ޚަބަރު / ރިޔާސީ އިންތިޚާބު 2023

ޔާމީން ވެރިކަމަށް އައުމަށް ބަންދުވި ގާނޫނީ ދޮރު ހުޅުވިއްޖެ

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނު 2023ގެ އިންތިހާބުގައި ވާދަކުރަން މިހާރު ގާނޫނީ ހުރަހެއް ނެތް. -- ފޮޓޯ/ މިހާރު

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާ އެކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ތަނަވަސްވެއްޖެ އެވެ.

ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019ގަ އެވެ.

އެ ދައުވާ ކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފުން ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ބުނެ އެވެ.

މި މައްސަލައިގައި ޔާމީނަށް އިއްވީ ބޭއިންސާފު ހުކުމެއް ކަމަށް ބުނެ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓީ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމާ އެކު އެ މަނިކުފާނު މިއަދު ވަނީ ސަލާމަތްވެފަ އެވެ.

މި ވެރިކަމުގެ ކުރީކޮޅު، ޔާމީނަށް ދައުވާ އުފުލައި އިއްވި ހުކުމާ އެކު އެ މަނިކުފާނުގެ ސިޔާސީ މަސައްކަތްތައް ހުއްޓުނީ އެވެ. އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން، ޕާޓީގެ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިނުގެންނެވުމުގެ އިތުރުން އެންމެ ބޮޑު ބިރަކަށް އޮތީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވެފައި އޮތުމެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ގާނޫނީ ދޮރު ވަނީ ހުޅުވިފަ އެވެ.

ޖިނާއީ ހުކުމެއްގައި ހުންނެވުމުން އިންތިހާބުގައި ވާދަކުރައްވަން ޔާމީނަށް އޮތް ހުރަހަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. އެވެ.

އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުތައް ކަނޑައަޅާފައިވާ އެ މާއްދާގައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު 2023 ގެ އިންތިހާބުގައި ވާދަކުރަން ޔާމީނަށް މިހާރު ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތަށް ހާޒިރުވުމުގެ ކުރިން، ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހަނާއަޅާލަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޔާމީން ޖަލަށް ލުމާ އެކު ވެސް އިދިކޮޅުން ބުނަމުން އައީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. އެ މަނިކުފާނަށް ނުހައްގު ޖަލު ހުކުމެއް އިއްވީ ސިޔާސީ ކުރިމަގު މަރާލައި އިންތިހާބުގެ ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގެ ކުރިން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވެފައި ވަނީ، އަދުލުވެރި ޝަރީއަތެއް ކުރެވިއްޖެ ނަމަ އެމަނިކުފާނު ސަލާމަތް ވާނެ އެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނީ ޔާމީން ޖަލަށް ލުމަށް ހުކުމްކުރުމުގައި އަސްލަކަށް ބެލި، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާވިކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. މައްސަލަ ދިރާސާކުރި އިރު، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައި ވަނީ އެސްއޯއެފަށް ޖަމާވި ވޮޑަމުލާގެ ޗެކްކަން ވަނީ އެނގިފައި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް ޔާމީންގެ މައްސަލާގައި މި ޗެކް ހުށަހަޅައިފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ހާލަތެއް އޮތުމެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޔާމީން މިނިވަންވިޔަސް އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ދައުލަތުން ވަނީ އުފުލައިފަ އެވެ.

26 ކޮމެންޓް, 71 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 1%
icon angry icon angry 35%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް

01 December 2021

ވަރަށް ރަގަޅު ނިންމުމެއް. މިހާރު މިތިބަ މީހުންނަކީ އިންޑިޔާއަށް ވިކި ހުސްވެފަ ތިބި ބައިގަނޑެއް. ރާއްޖެއިން އިންޑިޔާގެ ކަނައްކަފޫޅު ބޭރުކޮށް، ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރަން ވެއްޖެ. މިކަން ކުރެވޭނެ މީހަކީ ޔާމީނު. ރާއްޖެއަކީ ޔޫނިއްން ޓެރިޓަރީއެއް ނޫން. ރާއްޖެ އަލުން ދިވެހީންނަށް! ރާއްޖެ އަލުން ދިވެހީންނަށް! ރާއްޖެ އަލުން ދިވެހީންނަށް!

The name is already taken The name is available. Register?

ބޮޑުމީހާ

01 December 2021

ޔާމީނަށް މިގައުމުގެ ވެރިކަންކުރެވޭނީ މިހާރު މިތިބި މީހުން 100 އަހަރު ތިއްބަސް ޔާމީނު ކުރި މަސައްކަތާ ގާތަށްވެސް ކަމެެއް ނުކުރެވޭނެ

The name is already taken The name is available. Register?

