ލައިފްސްޓައިލް / ޒުވާނުން

އިނގިރޭސި އެކްސެންޓް ފަސޭހަކޮށްދޭން ނުކުތް ތިން ޒުވާނުން

އިނގިރޭސި ބަހަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ބަހުރުވަ އެވެ. އެކަމަކު އެކި ގައުމުތަކުގެ މީހުން ވާހަކަ ދެއްކުމުގައި ގެންގުޅޭ އެކްސެންޓްތަކާ ހެދި، ދޭހަވުމުގެ މައްސަލަތައް ބޮޑެވެ. މިކަމަށް ހައްލެއް ހޯދައިދޭން މިހާރު ނުކުމެފައި މި ތިބީ ތިން ޒުވާނެކެވެ. މި ތިން މީހުންނަކީ އާއިލާތަކާ އެކު އެމެރިކާގައި ދިރިއުޅޭ ބައެކެވެ. ތިން މީހުން ވެސް ކިޔަވަން ދިޔައީ ސްޓޭންފޯޑް ޔުނިވަސިޓީއަށެވެ. އެކަމަކު ތިން މީހުން ވެސް ނިސްބަތް ވަނީ މުޅިން ތަފާތު ބަހުރުވަތަކުން ވާހަކަ ދައްކާ ގައުމުތަކަށެވެ.

އެގޮތުން މެކްސިމް ސެރެބްރިއަކޯވް ނިސްބަތް ވަނީ ރަޝިއާއަށެވެ. އެންޑްރޭޒް ޕެރޭޒް ސޮޑޭރީގެ ގައުމަކީ ވެނެޒުއެލާ އެވެ. ޝޯން ޒަންގް ނިސްބަތް ވަނީ ޗައިނާއަށެވެ. ތިން ޒުވާނުން ގުޅިގެން އުފައްދާފައިވާ ކުންފުނި "ސަނަސް" އިން އިން މިހާރު އަންނަނީ އެކި ގައުމުތަކުތަކުގެ މީހުން އިނގިރޭސީން ވާހަކަ ދެއްކުމުގައި ގެންގުޅޭ އެކްސެންޓް ފަސޭހަ އިން ދޭހަކޮށްދޭ އެޕެއް ޓެސްޓް ކުރަމުންނެވެ. "ސަނަސް" ގެ ނަން ދީފައިވާ މި އެޕަކީ މީހަކު ވާހަކަ ދައްކާއިރު އެ ބުނާ އެއްޗެެއް ކޮންމެ މީހަކަށްފަސޭހައިން ދޭހަކޮށްދޭނެ އެޕެކެވެ.

މި ފަރުމާކޮށްފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެންނެވެ. އެހެންވެ ދުނިޔޭގެ ކޮންމެ ހިސާބެއްގެ މީހަކަށް ވިޔަސް އެ މީހަކު އިނގިރޭސީން ވާހަކަ ދައްކާ އިރު، އެ ގެންގުޅޭ އެކްސެންޓުން އެ ބުނަނީ ކީކޭކަން އަނެއް މީހާ އަށް ފަސޭހަކަމާ އެކު އެނގޭނެ އެވެ

މިފަދަ އެޕެއް ތަރައްގީ ކުރުމުގެ ހިޔާލު ތިން ޒުވާނުންނަށް އައީ ކިޔެވި ދުވަސްވަރު އެކީގައި އުޅުނު ސްޕެއިންގެ އެކުވެރިއެއްގެ އެކްސެންޓް ދޭހަކުރަން ދިމާވި ގޮންޖެހުންތަކާ ހެދި އެވެ. އެހެންވެ ތިން މީހުންނަށް ކުރުމަތިވި އެ މީހުންގެ "އަމިއްލަ މައްސަލަ" މިހާރު ގެނެސްދޭން ބޭނުން ވަނީ މުޅި ދުނިޔޭގެ އެންމެންނަށް ވެސް ބޭނުން ހިފޭ އެހީއެއްގެ ގޮތުގަ އެވެ. "ސަނަސް" ސިފަކޮށްފައި ވަނީ "ސްޕީޗް، ރިއިމޭޖިންޑް" ގެ ގޮތުގަ އެވެ.

"މި މަސައްކަތާ ގުޅޭ ގޮތުން އަހަރެމެންގެ ހުރި ތަސައްވުރުތައް ވަރަށް ބޮޑު." ކުންފުނީގެ ސީއީއޯގެ މަގާމު އަދާކުރާ މެކްސިމް ބުންޏެވެ.

