުއްޓައި ބައެއް މީހުންނަށް ވަނީ ފެނިފަ އެވެ. އެ ފޮށި ބަހައްޓާފައި ހުރީ ބޭސްއަޅައިދޭ ކޮޓަރިން ކައިރީގައި ހުންނަ ފާހާނާއެއްގެ ތެރޭގައި ކަމަށް ވެ އެވެ. އެހެންވެ، ފަންޑު ފޮށި އެ ތަނުން ގެންދިޔަ ކަމާ މެދު ބައެއް މީހުން ގެންދަނީ މިހާރު ސުވާލު އުފައްދަމުންނެވެ.
ފަންޑު ފޮށި ފެނުނު އިރު ހުރީ ގެއްލުންދީފަ އެވެ. އެހެންވެ، ބެލެވޭ ގޮތުގައި އޭގެ އިން ފައިސާތަކެއް ވަނީ ވަގަށް ގެންގޮސްފަ އެވެ.
ފަންޑް ފޮށި ފާހާނާގެ ތެރެއިން ފެނުމާ ގުޅިގެން ފުލުހުން ވެސް ހޮސްޕިޓަލްގެ ތެރޭގައި ހަރަކާތްތެރިވެފައިވާ ކަމަށް މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ. އެކަމަކު މި ތަފުސީލްތައް ކަށަވަރުކޮށް ނުދީ ފުލުހުން ބުނެފައިވާ ގޮތުގައި މައްސަލަ އަންނަނީ އިތުރަށް ބަލަމުންނެވެ.
ފުލުހުން ސެކިއުރިޓީ ބަލަހައްޓާ ހޮސްޕިޓަލުން ފަންޑު ފޮށި ވަގަށް ނެގި ގޮތެއް އަދި ސާފެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި މައި ގޭޓު ކައިރީގައި ހުރި ފަންޑު ފޮށި ގެންދިޔަ މަންޒަރު ހޮސްޕިޓަލުގެ ސީސީޓީވީ ކެމެރާއަކުން ނުފެންނަ ކަމަށް ވެ އެވެ.
"ހެލްތު ޓްރަސްޓް ފަންޑު" އަށް ފައިސާ ހޯދުމަށް އައިޖީއެމްއެޗްގެ އެކި ސަރަހައްދުގައި ފަންޑު ފޮށި ބަހައްޓާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގޯސްބެ
28 November 2021
ސޭކުސްތާނުގަ ތިކަހަލަ ކަންތަ އް ހިގަ އެވެ
ހަމަ ހުވާ
28 November 2021
ގުޅިގެން އަބުރާ ގޭސް
ރަޔާން
27 November 2021
ތި ވައްކަން ކުރުމުގައި ތިޔަ ތަނުގަ ހުރި ކެމެރާތައްވެސް ބައިވެރިވެފަ ހުރިހެން ހީވަނީ.
ހުސްނުހީނާ
27 November 2021
ހުރިހާ ދޮރެއްގެ ކައިރީގައި ފުލުހެއް ހުރޭ. ހުރިހާ ތަނެއް ފެންނަގޮތަށް ކެމެރާހުރޭ. ވަގުން ހާދަމޮޅޭ ދޯ؟
ނެހީނާ
27 November 2021
މިފަހަރު ކެމެރާ ހުރި އޭންގަލް ދިމާނުވީ ކަމަށްވާނީ.
ފައްކާ
27 November 2021
ކެމެރާ ހަރުކުރަނީ ރީއްޗަކަށްނޫން އެކަމަށްވެސް ކޮންޓްރޯލް ރޫމްހަދާ އަބަދު ށިފްޓް ޑިއުޓީކޮށް ލައިވް ކެމެރާފީޑް ބަލަން ބަޔަކު ތިބެންޖެހޭ، ސައްކުވާޒާތު މީހުން ވަނުމުން ކެމެރާއިން ބަލަންޖެހޭ އެހެންނޫނިއްޔާ އަހަރު ދެކޮޅު ތިޔަކަހަލަ ކަންކަން ވާނެ.
ދިއްދޫމީހާ
27 November 2021
އަނެއްކާ ތިޔަ ފަންޑުފޮށި ގެންދިޔަ މީހުންނާ އިއުތިރާފް އެއްބަަސްވުން ހައްދާގެން ބަންދޭގެ މައްޗަށް ދައުވާ ނުކޮއްފިއްޔާ ރަނގަޅު،،
މަޢީޝަތު
27 November 2021
ތަނުގެ މުވައްޒަފުންގެ ބައިވެރިވުމެއް ނުވަތަ އިޙްމާލްވުން އޮތްތޯ ބަލަން ޖެހޭނެ
ރަދީފްއޮފިޝިއަލް
26 November 2021
ވީވަރަކުން ދޯ ބެލޭނީ. ހެހެހެހެހެހެ
ސަސި
26 November 2021
އިރު ކޮޅަކުން ބަޔާންނެރޭނެ، މުވައްޒަފުން ފަންޑުފޮށި ގުނަންވެގެން ގެންދިޔައީއޭ ކިޔާފަ. އަދި މިވީހާތަނަށް ހޮސްޕިޓަލް މެނޭޖްމަންޓު ޒިންމާވާން ޖެހޭ ކަމެއް ހިނގާފައެއް ނެތް
ސީޕީ ހަމީދު
26 November 2021
ތި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނަން! ރައްޔިތުން ކެއްތެރިވޭ!