އެމްސް

30 November 2021

ދައުލަތުން ނުވަތަ އެމްއެމްޕީއާރުސީން ގެއްލުނު ބިލިޔަން ވަނީ ކޮންތާކަށް ބާ؟

The name is already taken The name is available. Register?

ސަސަސަ ދިވެހިން

30 November 2021

ރާއްޖެ ތަރައްގީވަނިކޮއް ބޭރުގެ ޤައުމަކުން ރޔާމިންގެ ވެރިކަން ވައްޓާލީ.

The name is already taken The name is available. Register?

ހަޖަމްސްތާން

01 December 2021

ޖީބު ފުރަނިކޮށް ދިވެހިން ކިޔާ ބޭރު ބަޔަކު ވޯޓުލައިގެން ބަލިކޮށްލީ! އިގިއްޖެ!

The name is already taken The name is available. Register?

މަގުމަތީ މުޒާހަރާ

30 November 2021

ގަބޫލުކުރިޔަސް ނުކުރިޔަސް މިހާރު ރާއްޖެގަ އެމްމެތާއީދު ބޮޑި ރައިސް ޔާމިން.

The name is already taken The name is available. Register?

މިވެރިކަން ވަރައް ކަނޑަ

30 November 2021

މަގޭވޯޓް ރޔާމިނަ މިފަހަރު.

The name is already taken The name is available. Register?

ގާނޫނީ ދޮރު

30 November 2021

ވެރިކަމައް އައުމައް ބަންދުވި ގާނޫނީ ދޮރު ހުޅުވިއްޖެ އެކަމަކު ވެރިކަމައް އައުމައް ބޭނުންވާ އެންމެބޮޑު ދޮރަކީ ރައްޔިތުންގެ ތާއީދު. އެދޮރު ހުޅުވުނުހެން މަށަކައް ހީއެއްނުވޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

30 November 2021

އުަފާޅުކޮށް ބެރުދުންމާރުފުމެ ނަށާ ލަވަކިޔާމީހުން ވިސްނައިފިނަމަ "މިއީ އެފަދަ އުފާވެރި ދުވަހެއްނޫންކަން" އެމީހުނަށްވިސްނޭނެ. # މިއަދު ކޯޓްތަކުގެ ހާލަތުރަނގަޅުވެފައިވިޔަސް މިޒަމާނުގެ ޝަރީއަތުގެނިޒާމްގައި ހުކުމަށް ބާރުފޯރުވޭނެގޮތް "ކުށްވެރިޔާ އަތުލެވޭ ވެއްޓާއިހަމައިން ފަހިވެގެންދާކަން" ހަދާނުގައި ބަހައްޓާންޖެހޭ. # ތަޙްޤީގުމަރުހަލާގައި ހެކިނައްތާލަން ޤާނޫނީ ޝަރުޢީހަމަތަކުން ކުށްސާބިތުކުރާން ހުރަސްއެޅޭ ކަންކަން އެފަދަފަރާތްތަކުން ކުރަނީ ނޭގިއެއްނޫން.

The name is already taken The name is available. Register?

އެއްދުވަސް

30 November 2021

މިނިވަންވީ 1 ދުވަހަށް. މިދުވަހުގެ އުފާ ލިބިގަންނަންޖެހޭ. މިވެރިކަމުގަ ޔާމީނަކީ މިނިވަންކޮށްފަ ބަހައްޓާނެ މީހެއް ނޫން. މިހާރު ފުރޮޅުތައް އެނބުރެން ފަށާފާނެ ވަރަށް ބާރު ސްޕީޑްގައި، ކުރިއަށް އޮތް ދުވަސްތަކުގަ ޔާމީން އަނބުރާ ބަންދުކޮށްލަން. ޔާމީންގެ މިނިވަންކަމުގެ ހަގީގީ މެދުވެރިންނަކީ ޔާމީނުގެ ލީގަލް ޓީމު. ޖަމީލަށް ފަށްފަށުން ޝުކުރުއަދާކުރަންޖެހޭ.

The name is already taken The name is available. Register?

2021

30 November 2021

ފަހު ދެތިން ޕެރެގްރާފުން އެގެނީ ވަކި ހަމައަކުންކަމާ ގުޅޭ ކޮންމެވެސް މުއައްސަސާތަކަކުން އެމަނިކުފާނަށް "އިހްސާންތެރިވާން" މަސައްކަތް ކުރިކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454