04 ޑިސެމްބަރ 2021 - 11:13
އައްޑޫ ސިޓީ ކައުންސިލްގެ ވަކީލެއްގެ ކާރުގައި ރޭ ފަތިހު ރޯކޮށްލައި ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ގޭގެ ގޯތިތެރޭގައި ޕާކްކޮށްފައި އޮއްވައި ރޭ ފަތުހިގެ 4:30 އެހާކަށްހާ އިރު ރޯކޮށްލާފައި ވަނީ ކައުންސިލްގެ ލީގަލް އޮފިސަަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ އަބްދުﷲ އިހުސާންގެ ކާރުގަ އެވެ. އޭނާ މިއަދު "މިހާރު" ވިދާޅުވީ ކާރުގެ ތެރެއަށް ޕެޓްރޯލް އަޅާލައިގެން ރޯކޮށްލާފައިވާތީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައި ކަމަށެވެ.
"ކާރުގެ ކުރީކޮޅުގެ ބިއްލޫރިގަނޑު ވެސް ނައްޓަން މަސައްކަތްކޮށްފައި ހުރިކަން ފާހަގަކުރެވޭ. ކާރުގައި ރޯކޮށްލުމުގެ ސަބަބުން ހުރިހާ ސީޓްތަކާއި ފަހަތު ވެސް ބިއްލޫރި ވެސް ތަޅައިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ." އޭނާ ވިދާޅުވި އެވެ.
މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފަ އެވެ.
އިހުސާން ވިދާޅުވީ އޭނާ ގެންގުޅުއްވާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ އަމިއްލަ ކާރުގައި ރޯކޮށްލި އިރު، އައްޑޫގެ ގޯތީގެ މައްސަލަތަކާއި ބިޑް ކޮމެޓީގައި އޭނާ މަސައްކަތްކުރައްވާތީ ބައެއް މީހުންގެ ހިތްހަމަނުޖެހުންތަކާއި ރުޅިވެރިކަމާ ކުރިމަތިވެވަޑައިގެންފައިވާ ކަމަށެވެ.
"އެހެންވެ ބެލެވެނީ އެފަދަ ކަމަކާ ހިތްހަމަނުޖެހިގެން ދިން ގެއްލުމެއް ކަމަށް." އޭނާ ވިދާޅުވި އެވެ.
މި ފަހުން އައްޑޫގައި ބޮޑުވި ގޯތީގެ މައްސަލަތަކުގައި ވެސް އިހުސާނަކީ ކައުންސިލްގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނާ ބޭފުޅެކެވެ.
އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކައިރިން ދޫކުރި ގޯތިތައް އަތުލުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ.
އެ ސަރަހައްދުން ދޫކޮށްފައިވާ 35 ބިމެއް ދައުލަތަށް ނެގުމަށް ފަހު އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން ބިން ދޫކުރަން ކައުންސިލުން ނިންމި މައްސަލާގައި 14 މީހަކު ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އޭގެ ތެރެއިން ހަތް މައްސަލައެއްގައި ހިތަދޫ ކޯޓުން ނިންމާފައި އޮތީ ސިޓީ ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށެވެ. އަނެއް ހަތް މައްސަލާގައި އެ ކޯޓުން ނިންމީ ކައުންސިލްގެ ނިންމުން ގޯސް ކަމަށެވެ. އެހެންވެ، އެ މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޕާރީ ނޫސްވެރިން
05 December 2021
މިއީ ވަރަށް ދަށުދަރަޖައިގެ އަމަލެއް.
ގަމާރޯ
04 December 2021
ވަކީލުންނައް އުޅެވޭގޮތް ރަނގަޅުވީމަ ވާނީ މިހެން
ގަމާރޯ އަށް
05 December 2021
ކޮންމެ ވަކީލަކީ ގޯސްކޮށް އުޅޭ މީހެއް ނޫން. އިހްސާން އަކީ ވަރަށް ރަގަޅު އެހެން މީހުންގެ ޙާލަތަށް ވަރަށް ވިސްނާ، އޭނާއަށް ވީވަރަކުން މީހުންނަށް ވަރަށް އޭނާގެ ދާއިރާއިން އެހީވާ މީހެއް.
