ޕާކިން ޒޯނެއްގައި ބަހައްޓާފައި ހުރި ސައިކަލުތަކެއް: ގެއްލުނު ސައިކަލެއް ފުލުހުންނަށް ފެނުނުކަން ވެރިމީހާއަށް ނޭންގި މައްސަލައެއްގަައި ބަދަލު ދޭން ދައުލަތަށް ވަނީ ޖެހިފައި --- ފޮޓޯ/މިހާރު
15 ޑިސެމްބަރ 2021 - 18:35
ގެއްލިގެން ރިޕޯޓްކުރި ސައިކަލެއް ފުލުހުންނަށް ފެނުނުކަން ވެރި މީހާއަށް ނާންގާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުން އޭނާއަށް 75،000ރ. ގެ ބަދަލެއް ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މާޗް، 2016 ގައި ސައިކަލެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރިތާ އެއް ދުވަސް ތެރޭގަައި ފުލުހުންގެ ޓޯޔާޑަށް އެ ސައިކަލު ގެންދިޔަ އެވެ. އެކަމަކު ސައިކަލުގެ ވެރިމީހާއަށް އެކަން ފުލުހުން ނާންގާ ތިއްބާ އެ ސައިކަލު އެތަނުގައި ހުރިކަން ވެރިމީހާއަށް އެނގުނީ އޭގެ ދޮޮޅު އަހަރު ފަހުން އޭނާ އަމިއްލައަށް ޓޯޔާޑަށް ގޮސް ބެލުމުންނެވެ. އެކަމަކު އޭރު އޭނާ ވަނީ އެހެން ސައިކަލެއް ވެސް ގަނެފަ އެވެ. އަދި ޓޯޔާޑުގައި ހުރި ސައިކަލަށް ވެސް ގެއްލުންތަކެއް ހުރީ ލިބިފަ އެވެ.
ޓޯޔާޑުގައި ގިނަ ދުވަސް ވަންދެން ސައިކަލު ބެހެއްޓުމުންނާ އަދި އާ ސައިކަލެއް ގަންނަން ޖެހުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ މީހާ ދައުވާ ކުރުމުން ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ސައިކަލު ފެނުނުކަން ވެރިމީހާއަށް ނޭންގުމުގައި ފުލުހުންގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި ފުލުހުންގެ އެ އިހުމާލުގެ ސަބަބުން އެ މީހާ، އާ ސައިކަލެއް ގަންނަން 84،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހުނު ކަމަށާއި އެހެންވެ، އޭގެ ބަދަލު ނަގައިދޭން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ހުކުމުގައިވަނީ ކުރީގެ ސައިކަލު ގެއްލުނު ފަހުން ވެސް އެ ސައިކަލަށް އަހަރީ ފީ ދައްކާފައި ވާތީ އާއި އަދި ފަހުން ގަތް ސައިކަލުގެ އަހަރީ ފީ އާއި ރޯޑް ވާދިނަސް ވެސް ހައްދަން އެ މީހާ ޚަރަދު ކޮށްފައިވާތީ އެ ފައިސާ ވެސް ދައުލަތުން ދައްކަން ޖެހޭނެ ކަމަށެވެ. އެކަމަކު ކުރީގެ ސައިކަލު އެހެން މީހަކަށް މިހާރު ވިއްކާލާފައިވާތީ ބަދަލު ނަގައި ދޭއިރު، އެ ބައި އުނިކުރަން ޖެހޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހުކުމުގައި ވަނީ އާ ސައިކަލެއް ގަންނަން ކުރި ޚަރަދާއި ޖޫރިމަނާ އާއި އަހަރީ ފީއަށް ކުރި ޚަރަދުތައް ހިމެނޭ ގޮތުން ޖުމްލަ 75،000 އަށް ވުރެ ގިނަ ރުފިޔާ ދައުލަތުން އެ މީހާއަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދިި އެ ފައިސާ އެއް މަސް ތެރޭގައި ކޯޓަށް ދައްކަން އަންގާފައިވެ އެވެ.
އެކަމަކު ކުރީގެ ސައިކަލު މަރާމާތު ކުރަން ހިނގި ޚަރަދާއި ވަކީލު ފީ ނަގައިދެވެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެކުރިން ރަހުމަތްތެރިއެއްގެ އަތަށް ދުއްވާލަން ދިން ސައިކަލެއް ގެއްލުނު މައްސަލައެއްގައި އެ ސައިކަލުގެ ވެރިމީހާއަށް ސައިކަލުގެ ފުރިހަމަ އަގު ދައްކަން ވެސް ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެ ހުުކުމަށް ހައި ކޯޓުން ވެސް މިދިޔަ އަހަރު ތާއީދުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ1
17 December 2021
މަގޭ ސައިކަލެއް ގެއްލިގެން އެ ވަގައް ނެގި ދެމީހުން ގެ ފުޓޭޖް ދިނީމަވެސް ސައިކަލް ނުހޯދުނުތާ މީހުންވެސް ނުހޯދުނު، 30 މީޓަރު ކަނޑު އަޑިގައި ވަޅުލާފަ ހުންނަ ހަތިޔާރު ވެސް ހޯދާނެތާ އެ ހަތިޔާރު އަމިއްލައައް ލީމަ
ފޫހި
16 December 2021
ބަދަލުދޭންޖެހޭނީ ދައުލަތުގެ ޓެކްސް ފައިސާއަކުންނެއްނޫން. އެކަމުގައި އިހުމާލުވީ މީހުންގެ އަތުން.
