13 ޑިސެމްބަރ 2021 - 06:44
އެއްގޮތަކަށް ވެސް ސިނގިރެޓް ނުބުޔަސް، އާންމުކޮށް ކޮންމެ ދުވަހަކު ވޭޕްކުރާ ނުވަތަ އީ-ސިނގިރެޓް ބޭނުންކުރާ އުމުރުން 20-65 އަހަރާ ދެމެދުގެ މީހުން ޖިންސީ ގޮތުން ބަލިކަށިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އެމެރިކަން ޖާނަލް އޮފް ޕްރިވެންޓިވް މެޑިސިންގައި ޝާއިއުކޮށްފައިވާ ނިއު ޔޯކް ސިޓީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ވޭޕިން އަށް ބޭނުންކުރާ ގިނަ އުފެއްދުންތަކީ ވަރަށް މަތީ މިންވަރަކަށް ނިކޮޓިން އެކުލެވޭ އެއްޗިއްސެވެ. އަދި އޭގެ ތެރެއިން ބައެއް އެޗިއްސަކީ އާންމުކޮށް ބޭނުންކުރާ ސިނގިރެޓަށް ވުރެ މާ މަތީ މިންވަރަކަށް ނިކޮޓިން އެކުލެވޭ އުފެއްދުންތަކެވެ. މި ސަބަބާ ހުރެ އާދަކޮށް ވޭޕްކުރާ ނަމަ ފިރިހެނުންގެ ޖިންސީ ގުނަވަނުގައި ބާރު ޖެހުމަށް ހުރަސްއެޅުމުގެ މައްސަލަ (އިރެކްޓަލް ޑިފަންކްޝަން) ކުރިމަތިވެ އެވެ.
މި ދިރާސާ ހަދާފައި ވަނީ ސިއްހީ ބޮޑެތި މައްސަލަތައް ނެތް އަދި އެއްގޮތަކަށް ވެސް ސިނގިރެޓް ނުބޯ އެކަމަކު އާންމުކޮށް ވޭޕްކުރާ މީހުންގެ ހާލަތު ވަޒަން ކޮށްގެންނެވެ. ދިރާސާގައި ފާހަގަ ކޮށްފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އާދަޔާ ހިލާފަށް ފަލަވުމާއި ހިތުގެ މައްސަލަތައް ހުރުމާއި ހަކުރުބަލި ފަދަ ކަންކަމަކީ ވެސް ފިރިހެނުން ޖިންސީ ގޮތުން ބަލިކަށި ކުރުވާ ކަންކަމެވެ.
Men who vape on a daily basis were 2x as likely to report erectile dysfunction compared those who don't use e-cigarettes, according to a study published in @AmJPrevMed
— Bruce Y. Lee (@bruce_y_lee) December 12, 2021
Here's my coverage for @Forbes #scicomm #MedTwitterhttps://t.co/dJQoCqrjNz
ކުރީގެ ބައެއް ދިރާސާތަކުން ވެސް ދައްކާ ގޮތުގައި ހިތުގެ މައްސަލަތައް ހުންނަ ފިރިހެނުންނަކީ އީޑީގެ ނުރައްކާ ތިން ގުނަ ބޮޑު ބައެކެވެ. އަދި މިކަންކަން މިގޮތަށް ހުރިއިރު، އާދަކޮށް ވޭޕްކުރާ ނަމަ ފިރިހެނުން ޖިންސީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިކޮށްލާ ކަމަށް ދިރާސާގައި ބުންޏެވެ.
މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ނިއު ޔޯކް ޔުނިވަސިޓީގެ ގްރޮސްމަން ސްކޫލް އޮފް މެޑިސިންގެ ޓޮބޭކޯ، އަލްކޮހޯލް، ޑްރަހް ޔޫޒް ސެކްޝަންގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. އުމަރު އަލް ސަހާވީ ވިދާޅުވި ގޮތުގައި ވޭޕްކުރުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ޖިންސީ ގޮތުން މީހާ ބަލިކަށިވުމަކީ މުޅި އުމުރަށް އުފުލަން ޖެހިދާނެ ވަރަށް ހިތްދަތި ބުރައަކަށް ވާނެ އެވެ.
"އެހެންވެ އެބަޖެހޭ ވޭޕްކުރުމާ ދުރުވާން." އޭނާ ވިދާޅުވި އެވެ.
