މާވިން އާއި އޭނާއާ ގުޅުން އޮންނަ ލަމްހާ
17 ޑިސެމްބަރ 2021 - 16:39
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހަކު މަރާލުމަށް ރޭވިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ދިވެހި ނަރުހުގެ ބަންދަށް 15 ދުވަސް މިއަދު ކޯޓުން ދީފި އެވެ.
ނަރުސް މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރީ އޭނާގެ ފިރިމީހާއާ ލޯބީގެ ގޮތުން ގުޅުން އޮތް 24 އަހަރުގެ ދިވެހި އަންހެން ނަރުހެވެ.
ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރާ މޭރީ ގްރޭސް ނަމަކަށް ކިޔާ އަންހެން މީހާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ އެވެ. ނަމަވެސް ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައި ފިރިމީހާ މާވިން ހައްޔަރުކުރީ އެވެ. މޭރީގެ މަރުގެ ހާދިސާ ހިނގީ މާވިން، އެ ނަރުހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ދެމަފިރިންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ޖެހިފައި އޮއްވަ އެވެ.
ފުލުހުން މީގެ ކުރިން ވަނީ އެ އަންހެން މީހާގެ ފޯނު ވެސް ތަހުގީގަށް ނަގައިފަ އެވެ. މޭރީ މަރުވީ ދަންޖެހިގެން ކަމަށް މާވިން ބުނި ނަމަވެސް އޭނާގެ ޕޯސްޓްމޯޓަމް އާ ހަވާލާދީ ފުލުހުން ބުނީ މީގެ ކުރިން ބުނީ މޭރީ މަރުވީ ބޮލަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އަންހެން މީހާގެ މައްޗަށް މޭރީ މަރަން ރޭވުމާއި މަރު ފޮރުވުމުގެ ތުހުމަތު ފަދަ ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރީތި މަންޖެ
18 December 2021
ރީތި މަންޖެ އަކަށް މިކަމުދިޔައީ މީހެއްގެ ފިރިއެއްދޯ، ސުވާލަކީ ތިޔަ ފިރިހެން މީހަކީ މުސްލިމެއްތޯ؟؟ ބުރުގާ އަޅެމަކުން އަދި ފުރިހަމަ މުސްލިމަކަށްވެސް ނުވާނެ ދޯ؟ މުސްލިމް އަންހެނަކަށް ގައިދު މުސްލިމަކާ ކައިވެނި ނުކުރެވޭ، އަނެއްކާ ތިކަހަލަ ބިޓުކުޅި އަކީ ވެސް ކުރަން ހުއެްދައޮތް ކަމެއްވެސް ނޫން، ދިވެހިންތެރޭވެސް ރީތި ހެޔޮ ފިރިހެނުން ވެސް އެބަތިބި، މީހެއްގެ ފިރިޔަކަށް ތިޔަ ވަރަށް ހިތް ޖެހުނު ސަބަބެއް ނޭންގުނު!!!
މަވިނަ
18 December 2021
ކަލެއާ ދެން ކޮންބެހޭކަމެއް، ގިނަވެގެން ނޫޅެބަލަ
މޮޔަަސް
19 December 2021
މީހުން މެރުމަކީ ކޮންކަހަލަ ކަމެއްބާއެ ހިތައްއަރަނީ. ހަމަ ނުވިސްނެނީތަ ތިޔަ ހުރިހާ ބޭކަރު އަނގައެއް ތެޅި އިރު.
އައިމިނާ
18 December 2021
މި މައްސަލަ އަވަހަށް ނިމޭނެދުވަހަކަށް މި އިންތިޒާރު ކުރަނީ.
ކޮންސޮޅި
18 December 2021
މިކަހަކަލަ މަދު ބަޔަކާއިހެދި ދިވެހި ރީތި ޗާލު ކަނބަލުންނަށް ހުރިފުރައްސާރައެއް. ބައެއްފަަހަރު މިކަހަލަ ކުއްޖަކަށް ބަލާލިއަސް ލޯއަޅަގެން ހީވާނީ އެހެންކަމެއްހެން. އެކަމަކު ހާދަރީއްޗޭބުނެލާފަ ހުސްބުޅިއެއްދިއްކޮށްލިއަސް އަޅައިގަނޭ. ދެން އުޅޭނީ އަޅަގަނެގެން ނުނެއްޓިގެން. ރަގަޅު ރުގިޔާއެއްކޮށްގެން ނޫނީ ސަލާމަތެއްނުވާނެ.
