ފޮރިން މިނިސްޓްރީގެ އިމާރާތް
30 ޑިސެމްބަރ 2025 - 09:57
ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބަލައި ނުގަންނަ ގައުމުތަކުން އެ ވިސްނުމުގައި ޓައިވާނަށް ވާގިވެރިވާތީ ރާއްޖޭން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ޓައިވާނަކީ ޗައިނާގެ މުހިއްމު ބައެއް ކަމަށާއި ޗައިނާގެ ހުރިހާ ސަރަހައްދެއްގެ ސިޔާދަތީ ބާރު އޮތީ ޗައިނާ ސަރުކާރަށް ކަމަށް ގަބޫލުކުރާ "ވަން ޗައިނާ" ސިޔާސަތު ރާއްޖޭން ވަރުގަދަ އަށް ދަމަހައްޓާ ކަމަށެވެ.
ރާއްޖޭން ޗައިނާއާ އެކު 1972 ވަނަ އަަހަރު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފަހުން މިއަދާ ހަމައަށް ވެސް ދަމަހައްޓަމުން އަންނަނީ އެ ސިޔާސަތު ކަމަށާއި އެއީ ގައުމުތަކުގެ ސިޔާދަތަށް ރާއްޖޭން ކުރާ އިހުތިރާމް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"މި އުސޫލުތަކާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކޮށް، މިނިވަން ގައުމުތަކުގެ އެތެރޭގެ މައްސަލަތަކުގެ ތެރެއަށް ވަންނާތީ ދިވެހިރާއްޖެ އިން ކަންބޮޑުވުން ފާޅުކުރަމެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.
ޗައިނާއާ އެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރަން ރާއްޖޭން ތައްޔާރަށް އޮތް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ގަބޫލުކުރާ ސިޔާސަތާ ހިލާފަށް އަމަލުކުރީ ސީދާ ކޮން ގައުމަކުން ކަމެއް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނުބުނެ އެވެ. ނަމަވެސް އެ މިނިސްޓްރީން ބަޔާނެއް މި ނެރުނީ ޓައިވާނުގެ ސަރަހައްދީ ސަރުކާރަށް 11.1 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާ އިން އެއްބަސްވުމުން ޗައިނާ އިން ނުރުހުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ.
އެ އެއްބަސްވުމަށް ނުރުހުން ފާޅުކުރުމުގެ ގޮތުން ޗައިނާ އިން ވަނީ ޓައިވާނުގެ ކައިރީގައި ވަރުގަދަ އަސްކަރީ ޑްރިލްތަކެއް ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރުންކުރު
30 December 2025
ދުނިޔޭގެ ސިޔާސީ އޮއިވަރުގައި ނުޖެހި ހަމަ އާއި އުސޫލަށް ތާއީދުކުރުމަކީ މައްސަލައެއް ނޫން. ޓައިވާނަކީ އަދިވެސް މަދު ބަޔަކު އެތާގެ އިސްތިޤްލާލު ޤަބޫލުކުރާ ތަނެއް. ޓައިވާނަކީ ކޮންމެ ގޮތަކުން ބެލިޔަސް ޗައިނާގެ ބައެއް. އެކަން އެހެން އޮތުމަށް ތާއީދުކުރުމަކީ މައްސަލައެއް ނޫން.
އޮނަރަބްލް އަފީފު ދީދީ
30 December 2025
ސައިޒަށްވުރެން ބޮޑަށް ހަށިފުޅާކޮށްގެން އުޅެން ދިމާކުރުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް ފޮތްތަކުގައި ލިޔެފައި ހުރޭ. މާދަމާ ދިއްލީ ސަރުކާރުން One Nation ނުވަތަ "ވަން އިންޑިޔާ" ނޫން ނަމަ United Grate India ފަދަ ނަމެއް ކިޔައިގެން އެކަން އިޢުލާން ކޮށްފިނަމަ ނިކުމެދާނެ ނަތީޖާ އަކާއި މެދުވެސް އަހަރުމެން ވިސްނާލަން ވާނެ. ރާއްޖޭގެ ސިޔާސަތު ބިނާވާންވާނީ ރާއްޖެ ބައިވެރިވެފައިވާ ކޮމަންވެލްތް އަދި Non Aligned Movement ގެ އުސޫލުތަކާއި ޙިލާފު ނުވާނެ ގޮތަކަށް.
ރޭނީސް
30 December 2025
ޗައިނާ ރުއްސުމަކީ އެ ޤައުމުމާ އެކު ގުޅުން ބަދަހިކުރަން ރަނގަޅު ކަމެއް. އެކަމަކު އެކަމަކު އެހެންނެކޭ ކިޔާފައި، ދުނިޔޭގެ ސުޕަރޕަވަރ އެމެރިކާ އަށް އޮށްގާ އުކާ ގޮތަށް ބަޔާން ނެރުމަކީ ކުރެވޭ މޮޔަ ކަމެއް.