މަރުމޯލް
16 December 2021
މަގޭ ސައިކަލް މިހާރު ވަރަށް ބާވެފައި ހުރީ ، އޭތި ކޮންމެވެސް ކުއްޖަކު ވަގަށް ނަގާދީބަލަ ، އޭރުން ފުލުހުންނަށް ރިޕޯޓްކޮއްގެން ފަހަރެއްގައި އާސައިކަލެއް ހައެއްކަ މަސްފަހުން ލިބިދާނެކަން ނޭގެއެއްނު ....
ރަދީފްއޮފިޝިއަލް
16 December 2021
ކޮންތާކު ސައިކަލް ހުރީ؟؟ ސްޕައިޑަމޭން އާއި ބެޓްމޭން ފޮނުވަންވީ ދޯ.ހެހެހެހެހެހެ
އަތްޖަހާ
16 December 2021
ވަޒީފާއަށޭ ކިޔާފަ ބޮޑެތި ޓައި އަޅައިގެން ގޮއްސަ ތިބޭނީ ކޮފީ މޭޒްގަ އެހެންނޫނީ ފޭސްބުކްގަ. އެހެންވީމަ ކޮން މަސައްކަތެއް ކުރެވޭނީ. ހުސް އިހްމާލެއް ނުން ހުންނާނީ. ބަދަލް ދޭން އެދޭވަރު އަދިވެސް ކުޑައީ
ހުތްއާދަނު
16 December 2021
އެހީ ހޯދުމަށް 123 އަށް ގުޅާލާ
ހާލީބޯއީ
16 December 2021
ގައިމު އަހަރެން ކޮއްކޮގެ ސައިލަކު ނުފެނިގެން ފުލުހަށް ގުޅީމާ ބުނީ ފުރަތަމަ ޓޯޔާޑަށް ގުޅާލަން. ގުޅާލި އިރު އެތަނުގަ ހުރި ސައިކަލު ގެންގޮއްސަ. އެނޫނަސް ޓޯކުރާ ސައިކަލުތަކުގެ ލިސްޓު އާންމުކުރޭ ނޫންތަ؟ އަނެއްކާ މިހާރު ފުލުހުންގެ ސައިޓުންވެސް ބަލާލެވޭ ސައިކަލު ނަންބަރު ޖަހައިގެން. ކޮންމެޔަކަސް ހާދަ އަގު ބޮޑު ސައިކަލެކޭދޯ ތިޔަ ގަނެލީވެސް، ސައިކަލު ގެއްލުނުތާ ހަމަ ކުޑަ ދުވަސްކޮޅެއްތެރޭ.
ސަދޫމް
16 December 2021
ތީ ގުޅިގެން ހިންގާ ޖަރީމާތަޢް
ނޯޗާންސް
15 December 2021
ފޭކް ގޭސްގަނޑެއް….އެއްވެސް މީހަކަށް އަމިއްލައަކަށްގޮސް ޓޯޔާޑެއް ނުބެލޭނެ…
ރަދީފްއޮފިޝިއަލް
16 December 2021
ފުލުހުންގެ ހުއްދަ ލިބިގެން ޗެކްކުރެވޭނެ.
ނާޗުރަންގީ
15 December 2021
ތިކަންކަމުގައި އިހުމާލުވިމީހުންގެ އަތުން ލާރި ހޯދަންޖެހޭނެ. ދައުލަތައް އިހުމާލު ވެއްޖެނަމަ އެކަން ބެލެންވާނެ.
ހޮރު
15 December 2021
ގެއްލުނު ސައިކަލް ބުރޭންޑްގެ ސައިކަލެއްބާ ގަތީ؟ އަގު ބޮޑު ސައިލެއް ގަތް ކަމަށްވާނަ ގަތް އަގުގެ ބަދަލުގައި ދޭންޖެހޭނީ އެ ވައްތަރުގެ ސައިކަލެއްގެ އަގުގެ މަށްޗަށް ބިނާކޮށް.
ނޮޓް ބޭޑް ބަޓް ސްޓިލް ކޭން އިމްޕްރޫވް
15 December 2021
މަރާމާތަށް ދިޔަ ހަރަދާ ލޯޔާ ފީ ވެސް ދޭންޖެހޭނެ، އެ ހަރަދުވެސް ކުރަންޖެހުނީ ފުލުހުން އިހުމާލުން ވިއްޔަ