ރަދީފްއޮފިޝިއަލް
04 December 2021
ވަރަށް ފިނޑި އަމަލެއް. އައްޑޫގެ މަސްވެރިއެއް، ވެލްޑަރެއް، ޑްރައިވަރެއް ، މޭސަނެއް ، ޕްލަމްބަރެއް ، އިލެކްޓްރީޝަނެއް ، މުދިމެއް ، ގާރީއެއް ، ލޭބަރެއް ، ޖެނިޓާއެއް ، ސެކިއުރިޓީ ގާޑެއް ، ޑޮކްޓަރެއް ، ކާޕެންޓަރެއް ނުވަތަ ދަނޑުވެރިއެއްގެ ކާރު މިގޮތަށް ރޯކުރިނަމަ ޕްރޮފެޝަން ހިމަނާނެ ބާ؟؟ ވ.ވެދުން
ހަސަންކޮއި
04 December 2021
މިރާއްޖޭގެ އަމުނުއަމާންކަން އޮތްގޮތް ނޭގޭމިހަކު އެބަހުރިބާ. ކާރެއްގެވާހަކަ ދައްކާއިރު އަހަރުމެންނަށް އިނގޭބާ ކުށެއްނެތްމީހުންގެ ފުރާނަނަގާލާކަން. މިއީހާލަތަކީ.. އެންމެ ނިކަމެތިމީހާއިން ފެށިގެން އެންމެ ބޮޑުވެރިމީހާވެސް އެމުޖުތަމައެއްގެތެރޭ އޮންނަ އޮއިވަރެއްގައި އަޅައިގަންނާނެ. ވަކީލޭ ރައީސޭ ނުކިޔާ އިހަށް އެންމެން ގުޅިގެން މުޖުތަމައު ތާހިރުކުރެވޭތޯ އުޅެންވެއްޖެހެން ހީވަނީ.
އޮނަރަބްލް އަފީފު ދީދީ
04 December 2021
މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން. ހަމައެގޮތަށް އައްޑޫގައި ސިޓީ ބެލެހެއްޓޭވަރަށް މާލޭސަރުކާރުން ފުލުހުން ޤާއިމްކޮށްދީފައިނެތްކަން ފާހަގަކޮށްލަން. # ކޯޓްތަކުގެ ހުކުމާއިބެހޭގޮތުން ނޫސްތަކުގައިލިޔަންވާނީ އޭގެއަސްލު ނޯޅޭގޮތަށް. ތިކަމުގައި ޙުކުމްކުރީ "އެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުންނިންމާލާފައިވާތީ އާއި، އަދި ދެފަރާތުގެ ވާހަކަތަކަށްބަލާއިރުވެސް ވަގުތީއަމުރުނުނެރުމުން އިއާދަނުކުރެވޭނެ ގެއްލުމެއްލިބޭނެކަމަށް ނުބެލެވޭކަމަށް" ނޫންތޯ.
ފިލިއަފީފު
04 December 2021
ކަލޭމެން ދަރިންނަށް ދަސްކޮށްދޭންވެއްޖެ އެއްނުން މާލޭން ފޮނުވާފަ ހުންނަ ފުލުހަކު ފަހަތުގަ ވިއްދާފަ ނެތަސް މީހުންގެ މުދަލުގަ ރޯ ނުކުރަން!
ހަސަންކަލޯ.
04 December 2021
އަފްއާނިސްތާނާއި އިރާނުން މާލެއަށް ޑްރަޤު އެތެރެކޮށް އޭގެ ވިޔަފާރި ކުރާމީހުން އައްޑޫގެ މުޅި ޖީލު ހަލާކުކޮށްލައިފި. މިކަންކަން ކުރަނީ އެ ޑޤރަގު ބޯކުދިން.