ނިއު ޔޯކް ޔުނިވަސިޓީގެ ދިރާސާއާ ބެހޭ ގޮތުން ސަދަން ކެލިފޯނިއާ ޔުނިވަސިޓީގެ ކެކް ސްކޫލް އޮފް މެޑިސިންގެ ޕޮޕިއުލޭޝަން އެންޑް ޕަބްލިކް ހެލްތު ސައިންސެސް ރިސާޗް ޕްރޮފެސަރު އަހުމަދު ބެޒަރިންޓީނިއާ ވިދާޅުވި ގޮތުގައި ވޭޕިން އިން އީޑީގެ ނުރައްކާ ވަނީ މައިގަނޑު ދެ ސަބަބަކާ ހުރެ ކަމަށެވެ.
މީހަކު ވޭޕްކުރަނީ.
"ފުރަތަމަ ވޭޕިން އަށް ބޭނުންކުރާ އެއްޗެހީގައި އެކުލެވޭ ނިކޮޓިން އާއި އެހެނިހެން ކެމިކަލް މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ނާރުތަކުގެ މަސައްކަތަށް ބުރޫއެރުން. އޭގެ ސަބަބުން އީޑީއާ ކުރިމަތިލާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
"ދެވަނަ ކަމަކީ ހަށިގަނޑުގެ ޓެސްޓޮސްޓެރޯން ލެވެލް [ޖިންސީ އެދުންވެރިކަމުގެ ހޯމޯން] އަށް ގުޑުންއެރުން. މީގެ ސަބަބުން ޖިންސީ ގުނަވަނުގައި ބާރު ޖެހުން ހުއްޓުވާ. އޭގެ މާނަ އަކީ އާދަކޮށް ކޮންމެ ދުވަހަކު ވޭޕްކުރާ ނަމަ މީހާގެ ޖިންސީ ގޮތުން ބަލިކަށިކޮށްލައޭ."
ދިރާސާގައި ބުނީ މިކަން މިގޮތަށް އޮތަސް، އޮތް އެއް ހިތްހަމަޖެހުމަކީ ހަރަކާތްރެރި ލައިފްސްޓައިލަކުން ބަދަލެއް ގެނުވިދާނެ ކަމެވެ. އެގޮތުން ކަސްރަތު ކުރުމާ އެކު، އަބަދުވެސް ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ ނަމަ އީޑީ އިން ރައްކާތެރިކަން ހޯދަން ބާރަކަށް ވާނެ ކަމަށް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
16 December 2021
ރޭޕްކުރަން މާ ފޯރި ހުންނަ މީހުންނަށް ދޭން ރަގަޅު ފަރުވާއެއް ތިއީ.
އަލް އުސްތާޒު
14 December 2021
ކޮންމެ އެއްޗެކޭ ކިޔަސް ނުހުއްޓާނަން
ގުޑް
14 December 2021
ނުހުއްޓާތި1 ކާކަށް ގެއްލުންވާނީ މުޅި ޖިސްމު ތީގައި އަދާހުލިވީމާ ނުކިޔާތި މަށަށް އެހީވާށޭ
ކޮރަލް
13 December 2021
ރާއްޖޭގެ ބޮޑު އާބާދީ އެއް ބޭނުން ކުރެ އެވެ. މަނައެއް ނުކުރެ އެވެ.
ސައުދީ
13 December 2021
ތެލާ ދުންފަތް ވިއްކާ ކުންފުނިން ތަކުން ތިބެނީ ސައިންޓިސްޓުންނާ ލެބޯރޓްރީ ތަށް ވެސް ގަނެފަ. އެމީހުންގެ ވިޔަފާރި ދަށްވާނެ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވާނީ ތިޔަހެން. ގިނަބަޔަކު ވޭޕް ކުރީމަ ސިގިރެޓް ވިޔަފާރި ދަށްވާނެ. އެހެންޏާ ދުންފަތުން ނުވިކަމެއް ވޭޕަކުން ވާނެތަ؟ ފިރިހެނުން އެންމެ ބިރުގަންނަ ވާހަކައިން ބިރުގަންވާލާފަ ތިއޮތީ ސިގިރެޓް ހުއްޓާލްފަ ވޭޕް ބޭނުން ކުރާތީ ކަން ޔަގީން.
ށަވިޔަނި
13 December 2021
ތެލާ ދުންފަތް ވިއްކާ މީހުން އެކަނިތަ؟ ހުރިހާ ވިޔަފާރިތަކުން ކުރާކަމެއް. މިގައުމުގަވެސް ހުރިހާކަމެއް މި އޮންނަނީ ވިޔަފާރިވެރިންގެ އަތްދަށުވެފަ. މިބުނީ ދަމާކަނޑާ މީހުންގެ ވާހަކައެއްނޫން. މަހުޖަނުންގެ ވާހަކަ.