އޮނަރަބްލް އަފީފު ދީދީ
17 December 2021
މުޅި އިންޑިޔާ އެމީހަކަށްޓަކާ ފަޙުރުވރިވާ ޑރ އަބުދުލް ކަމާލު ވިދާޅުވެފައިވަނީ "Though everybody has a biological heart, the doctors should have two hearts — biological and kind heart — as the medical professionals are a gift to humanity”. އެކަމަކު ސިއްޙީ ދާއިރާއަށް ބަލިމީހުނަށް އެހީތެރިވެދިނުމަށް ނިކުމެހުރި އަންހެނަކާއި ފިރިހެނެއްގެ ހަށިގަނޑުގެ ތެރޭގައި "ޖނވރ" ހިތެއް އޮތްވާ މިއޮތީ ފެނިފަ. ކަލާމް ދުނިޔޭގައި ހުންނެވިނަމަ އަޖާއިބު ވާނެ.
ވަަނދު ބަނބުކެޔޮ
18 December 2021
ޖަނަވާރުވެސް އޭގެ ބައިވެރިޔާއަށް ދެރައެއް ނުދޭނެ..އަދި އެކުވެރި އެހެން ޖަނަވާރަކަށްވެސް އަނިޔާވެރިއެއް ނުވޭ..އެތަކެތި ވ.ވަފާތެރިވާނެ..
ބޮޅު
17 December 2021
ރާކަނިމަސް ކެވިފަ މިހާރު ހުންނާނީ! ދެންތިބީންނަށް އިބުރަތަކަށް ފުދޭނެކަމަށް އުއްމީދުކުރަން
ބިލް ކުލިންޓަން
17 December 2021
އިބުރަތަކީ ދިވެހިން ދަންނައެއްޗެއްނޫން. އެއްހަރަކުން އެތައްފަހަރަކުވެސް ކަށިޖެހިދާނެ. ކަހަރުވަކެކޭވެސް ހިތަށްނާރާނެ.
ފޭރުމާ . އިއްބެ
17 December 2021
ދެން ކޮބާތޯ ކޮޓަރި ކޮޅުގަ ތިއްބަވާ މުވައްޒިފުން ގެ ހަލަކީ؟ އެތެރޭގަ ހާދަކަމެއް ހިނަގާލާނެ އޭ ދޯ .
ބަތުލާ
17 December 2021
މީހެއްގެ ރީތިކަމަކީ އެމީހާގެ އަޚުލާގުގެ ރީތިކަން. އިއްޔެ އިނދެގެން އުޅުން އަންހެނާ މަރާލުމުން މާދަމާ އެފަދަ ސިކާރަޔަކަށް ވެދާނޭ ކަމުގެ ބިރަށްވެސް އެފަދަ މީހުްނނާއި ކައިރިނުވާންވީ. ދެރައީ ބައެއް އަންހެން ދަރީންކައިރީ "ލޯބި" މިލަފުޒު ތަކުރާރުކޮށްލައިފިއްޔާ ދެން އެމީހާގެ އިތުރު އެއްވެސް ކަމަކަށް ނުބަލާކަން. ކިތަންމެ ނުބައިކަމެއް ކުރިޔަސް އެމީހާ ފަހަތުން ދުވާކަން. ހެޔޮވިސްނުން ދެއްވާށިއެވެ.
ހިބިރިންބެއްޔާގެ ކުޑަސޮރު
17 December 2021
އެއަނބި ބަހައްޓާފާ ދެއަންބަތް އިންނަން އެއްބަސްވިނަމަ ކިހާ ރީތިވީސް.
ވާރޭ
17 December 2021
މާ ގިނައިން ކޮރެއަން ސީރީޒް ބެލީމަ ވާ ގޮތަކީ ކަންނޭނގެ ބައެއް ދިވެހި އަންހެން ކުދިންނަށް. މާ ރީތި ފިރިހެންވަންތަ ފިރިހެނެއް ނަމަތާ... ބޯހަލާކު
ބުރުގާ
17 December 2021
ދިވެހިންގެ ރޭސިސްޓު ކޮމެންޓުތައް މިހިރަ ފެންނަނީ...
އުކުޅަސް ނުހާ (ބަޑި)
17 December 2021
ބޯ ހަލާކު. ފިރިހެނުން މަދީތަ؟