ޓްރަމްޕުގެ ޚާރިޖީ ސިޔާސަތާ މެދު ޗައިނާ އިން ދަނީ ވަރަށް ގާތުން ބަލަމުން. --ފޮޓޯ:އޭއެފްޕީ
12 ޑިސެމްބަރ 2016 - 14:36
ބެއިޖިން (ޑިސެމްބަރު 12) - ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލައިގަތުމާ ދުރު ވިސްނުމަކަށް ޑޮނަލްޑް ޓްރަމްޕުގެ ވާހަކަތައް ހުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޗައިނާ އިން ބުނެފި އެވެ.
ޓީވީ އިންޓަވިއުއެއްގައި ޓްރަމްޕް އިއްޔެ ވިދާޅުވީ "ވަން ޗައިނާ" ސިޔާސަތު އޭނާ ކުރިއަށް ގެންދިއުމާ މެދު މުޅިން ޔަގީން ނުވާ ކަމަށެވެ. އަދި އެ ސިޔާސަތު ކުރިއަށް ގެންދާ ނަމަ ޗައިނާ އިން ވިޔަފާރީގައި ލުއިތަކެއް ލިބެން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. މި ސިޔާސަތުގެ ދަށުން އެމެރިކާ އިން ރަސްމީ ގުޅުން އޮންނަން ޖެހޭނީ ޓައިވާނުގެ ބަދަލުގައި ޗައިނާއާ އެވެ. ޗައިނާ އިން ދެކެނީ ޗައިނާ އަކީ އެ ގައުމުގެ ވަކިވެފައިވާ ޕްރޮވިންސެއްގެ ގޮތުގަ އެވެ. އަދި ޓައިވާނުން އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށްފި ނަމަ ހަނގުރާމަ ކުރާނެ ކަމުގެ އިންޒާރު ޗައިނާ އިން ވަނީ ދީފަ އެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ވަން ޔި. --ފޮޓޯ:ރޮއިޓާސް
ޓައިވާން މައްސަލައިގެ ނާޒުކުކަމާ މެދު އިތުރަށް ވިސްނާ ވަޑައިގަތުމަށް ޗައިނާ އިން ވަނީ ޓްރަމްޕުގެ ކިބައިން އެދިފަ އެވެ. ޓައިވާންއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ނެތް ނަމަވެސް އެ ގައުމާ އެކު އެމެރިކާ އިން ގާތް ގުޅުމެއް ބާއްވަ އެވެ.
ޓައިވާން މައްސަލަ މިފަހުން ފެންމަތިވެފައި ވަނީ ޓައިވާނުގެ ރައީސް އަށް ޓްރަމްޕް ފޯނު ކޯލެއް ކުރެއްވުމާ ގުޅިގެންނެވެ. ފަހަކަށް އައިސް އެމެރިކާގެ އެއްވެސް ރައީސަކު ނުވަތަ ރައީސްކަމަށް އިންތިޚާބުކޮށްފައިވާ ބޭފުޅަކު ވެސް ޓައިވާނުގެ ވެރިއަކާ ސީދާ ވާހަކަ ދައްކަވައިފައެއް ނުވެ އެވެ. ޗައިނާ އިން ބުނެފައި ވަނީ އެއީ ޑިޕްލޮމެޓިކް އުސޫލާ ޚިލާފު ކަމެއް ކަމަށާ އަދި އެކަމުގެ ޝަކުވާ ޗައިނާ އިން ރަސްމީކޮށް ވަނީ އެމެރިކާ ސަރުކާރަށް ހުށަހަޅައިފަ އެވެ.
ޓްރަމްޕް ވިދާޅުވީ ޗައިނާގައި ބޭނުންކުރާ ފައިސާގެ އަގަށް ބަދަލު ގެނައުމާއި ނޯތު ކޮރެއާ އަދި ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ޗައިނާ އިން އެމެރިކާ އަށް އެއްބާރުލުން ނުދޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
13 December 2016
ދެންއަނެއްކާ އައްޑޫ މީހުން އިނގިރޭސިންގެ ފައިބުޑައް ވެއްޓޭނީކީނޫން ރާއްޖޭގެ އެންމެ ވެލިފުކެއްވެސް ބޭރުގެ އަތްދަށައް ދާތަން ބަލާކައް ބޮޑުތިލަދުން މައްޗަކުން ނުތިބޭނެ އެކަން ހަނދާންކުރާތި ކުޅެވޭނީ ކުޅެވޭވަރު މީހުންނާ އެކަންވާނީ ތާރީހުން ދައްކާފަ
އިބޫ
13 December 2016
ޗައިނާވެސް ހަމަބިމަށް ތިރިވާން އެބަޖެހޭ ތައިވާން، ހޮންކޮންގުއަށް މިނިވަކަންވެސް ލިބެންޖެހޭ