ކުންފުނީގެ ފައިނޭޝަލް އޮފިސަރުގެ މަގާމު އަދާކުރާ ޕެރޭޒް ބުނި ގޮތުގައި މިދިޔަ އަހަރު އެ މީހުން އުފެއްދި ކުންފުނިން ބޭނުން ވަނީ "ބައިނަލްއަގްވާމީ ބޮޑު މައްސަލައަކަށް" ހައްލެއް ހޯދައިދޭށެވެ.

"ހަމަ ޔަގީނުން ވެސް މިއީ މުޅި ދުނިޔެ ބޭނުން ވާނެ ހިދުމަތެއް." އޭނާ ބުންޏެވެ.

ތިން ޒުވާނުން ވެސް ބުނި ގޮތުގައި އެކްސެންޓް ފަސޭހަކޮށްދޭ އެޕްގެ ސަބަބުން މީސްމީހުންގެ މެދުގައި މިހާރު އޮތް ދުރުމިނާއި ތަފާތުކުރުން ވެސް ކުޑަވެގެން ދާނެ އެވެ.

ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމުގައި ހުރި ޝޯން ބުނި ގޮތުގައި އޭނާގެ އާއިލާ އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރީ މީގެ 20 އަހަރު ކުރިންނެވެ.

"އެކަމަކު އަދިވެސް މަންމަ ބާޒާރުކުރަން ދަންޏާ އަހަރެން ޖެހޭ އެކީގައި ދާން. ވާ ގޮތަކީ ފިހާރަތަކަށް ގޮސް ވާހަކަ ދައްކާ އިރު އެކްސެންޓް ހުންނަ ގޮތުން ކޭޝިއަރުންނަށް ތިބޭ މީހުންގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހުން." ސަނަސްއާ ގުޅެން ޔުނިވަސިޓިން ގްރެޖްއޭޓްނުވެ، ވަކިވި ޝޯން ބުންޏެވެ.

ތިން ޒުވާނުން ވެސް ބުނި ގޮތުގައި އެ މީހުން ނިސްބަތް ވަނީ މުޅިން ތަފާތު ބަހުރުވަތަކުން ވާހަކަ ދައްކާ ހިސާބުތަކަށްވާތީ އިނގިރޭސީން ވާހަކ ދައްކާ އިރު، އެ ހުންނަ "އެމެރިކަން/ބްރިޓިޝް ނޫން ގޮތްގަނޑާ" ހެދި މިހާތަނަށް ހިތްދަތި އެތައް ކަމަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

"އަހަރެމެން ކަހަލަ އެތައް ބަޔަކު ދުނިޔޭގައި އެބަތިބި. ސަނަސް އަކީ އެފަދަ މީހުންނަށް ގެނެސްދޭ ވަރަށް ބޮޑު އެހީއެއް." މެކްސިމް ބުންޏެވެ.

އެ އެޕް އަދި ޓެސްޓިން މަރުހަލާގައި އޮތަސް އެ އާންމުކޮށް ދޫކޮށްލާނެ އިރެއް ހާމައެއް ނުކުރެ އެވެ. އެކަމަކު "ސަނަސް" އެޕް ސްޓޯރަކަށް ގެނެސް، އަމާޒަކީ ކުރިއަށް އޮތް ތަނުގައި މޮބައިލް ފޯނުތަކުގައި ދުރާލައި އިންސްޓޯލްކޮށްފައި ހުންނަ އެޕަކަށް ވެސް ހެދުމެވެ.

"ސަނަސް" އަށް އެހީތެރިކަން ހޯދަން ކުންފުނިން އަންނަނީ ދުނިޔޭގެ ބޮޑު ކޯލް ސެންޓަރަކާ އެކީ ވެސް މަސައްކަތް ކުރަމުންނެވެ.

"މިހާރު މީގެ އަމާޒު ހަމައެކަނި އިނގިރޭސި ބަހަށް އޮތަސް އިތުރު ވަރަށް ގިނަ ބަހުރުވަތަކުގެ އެކްސެންޓް ފަސޭހަކޮށްދޭން އަހަރެމެން މަސައްކަތް ކުރާނަން." ތިން ޒުވާނުން ބުންޏެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު1

21 December 2021

އިނގިރޭސި ބަހަކީ ބަހުރުވައެއް ނޫން ބަހެއް. ބަހާއި ބަހުރުވަ ތަފާތު.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

21 December 2021

ހަމަހަގީގަތުގާވެސް އިނގިރޭސި އެބަޖެހޭ ފަސޭހަކުރާން. އެމީހުން އޮޅައޮޅާގެން އެމޮށޭމޮށުން މަށަށް ހާދަ ދޭހަވާން އުނދަގުލޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454