ނަޖީބުކަލޯ
30 December 2025
ތީ ޗައިނަގެ ބާރިގަދަކަމުން އަތުލަން އުޅެތަނެއް. ތީހަމަ މިސާލަކައް އިންޑިއާްިން ރާއްޖެ އަކީ އެގައުމު ތަނަކައްބުން ކަހަލަކަމެއް. ސުކުރިއްޔާ ނަޖީބް
ހިސްޓަރީ
30 December 2025
އެއީ ޒަމާނުއްސުރެ ޗައިނާގެ ބައެއް. އެތަނަށް ހަންފަތުރާ ހަތިޔާރުވިއްކާ އެތަން އަތުލަން އުޅެނީ ދުނިޔޭގެ އަނެއްކޮޅުގަ މާދުރުގަ އޮތް އެމެރިކާއިން. އެއީ އިނގިރޭސިން ރާއްޖޭގަތިބި އިރު އައްޑޫ ވަކިކުރަންއުޅުނުގޮތަށް ވަކިކޮށްފަ އޮތް ތަނެއް.
ގޮނުއަނގަ
30 December 2025
ދިވެހިރާޖެ މިނިވަން ޤައުމަކަށް ވުމަށް ވޯޓްދިން ފުރަތަމަ ޤައުމަކީ ޗައިނާ ކަމަށް ބުނޭ. ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރީ ޗައިނާ ކަމަށްބުނޭ. ދިވެހިރާއްޖެ މިނިވަން ޤައުމަކަށް ވުމަށް އިންޑިޔާ ވޯޓެއް ނުދޭ. ޓައިވާނަކީ އަބަދުވެސް ޗައިނާ ގެ ސިޔާދަތު އޮތްތަނެއް. ދުވަހަކުވެސް އަމިއްލަ މިނިވަން ތަނެއް ކަމަކަށް ނުބުނޭ.ި މިހުރިހާ ކަމަކަށް ބެލިނަމަވެސް ދިވެހިން ތިބެންވާނީ ޗައިނާގެ ސިޔަދަތަށް ތާއީދު ކޮށްގެން. ސަރުކާރގެ ނިންމުން ރަނގަޅު.
ސަހިޑް
30 December 2025
ޗައިނާ އާއި ޓައިވާނާ ތަޅާ ފޮޅިޔަސް އަހަރުމެނަށް ކޮން ކަމެއް؟
ޝޮކްތެރަޕީ
30 December 2025
ޓައިވާނުގަ އެތިބީ ޗައިނާގެ ކުރީގެ ވެރިކަން ކުރި މީހުން. ކުރީގެ ވެރިކަން ވައްޓާލީމަ ޓައިވާނައްގޮސް ވަކި ވެރިކަމެއް އުފެއްދީ.
ތޯއިފްް
30 December 2025
ބޮޑު ބާރަކާއެކު ވަރުގަދަ ޑިޕްލޮމެޓިކް ގުޅުންތަކެއް އުފެދޭނެ މިކަމުން. ޗައިނާއަކީ ދުނިޔޭގެ އިގްތިސާދީ އަދި ސިޔާސީ ހެވީވެއިޓް އެއް ކަމުން އަހަރުން އެމީހުންނަށް ތާއީދު ކުރަން ނުޖެހޭ އެއްވެސް ސަބަބެއް މަށަކަށް ނުފެނޭ
އިލްހާމްް
30 December 2025
މިއީ ވަކި ކޮޅަކަށް ޖެހުމެއް ނޫން. ނޫނީ ނުބައި ދޮރަކުން ވަނުމެއްވެސް ނޫން. މިކަމުގަ ޗައިނާއާ އެއްކޮޅަށް އެރުމަކީ ބައިނަލްއަގްވާމީ ގިނަ ގައުމުތަކުން ތާއީދު ދޭ ކަމެއް. ދެން އަހަރުން ތާއީދު ކުރަން ނުޖެހޭ ސަބަބެއް ބުނެދީބަލަ.
މިންޝާއިލްް
30 December 2025
ޗައިނާގެ ބައެއްގެ ގޮތުގަ ޓައިވާން އޮތުން އެއީ އަބަދުވެސް ރާއްޖެ ދެކެމުންދިޔަ ގޮތް. ވަން ޗައިނާ ޕޮލިސީއަށް ރާއްޖެއިން ތާއިދުކުރުމަކީ ރާއްޖެއަށް އެންމެ ރަނގަޅުގޮތް.